އަލީ އާޒިމް --
ހަބަރު
22 Dec 2025 | 20:46
އެމްޑީޕީ ކައުންސިލް ޕްރައިމަރީ: އަލީ އާޒިމްގެ ފަރާތުން ޝަކުވާގެ ދިގު ސިޓީއެއް، އިތުބާރު ގެއްލޭ އެތައް ކަމެއް

އެމްޑީޕީގެ އިންތިހާބުތަކާއި ބެހޭ ގަވާއިދާ ހިލާފަށް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކަންކަން އިންތިޒާމު ކުރުމާއި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވާކަން ފާހަގަކޮށް މާލެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އަލީ އާޒިމް, އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާގެ ދިގު ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި ބުނެފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ވޯޓްލެވޭ ރަށްތަކާއި ސިޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކުރުމުގައި ކަންހިނގާފައިވާ ގޮތާއި އަދި އިދާރީ ގޮތުން ޕާޓީގެ އިންތިހާބައި ބެހޭ ގުނަވަންތައް ހަރަކާތްތެރިވަމުން އަންނަ ގޮތުން މިކަމަކީ އޭނާގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަންކަން ކަމަށް ދެކޭތީ އެކަންކަން ސަމާލު ކަމަށް ގެންނަ ކަމަށެވެ.

އެއް ކަމަކަށް ފާހަގަކޮށްފައި ވަނީ ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު އޭގެ ކުރީ ތާރީހަކަށް ބަންދުކުރެވޭ ގޮތަށް ކަނޑައަޅާ އާންމުކޮށްފައިވުމެވެ. އެހެން އަމަލު ކުރުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. އަލީ އާޒިމްގެ ސިޓީގައި ބުނެފައިވަނީ ޕްރައިމަރީގައި ވޯޓްލެވޭނީ ޑިސެންބަރު 11 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާ މެންބަރުންނަށް ކަމަށް ދެކޭ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަަމަށް ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް އަމަލު ކުރަމުން އައި ގަވާއިދު ގައުމީ މަޖިލީހަށް ނުގެންގޮސް ކުއްލިއަކަށް ބަދަލުކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަން ފާހަގަކޮށްފައިވެ އެވެ.

ދެވަނަ ކަމަކަށް ފާހަގަކޮށްފައި ވަނީ އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ޒިންމާކުރެވިފައިވާ ކަންކަން އިންތިހާބުތަކާ ބެހޭ ގަވާއިދާ ހިލާފަށް ކޮމެޓީން ކުރަމުން ގެންދިއުމެވެ. އެގޮތުން އިންތިހާބަށް ކުރިމަތިލުމަށް ހުށައަޅާ ލިޔެކިޔުން ސެކްރެޓޭރިޓުން ބަލައިގަތުމަށް އޮތް ނަމަވެސް އިންތިހާބާބެހޭ ކޮމެޓީން އެތަކެއްޗާއި ހަވާލުވެ ބަލައިގަންނަމުން ގޮސްފައިވާތީ އެއީ ގަވާއިދާ ޚިލާފު ކަމެއް ކަން ވަނީ ފާހަގަކޮށްފަ އެވެ.

އާޒިމްގެ ސިޓީގައި ތިންވަނަ ކަމަކަށް ފާހަގަ ކުރައްވާފައި ވަނީ މި އިންތިހާބުގެ ކަންކަން ބަލައި ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ކޮމެޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ހިމެނުމެވެ. އެގޮތުން ކޮމެޓީގެ މުގައްރިރު މުހައްމަދު ފަލާހް, އާދަމް އާޒިމްގެ ކެމްޕެއިންގައި ޕާޓީގެ މެންބަރުންނަށް ފޯނުން ވާހަކަ ދައްކާ އާޒިމަށް ވޯޓް ދިނުމަށް އެދުން ހިމެނެ އެވެ. މީގެ އިތުރުން ކޮމެޓީގެ ހުރިހާ އިދާރީ މަސައްކަތް ކުރަމުން ގެންދާ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހިމް މުޢިއްޒު ޕްރައިމަރީގެ ކަންކަން ހިންގުމަށް އިނުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ. މުއިއްޒު ވަނީ އާދަމް އާޒިމަށް ކެމްޕެއިން ކޮށްދިނުމަށް ސޯޝަލް މީޑިއާގައި މަސައްކަތް ކޮށްފައިކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މުއިއްޒަކީ އާޒިމްގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ސުޕަވައިޒަރެއްގެ މަގާމަށް އައްޔަނުކޮށްފައިވާ މީހެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެހެން ކަމުން އާދަމް އާޒިމަށް ރިޕޯޓް ކުރަން ޖެހޭ ވަޒީފާއެއްގައި ހުރި މީހަކަށް "ވަކި ފަރާތަކަށް ބުރަނުވެ" މަސައްކަތް ކުރުމަކީ ހަމަ ބުއްދިން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭތީ ކޮމެޓީން ތަނާޒުލްވާން ޖެހޭ ކަަމަށް ދެކޭ ކަމަށް އާޒިމްގެ ސިޓީގައިވެ އެވެ. އަދި އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު ޝާތިރު އަބްދުއްރަހްމާން އަކީ ވެސް އާދަމް އާޒިމަށް ތާއީދުކޮށް ވާހަކަ ދައްކަމުން އަންނަ މީހެއް ކަމުން އޭނާ އަކީވެސް ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވިދާނެ މީހެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

އެހެން ކަމުން މިކަންކަމަކީ ވަރަށް ސީރިއަސް ކަމާއެކު ބަލާ ރަނގަޅުކޮށް އަވަސް ފަރުވާ ބޭނުންވާ ކަންކަން ކަމަށާ މިއީ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނާއި އެތައް ހާސް މެންބަރުންގެ މަސްލަހަތާއި ގުޅިފައިވާ ކަންކަން ކަމުގައި ބުނެފައިވެ އެވެ.

އަލީ އާޒިމް ވަނީ ޕްރައިމަރީގައި ވޯޓްލެވޭނީ ޑިސެންބަރު 11 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާ މެންބަރުންނަށް ކަމުގައި ކަނޑައެޅުމަށް ވަނީ އެދިފަ އެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގައާއި ޕާޓީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ޕާޓީގެ ސެކްރެޓޭރިއެޓުން ކުރަން ޖެހޭ މަސައްކަތް ކުރަން ޖެހޭނީ ޕާޓީގެ ސެކްރެޓޭރިއެޓުން ކަމާއި އެ މަސައްކަތް އެއްވެސް ހާލަތެއްގައި ޕާޓީގެ އެހެން ގުނަވަނަކާ ހަވާލު ނުކުރެވޭނެ ކަމަށާ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ އަކީ އިންސާފުވެރި ޕްރައިމަރީއަކަށް ހެދުމަށްޓަކައި އިންތިހާބުތަކާބެހޭ ކޮމެޓީއާ އެ ކޮމެޓީގެ މެންބަރުން އަމަލުކުރުމަށް އަންގައި ދިނުމަށް އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.