ގޮނޑުދޮށެއްގައި ޕްލާސްޓިކު ފުޅިތަކެއް--- ފޮޓޯ/ސެއި.އޯގް
ހަބަރު
03 Dec 2025 | 08:24
ސިންގަލް ޔޫސް ޕްލާސްޓިކު ރާއްޖެ އެތެރެކުރުން މަނާކުރާނީ 2027 ގައި

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކު އެތެރެކުރުމުގެ ޤަރާރަށް އިޞްލާޙު ގެންނަވައި، އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީޚު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަސްކުރައްވައިފިއެވެ.

އެމަނިކުފާނު މި ބަދަލު ގެންނެވިކަން އިއުލާން ކުރައްވާފައިވަނީ އިއްޔެ ނެރުއްވި "ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" (ޤަރާރު ނަންބަރު 17/2024) އަށް އިސްލާހު ގެންނެވުމަށް ފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގަރާރަށް އިސްލާހު ގެންނަވާފައިވަނީ ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

އެގޮތުން ބަދަލު ގެންނަވާފައިވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށެވެ.

ކުރިން އޮތްގޮތުން އެއް ލީޓަރާއި އެއަށްވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅިތަކުގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުން އަދި އުފެއްދުން މަނާވާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ރައީސް ގެންނެވި އިސްލާހާއެކު މިބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖެ އެތެރެކުރުން މަނާވާނީ 1 ޑިސެންބަރު 2027 ން ފެށިގެންނެވެ.

އަދި މި އިޞްލާޙު ގެންނެވުމުގެ ކުރީން، އެބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖޭގެ ބާޒާރުގައި ވިއްކޭނެ އެންމެ ފަހު ތާރީޚުގެ ގޮތުގައި ނިންމަވާފައި ވަނީ، 1 މާރިޗު 2026 ގައެވެ. އެހެންނަމަވެސް އިޞްލާޙާއެކު މި ތާރީޚު ވަނީ، 1 ޖޫން 2028 އަށް ބަދަލުކުރައްވާފައެވެ.

ތިމާވެށްޓަށް ގެއްލުންދޭ އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލައިލަން ޖެހޭ ފަދަ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމާބެހޭ ޤަރާރުގައި ރާއްޖެއަށް އެތެރެކުރުން މަނާ 14 ބާވަތެއްގެ ޕްލާސްޓިކާއި، އެތަކެތި އެތެރެކުރެވޭނެ އަދި އުފެއްދޭނެ އެންމެ ފަހުގެ ތާރީޚުތައް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރެއިން މިހާތަނަށް، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތައްޓާއި ކެއުމަށް ބޭނުންކުރާ ތަކެއްޗާއި ކާބޯތަކެތި ބަންދުކުރާ ފުޅިމަދު ފޮއްޓާއި 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި މިހާރުު ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ. އަދި މި އިޞްލާޙުތައް، ޤަރާރު ނަންބަރު 35/2025 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގައި ހިމަނުއްވައި، މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.