މި ސީޒަންގެ އެންމެ އަވަސް ގޯލު-
ހަބަރު
15 Dec 2025 | 10:51
ލިވަޕޫލްއިން އެންމެ އަވަސް ގޯލުގެ ރިކޯޑް މުގުރާލުމާއެކު މުޅި ސްޓޭޑިއަމްގައި ރާއްޖޭގެ ބްރޭންޑިން ވިދާލައިފި

އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީސަންގެ އެންމެ އަވަސް ގޯލުގެ ރިކޯޑު ލިވަޕޫލް އެފްސީއިން މުގުރާލި ދަނޑިވަޅު މުޅި އެންފީލްޑް ސްޓޭޑިއަމްގައި ދިވެހިރާއްޖޭގެ ބްރޭންޑިންގ އަނެއްކާވެސް ވިދާލައިފިއެވެ.

މިހާރު ކުރިއަށްދާ އިނގިރޭސި ޕްރިމިއާ ލީގުގައި އެންފީލްޑް ސްޓޭޑިއަމްގައި ލިވަޕޫލް އެފްސީ އާއި ބްރައިޓަން ވާދަކުރި މެޗުގައި، އެލްއެފްސީއިން މި ސީޒަނުގެ އެންމެ އަވަސް ގޯލުގެ ރިކޯޑް މުގުރާލީ ހިއުގޯ އެކިޓީކޭ މެޗު ފެށިތާ އެންމެ 46 ސިކުންތުތެރޭގައި ޖެހި ގޯލާއެކުއެވެ. މި ދަނޑިވަޅު ދިމާވީ ދިވެހިރާއްޖޭގެ ބްރޭންޑިންގ މުޅި ދަނޑުގައި ދިއްލާލާފައިވި ދަނޑިވަޅާވެސް މެއެވެ.

ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ގާއިމްކޮށްފައިވާ "ޑެސްޓިނޭޝަން ޕާޓްނާޝިޕްގެ" ދަށުން ވިޒިޓް މޯލްޑިވްސްގެ ބްރޭންޑިންގ އެންފިލްޑްގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި އެޓީމުގެ ކޮންމެ މެޗެއްގައިވެސް ދައްކާލައެވެ.

2024/2025 ސީޒަން ލިވަޕޫލް އެފްސީއިން ކާމިޔާބު ކުރި ތާރީޚީ ލަނޑު ޖެހި ވަގުތަކީވެސް ހަމަ މިފަދައިން ރާއްޖޭގެ ބްރޭންޑިންގ ސްޓޭޑިއަމްގައި ދިއްލާލި ވަގުތެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނި ގޮތުން، އެ ކޯޕަރޭޝަނުން ލިވަޕޫލް އެފްސީއާ އެކު ގާއިމްކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން ރާއްޖޭގައި ފަތުރުވެރިންނަށް ހުރި ތަފާތު ފުރުސަތުތަކާއި ލަގްޒަރީ ރިސޯޓްތައް މުޅި ދުނިޔެއަށް ދައްކާލެވޭނެއެވެ. އެގޮތުން، ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ތަފާތު ގޮތްގޮތަށް ރާއްޖޭގެ ބްރޭންޑިންގ ދައްކާލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގިނަ ކެމްޕޭންތައް ހިންގަމުންދާއިރު، މިދިޔަ މަހު 10 ބަހަކުން ރާއްޖެ އިސްތިހާރުކުރުމަށް ލެޑް ބޯޑުތައް ވަނީ ބޭނުންކުރެވިފައެވެ.

ލިވަޕޫލް އެފްސީއާ އެކު ގާއިމްކުރެވުނު ޕާޓްނާޝިޕްގެ ދަށުން އެ ކްލަބުގެ ލެޑްބޯޑްތަކާއި ސޯޝަލް މީޑިއާގެ އެކި ކެމްޕޭންތަކާއި ޕޯސްޓްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމުގެ އެކި ފުރުސަތުތައް  ހޯދައިދެމުންދާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ. 180 ގައުމެއްގައި ދައްކާ މި މެޗުތަކުގެ ޒަރިއްޔާއިން އެތައް ބަޔަކަށް ރާއްޖޭގެ ސަމާލުކަން ލިބި ދުނިޔޭގެ އެންމެ ގިނަ ބަޔަކު އަންނަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޤާއިމްވުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެކެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަކީ "މޯލްޑިވްސް" ބްރޭންޑާއި "މާލްޑިވްސް ދަ ސަނީ ސައިޑް އޮފް ލައިފް" ޝިއާރުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ ކުންފުންޏެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.