ސައުދީއާ ޤަތަރު ގުޅާލާ ރެއިލްގެ ސާމްޕަލް ފޮޓޯއެއް
ދުނިޔެ
09 Dec 2025 | 10:32
ސައުދީ އާއި ޤަތަރު ހައިސްޕީޑް-ރެއިލް އަކުން ގުޅާލަން އެއްބަސްވެއްޖެ

ސައުދީ އަރަބިއްޔާއާއި ގަތަރުގެ ދެމެދު ހައި-ސްޕީޑް އިލެކްޓްރިކް ރެއިލް ލިންކެއް އަޅައި ދެގައުމު ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ރެއިލް ލިންކް ގުޅުވައިލާނީ ސައުދީގެ ވެރިރަށް ރިޔާޟާއި ގަތަރުގެ ވެރިރަށް ދޯހާއާ ދެމެދު، ދައްމާމް އަދި އަލް-އަހްސާ މެދުވެރިކޮށެވެ.

ސައުދީ އަރަބިއްޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް މިނިސްޓަރު ސާލިޙް އަލް-ޖައްސަރެވެ. ޤަތަރުގެ ފަރާތުން ސޮއިކުރެއްވީ، ޤަޠަރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު ބިން އަބްދުالله އާލް ޘާނީއެވެ. އެއްބަސްވުމުގައި ސޮއިކުރެވުނީ ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން އަދި ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އާލް ޘާނީގެ ހާޒިރުގައެވެ.

މި 785 ކިލޯމީޓަރުގެ ރޭލު މަގު، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟާއި ޤަޠަރުގެ ވެރިރަށް ދޯހާ ގުޅުވައިލާނެއެވެ. މީގެ ތެރޭގައި އަލް-ޙޮފޫފާއި ދަމާމް ފަދަ މުހިންމު ސަރަޙައްދުތަކުގައި ހުއްޓުންތައް ހުންނާނެއެވެ. މީގެ އިތުރުން ކިންގް ސަލްމާން ބައިނަލްއަޤްވާމީ އެއާޕޯޓާއި ޙަމަދު ބައިނަލްއަޤްވާމީ އެއާޕޯޓް ވެސް މި ރޭލު މަގުން ގުޅުވައިލެވޭނެއެވެ.

ގަޑިއަކު 300 ކިލޯމީޓަރަށް ވުރެ ބާރު ދުވެލީގައި ދަތުރުކުރާގޮތަށް ފަރުމާކޮށްފައިވާ މި ރޭލުން، ދެ ވެރިރަށް ދެމެދު ދަތުރުކުރުމަށް ނަގާ ވަގުތު ގާތްގަނޑަކަށް ދެގަޑިއިރަށް ކުޑަކުރާނެއެވެ. މިކަމުގެ ސަބަބުން ދަތުރުފަތުރުގެ ފަސޭހަކަން އިތުރުވެ، ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާވެ، އިޤްތިޞާދީ ކުރިއެރުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަށް އެހީތެރިވެދޭނެއެވެ.

މި ރޭލު މަގުން ކޮންމެ އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ކަމަށް ދެގައުމުން ލަފާކުރެވެއެވެ. މި މަޝްރޫޢުގެ ސަބަބުން 30,000 އަށް ވުރެ ގިނަ ސީދާ އަދި ނުސީދާ ވަޒީފާގެ ފުރުޞަތު އުފެދޭނެ ކަމަށްވެސް ބެލެވެއެވެ.

މަޝްރޫޢު ނިމުމުން، ދެޤައުމުގެ ޖީ.ޑީ.ޕީ އަށް ގާތްގަނޑަކަށް 115 ބިލިއަން ސައުދީ ރިޔާލްގެ އިތުރު އެހީތެރިކަމެއް ލިބޭނެކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫޢު ހަ އަހަރުގެ ތެރޭގައި ނިންމާލުމަށް ކަނޑައަޅާފައިވާއިރު، ބައިނަލްއަޤްވާމީ އެންމެ މަތީ ފެންވަރުގެ ކޮލިޓީއާއި ރައްކާތެރިކަމަށް އިސްކަންދީ، އެޑްވާންސްޑް ރޭލު ޓެކްނޮލޮޖީއާއި ސްމާޓް އިންޖިނިއަރިންގގެ އުޞޫލުތައް ބޭނުންކުރެވޭނެއެވެ. މި ނިޒާމުގެ ސަބަބުން ރައްކާތެރިކަމާއި އެކު ކަންކަން ހިންގުމަށް އެހީވެ، ތިމާވެށި ދެމެހެއްޓެނިވިކަން ކުރިއެރުވުމާއި، ކާބަން ބޭރުކުރާ މިންވަރު ކުޑަކޮށް، ސަރަޙައްދުގައި އީޖާދީ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ހައްލުތަކަށް ބަދަލުވުމަށް މަގުފަހިކޮށްދޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.