ރަސްމާލެ ހިއްކުމުގެ ތެރެއިން-- ފޮޓޯ/އމްއޭސީއެލް
ހަބަރު
18 Dec 2025 | 10:30
ރަސްމާލެ މަޝްރޫޢު: ސައިޓް އޭއިން 23 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

އަދުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ އުއްމީދީ މަޝްރޫޢު ކަމަށްވާ "ރަސްމާލެ" ހިއްކުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ސައިޓް އޭއިން 23 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ކަންކަން މިހާރު ކުރިއަށްގެންދަނީ އެމްއޭސީއެލްގެ ބެލުމުގެ ދަށުންނެވެ. މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭގޮތުން އެމްއޭސީއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސައިޓް އޭއިން ހިއްކަންޖެހޭ %17 މަސައްކަތް ނިމިފައިވާކަމަށެވެ. ސައިޓް އޭއިން ހިއްކުމަށް ކަނޑައަޅާފައިވަނީ 137.5 ހެކްޓަރެވެ. 

ރަސްމާލެ ހިއްކުމުގެ ތެރެއިން 

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރުމަށް ގެނައި ދެ ޑްރެޖަރާއެކު އެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރުސްޕީޑުގައި ކުރިއަށްދާ ރަސްމާލެފަޅުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފައެވެ.

ރަސްމާލެ ހިއްްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މުޅި ދުނިޔޭއިންވެސް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ 'ކްރިސްޓޯބަލް ކޮލޯން' ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި ޑްރެޖަރު ރާއްޖެ ގެނެސް މަސައްކަތް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ޑްރެޖަރުގެ ސަބަބުން ރަސްމާލެ ހިއްކުމުގެ މަސައްކަތް 3 ގުނައަށް އިތުރުވެގެންދާނެއެވެ.  

ރަސްމާލެ ހިއްކުމުގެ ތެރެއިން.. ފޮޓޯ: އެމްއޭސީއެލް 

ރައީސުލްޖުމްހޫރިއްޔާގެ އުއްމީދީ މަޝްރޫޢުކަމަށްވާ "ރަސްމާލެ" އަކީ ދުނިޔޭގެވެސް ފުރަތަމަ އީކޯ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ރަށެވެ. އަދި ރަސްމާލޭގެ އިތުރުން، ހުޅުމާލެ 3 ވަނަ ފިޔަވައްސާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވެސް ސަރުކާރުން ގެންދަނީ ހަލުވި ކަމާއިއެކު ކުރިއަށްގެންދަވަމުންނެވެ.

ރަސްމާލެއިން ޖުމްލަ 25000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ބުރުގައި އެކަނިވެސް 15000 ގޯތިދޫކުރުމަށް ނިންމާފައިވާކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ރަސްމާލެ ހިއްކާ ނިންމުމަށްޓަކައި ފަޅުގެ ތިން ސަރަހައްދަކުން ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ.

ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްގީ ކުރާ ރަސްމާލެ ތަރައްގީ ކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ