އެމްއެޗް 370 ހޯދުމުގެ މަސައްކަތް ފެށުން: ފޮޓޯ/ ގޫގުލް
ދުނިޔެ
04 Dec 2025 | 09:19
ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިޔާގެ އެމްއެޗް-370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ

މީގެ 11 އަހަރު ކުރީން ގެއްލުނު މެލޭޝިއާ އެއަރލައިންސްގެ ފްލައިޓް އެމްއެޗް370 ފްލައިޓް ހޯދުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަލުން ފެށުމަށް ނިންމާފައިވާ ކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. މި ފްލައިޓް ގެއްލުނު އިރު 239 މީހުން އޭގައި ތިއްބެވެ.

މި އަލަށް ފަށާ މަސައްކަތް 55 ދުވަހަށް ކުރިއަށްދާނެ ކަމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި އަހަރު މާޗް މަހުވެސް މި މަސައްކަތް ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން މެދުކަނޑާލެވުނެވެ. މެލޭޝިއާގެ ދަތުރުފަތުރުގެ މިނިސްޓްރީން ބުދަ ދުވަހު ބުނީ، މިއީ މި ހިތާމަވެރި ހާދިސާގައި ގެއްލިފައިވާ ފަރާތްތަކުގެ އާއިލާތަކުގެ ސުވާލުތަކަށް އެދެވޭ ޖަވާބެއް ހޯދައިދިނުމަށް ކުރާ މަސައްކަތް ކަމަށެވެ. 

ބޯއިން 777 މަރުކާގެ ފްލައިޓް އެމްއެޗް370 ގެއްލުނީ 2014 ވަނަ އަހަރުގެ މާރިޗު 8 ވަނަ ދުވަހު، ކުއަލަލަމްޕޫރުން ބެއިޖިންގ އަށް ދަތުރުކުރަނިކޮށެވެ. މިއީ ދުނިޔޭގެ ތާރީޚުގައި އެންމެ ބޮޑަށް ހޯދުމުގެ މަސައްކަތް ކުރެވުނު އެއް ހާދިސާއެވެ. ކުއަލަލަމްޕޫރުން ފުރިތާ ގަޑިއެއްހާ އިރު ތެރޭގައި އެއަރ ޓްރެފިކް ކޮންޓްރޯލްއާ އެ ފްލައިޓަށް ގުޅުން ކެނޑުނެވެ. ރާޑަރުން ދެއްކި ގޮތުގައި އެ ފްލައިޓް އޭތި އަސްލު ދަތުރުކުރަމުންދިޔަ މިސްރާބު ވަނީ ބަދަލުކޮށްފައެވެ.

މިފަހަރު އެ ބޯޓު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ "އޯޝަން އިންފިނިޓީ" ކިޔާ އެކްސްޕްލޮރޭޝަން ކުންފުންޏެވެ. މި ކުންފުންޏާއެކު އެއްބަސްވެފައިވަނީ "ހޯދައިފިނަމަ ފީ ދެވޭ، ނުފެނިއްޖެ ނަމަ ނުދެވޭ" އުޞޫލުންނެވެ. އެގޮތުން ފްލައިޓްގެ ބައިތައް ފެނިއްޖެނަމަ 70 މިލިއަން ޑޮލަރު ދޭނެ ކަމަށް ދަތުރުފަތުރުގެ މިނިސްޓަރ ލޯކް ސިއެވް ފޫކް ކުރިން ވިދާޅުވެފައިވެއެވެ.

މީގެ ކުރިންވެސް ފްލައިޓް އެމްއެޗް370 ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އޭގެ ތެރޭގައި 26 ގައުމަކުން 60 އުޅަނދާއި 50 މަތިންދާބޯޓު ބައިވެރިވި ބައިނަލްއަގްވާމީ، މަސައްކަތެއް ހިމެނެއެވެ. ދެމަސް ދުވަހުގެ އެ މަސައްކަތް ނިމުނީ 2017 ގައެވެ. އަދި 2018 ވަނަ އަހަރު އޯޝަން އިންފިނިޓީން ތިން މަސް ދުވަސް ވަންދެންވެސް ވަނީ ބޯޓު ހޯދުމުގެ މަސައްކަތް ކޮށްފައެވެ. 

އެމްއެޗް370 ގެ ހާދިސާއަކީ މަތިންދާބޯޓު ދަތުރުފަތުރުގެ ތާރީޚުގައި އަދިވެސް ހައްލުނުވެ ހުރި އެންމެ ބޮޑެތި ސިއްރުތަކުގެ ތެރޭގައި ހިމެނޭ އެއް ސިއްރެވެ. މި ހާދިސާގެ ސަބަބުން ގެއްލިފައިވާ ފަރާތްތަކުގެ އާއިލާތަކަށް އަދިވެސް އެކަމުން އަސަރުކުރަމުންދާ ކަމަށާއި، އެތައް ބަޔަކު ވަނީ އެކަމުގެ ޖަވާބު ހޯދުމަށް އާ މަސައްކަތެއް ފެށުމަށް ގޮވާލާފައެވެ.

މި ހާދިސާގެ ސަބަބުން ވަނީ ގިނަ ބަހުސް ތަކެއްވެސް ކުރެވިފައެވެ. އޭގެ ތެރޭގައި، ބޯޓުގެ ޕައިލެޓް ގަސްތުގައި ބޯޓު ވެއްޓުވާލީ ކަމަށް ނުވަތަ ބޯޓު ހައިޖެކް ކުރެވުނީ ކަމަށް ބުނާ ވާހަކަތައް ހިމެނެއެވެ.

2018 ވަނަ އަހަރު ހިންގި ތަހުގީގެއްގައި ހާމަވެފައިވާ ގޮތުގައި، ބޯޓު އޭގެ މިސްރާބުން އެއްކިބާކުރުމަށްޓަކައި ބޯޓުގެ ކޮންޓްރޯލްތަކަށް ގަސްތުގައި ބަދަލު ގެނެސްފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް އެކަމުގެ ފަހަތުގައިވާ ސަބަބާ ބެހޭ ގޮތުން އެއްވެސް ނިމުމަކަށް އާދެވިފައިނުވެއެވެ.

ތަހުގީގުކުރާ ފަރާތްތަކުން އެ ދުވަސްވަރު ބުނެފައިވަނީ، "މިކަމުގެ ހަގީގީ ޖަވާބު ޔަގީންކަމާއެކު ލިބޭނީ ބޯޓުގެ ހަލާކުވެފައިވާ ބައިތައް ފެނިގެންނެވެ."

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.