ކުރީގެ ރައީސް ނަޝީދު މާފުށްޓަށް ވަޑައިގަތުން: ފޮޓޯ/ މާފުށި ކައުންސިލް
ހަބަރު
21 Dec 2025 | 08:32
ރިސޯޓްތަކުގައި ފަތުރުވެރިންނަށް ”ދޭ ތަކެތި“ ރަށްރަށުގެ ހޮޓާ ތަކުގައި ނުދެވުމަކީ ބޭއިންސާފެއް: ނަޝީދު

ރިސޯޓްތަކުގައި ފަތުރުވެރިންނަށް ”ދޭ ތަކެތި“ މީހުން ދިރިއުޅޭ ރަށްރަށުގެ ރެސްޓޯރެންޓް ތަކުގައި އެމީހުންނަށް ލިބެން ނުހުރުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ހާޓް އޮފް މާފުށި ނަމުގައި މާފުށި ބްރޭންޑް ލޯންޗުކުރުމަށް ރޭ މާފުށީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ އަބަދު ”ރަނގަޅު ވާހަކަ“ ދައްކަވާ ބޭފުޅެއް ނޫން ކަމަށެވެ.

އަޅުގަނޑަކީ އަބަދު ރަނގަޅު ވާހަކަ ދައްކާ މީހެއް ނޫން. އުނދަގޫ ވާހަކަވެސް އަޅުގަނޑުދައްކަން. ރާއްޖޭގައި ތަޢުލީމުވެސް މަނާ ދުވަސްވަރެއް ދިޔަ. އަދި މީގެން ރަށަކަށް (މީހުން ދިރިއުޅޭ ރަށްރަށަށް) އެއްވެސް ފަތުރުވެރިއެއް އައުން މަނާ ދުވަސްވަރެއްވެސް ދިޔަ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

މިއާައެކު މިވަގުތުވެސް ރާއްޖޭގައި ކަންކަން ހަމަޖެހިފައި އޮތް ގޮތުން، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް ރަށްރަށުން ނުދެވޭކަން ފާހަގަކުރައްވައި ނަޝީދުވަނީ އެކަމާ ކަންބޮޑުވުންފާޅުކުރައްވާފައެވެ. 

މިވަގުތުވެސް މި ރާއްޖޭގައި ކަންކަން ހަމަޖެހިފައިމިވާގޮތުން، ރިސޯޓްފަހަރުގައި ޓުއަރިސްޓުންނަށްދޭ ޚިދުމަތްތައް، ވިއްކާ ތަކެތި، ބޮޑެތި މިހިރަ ހޮޓާތަކުން ނުދެވޭކަން. އެއީ ބޭއިންސާފެއް. އެ ހަމަހަމަކަން ގެނައުމަށް އަޅުގަނޑުމެން ވިސްނާންޖެހޭނެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު

ރިސޯޓްތަކުގައި ވިއްކާ ތަކެތި ރަށްރަށުގައި ވިއްކަންޖެހޭ ސަބަބެއް ކަމުގައި ނަޝީދު ފާހަގަކުރެއްވީ ރާއްޖެއަށް މިހާރު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، އެތަނުން ދެ ލައްކައެއްހާ ފަތުރުވެރިން އަންނަނީ މާފުށި ފަދަ މީހުން ދިރިއުޅޭ ރަށްރަށަށް ކަމެވެ.

ނަޝީދުގެ ވާހަކަފުޅުގައި އެތަކެއްޗަކީ ކޮން ތަކެއްޗެއްކަން ވިދާޅުވެފައި ނުވިނަމަވެސް، ރާއްޖޭގެ ރިސޯޓްތަކުގެ ރެސްޓޯރަންޓް ތަކުން ފަތުރުވެރިންނަށް ލިބޭ ތަކެތީގެ ތެރެއިން ރަށްރަށުން ލިބެން ނުހުންނަ، ނުވަތަ، ރަށްރަށުގައި ދިނުން މަނާ އެއްޗަކީ އޫރު މަހާއި ރަލެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ރާއްޖޭގެ ގަވާއިދު ތަކާއި ގާނޫނުތައްވެސް ބިނާވެފައިވަނީ އިސްލާމްދީނުގެ މައްޗަށް ކަމަށް ގާނޫނު އަސާސީގައިވެއެވެ. އެހެންކަމުން، ރަލާއި އޫރުމަސް މުސްލިމުންނަށް ޙަރާމް ކުރައްވާފައިވާއިރު، އެތަކެތި މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުންވެސް ވަނީ މަނާ ކުރެވިފައެވެ. 

ކޮމެންޓް
މަރިޔަމްަ މަނިކުފާނު
ރިސޯޓުން ލިބޭއެއްޗެހި އާންމުކޮށް ފިހާރައިން ލިބޭނަމަ އަޅުގަނޱުމެން މައިންބަފައިން އެމީހުންގެ ދަރީންގެ އިސްލާމީ ވަހުދަތު ހިފެހެއްޓޭނުތޯ؟ބޯހލާކުވިޔަސް ބޮޑުވަރު
21 Dec 2025
ާެުޖުހާ
އެހެން ވިއްޔާ ރިސޯޓުތަކުގައި ދިވެހިންނަށް އަމިއްލަ ގެދޮރު އަޅައިގެން ދިރިއުޅެވެންވެސް ވާނެ🤷🏻
21 Dec 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.