ރައީސް ނަޝީދު މިއަދު މާފުށީގައި... ފޮޓޯ: މާފުށި ކައުންސިލް
ހަބަރު
20 Dec 2025 | 20:17
ޓެކްސް ރޭޓް ބޮޑުކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ މާނައެއްނެތް: ނަޝީދު

ޓެކްސްރޭޓް އިތުރުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ އެއްވެސް މާނައެއްހުރި ކަމެއްނޫންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާފުއްޓަށް މިއަދު ވަޑައިގެން އެރަށުގެ އައު ޑެސްޓިނޭޝަން ބްރޭންޑް ކަމަށްވާ "ހާރޓް އޮފް މޯލްޑިވްސް" ރަސްމީކޮށް ތަޢާރަފުކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ހަދަންޖެހޭ ގޮތަކީ ޓެކްސް އިތުރުކުރުން ނޫންކަމަށާއި، ޓެކުހުން އާމްދަނީ އިތުރުކުރަން އޮތް އެންމެރަނގަޅު ގޮތަކީ ޓެކްސް ބޭސް ނުވަތަ ޓެކްސް ދައްކާ މީހުންގެ އަދަދަު އިތުރުކުރުން ކަމަށެވެ. 

ހަމައެކަނި މާފުއްޓަށް ބެލިނަމަވެސް މިއީ ކުރެވިދާނެކަމެއްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ ބައެއް މިސާލުތައް ދައްކަވާފައެވެ. އެގޮތުން މާފުށި ބޭރުގައި ހިއްކާފައި ބިމެއް ފަޅަށް އޮންނަތާ ގިނަދުވަސްވެއްޖެ ކަމަށާއި، އެންމެކުޑަމިނުން އެތަނުގައި ގަހެއްހާ ހިސާބުވެސް އިންދާފައިނުވާކަމަށެވެ. ނަޝީދު ވިދާޅުވީ ޓެކްސް ނަގަމުން އަންނަ ރޭޓް މައްޗަށްޖެއްސުމުގެ ބަދަލުގައި އެތަނަށް ކަރަންޓާއި ފެން ގުޅައި އެތަނުން ޓެކުހުގެ ނަފާ ނެރެވިދާނެކަމަށެވެ. 

މިރަށުގައި ސަރުކާރުން ހިންގާ ކޮންމެ ކަމަކުންވެސް ސަރުކާރަށް ވެގެންދާނީ ފައިދާ، ސަރުކާރުގެ ނަފާ އަދި ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ހަދާންވި ގޮތަކީ ޓެކްސް މަތިކުރުމެއްނޫން އިނގޭތޯ. މިހާރު މި ނަގާ ޖީއެސްޓީ އަނެއްކާވެސް ދެ ޕަސަންޓުން އިތުރުކުރާން އުޅުމެއްނޫން

ރައީސް މުހައްމަދު ނަޝީދު

ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ އެތައް ބިންތަކެއް ހުރިކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އޮތީ ހަމައެކަނި ޓޫރިޒަމް ނޫންކަމަށާއި އެނޫން ދާއިރާތަކުންވެސް ނަފާނެރެވިދާނެކަމަށެވެ. ނަޝީދު ވިދާޅުވީ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަންވީ ކަންކަން ފާހަގަކުރެވޭއިރު، އެކަންކަން ކުރުމަށް ދސަރުކާރުގެ ސިޔާސަތުތައް ފަހިވާން ޖެހޭނޭކަމަށެވެ. 

މި ހަފްލާގައި ރައީސް ނަޝީދު ވަނީ 2008 ވަނަ އަހަރަށްފަހު މާފުއްޓަށް މިއަދު އިގްތިސާދީ ގޮތުން އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަޅިއަޅުވާލައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މީގެ ކުރިން އެމަނިކްފާނުގެ ވެރިކަމުގެ ފުރަތަމަ ދުަވސްކޮޅު އެރަށަސް ވަޑައިގެން ބެއްލެވިއިރު ފިހާރައިގެ ވިކުރާ 3،000 ހާހުގައި ހުރިނަމަވެސް މިހާރު އެއަދަދު ރެއެއްގެ މައްޗަށް ލައްކައިން ފަހަނަ އަޅައި ގޮސްފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.