އިބްރާހީމް މުއިއްޒު އާއި އަލީ އާޒިމް އަދި މުހައްމަދު ފަލާހް - ފޮޓޯ: މަޖިލިސް
ހަބަރު
23 Dec 2025 | 08:49
އިންތިހާބީ ކޮމިޓީން ފަލާހް އާއި މުއިއްޒު ބޭރުކުރަން އަލީ އާޒިމް އެދިއްޖެ

އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީން ބާއްވާ އެތެރޭގެ ޕްރައިމަރީއަށް އެކުލަވާލާފައިވާ ކޮމިޓީގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ މުހައްމަދު ފަލާހް އާއި އިބްރާހީމް މުއިއްޒު ކޮމިޓީން ބޭރުކޮށްދިނުމަށް، އޭގެ މާލެ މޭޔަރު ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް މިއަދު އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ އިންތިހާބުތަކާއި ބެހޭ ގަވާއިދާ ހިލާފަށް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކަންކަން އިންތިޒާމު ކުރުމާއި ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އިންތިހާބާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފައިވާކަން ފާހަގަކޮށް އަލީ އާޒިމް, އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަށް ޝަކުވާގެ ދިގު ސިޓީއެއް ވަނީ ފޮނުވާފައެވެ. 

އެ ސިޓީގައި އިްނތިހާބާ ގުޅިގެން ކަންބޮޑުވާ ގިނަ ކަންކަން ފާހަގަކޮށްފައިވާއިރު،  އޭގެ ތެރެއިން އެްްކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައި ވަނީ މި އިންތިހާބުގެ ކަންކަން ބަލައި ވިލަރެސް ކުރުމަށް އެކުލަވާލާފައިވާ އިންތިހާބާ ބެހޭ ކޮމެޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ހިމެނުމެވެ.

އެގޮތުން ކޮމެޓީގެ މުގައްރިރު މުހައްމަދު ފަލާހް, އާދަމް އާޒިމްގެ ކެމްޕެއިންކޮށްދީ ޕާޓީގެ މެންބަރުންނަށް ފޯނުން ވާހަކަ ދައްކާ އާޒިމަށް ވޯޓް ދިނުމަށް އެދިފައުވާ ކަމަށް ސިޓީގައިވެއެވެ.

މީގެ އިތުރުން ކޮމެޓީގެ ހުރިހާ އިދާރީ މަސައްކަތް ކުރަމުން ގެންދާ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހިމް މުޢިއްޒު ޕްރައިމަރީގެ ކަންކަން ހިންގުމަށް އިނުމަކީ ވަރަށް ބޮޑަށް މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން، މުއިއްޒު އާދަމް އާޒިމަށް ކެމްޕެއިން ކޮށްދިނުމަށް ސޯޝަލް މީޑިއާގައި މަސައްކަތް ކޮށްފައިވާ ކަމަށާ، އޭނާއަކީ އާޒިމްގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލްގެ ސުޕަވައިޒަރެއްގެ މަގާމަށް އައްޔަނުކޮށްފައިވާ މީހެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެހެން ކަމުން އާދަމް އާޒިމަށް ރިޕޯޓް ކުރަން ޖެހޭ ވަޒީފާއެއްގައި ހުރި މީހަކަށް "ވަކި ފަރާތަކަށް ބުރަނުވެ" މަސައްކަތް ކުރުމަކީ ހަމަ ބުއްދިން ބަލާއިރުވެސް ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރެވޭތީ ކޮމެޓީން ތަނާޒުލްވާން ޖެހޭ ކަަމަށް ދެކޭ ކަމަށް އާޒިމްގެ ސިޓީގައިވެ އެވެ.

އަލީ އާޒިމް އެދިވަޑައިގެންފައިވަނީ އެ ދެ ބޭފުޅުން ވެސް އިންތިހާބީ ކޮމިޓީން ތަނާޒުލް ނުވަތަ ދުރުވުމަށެވެ.

މީގެ އިތުރުން އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރު ޝާތިރު އަބްދުއްރަހްމާން އަކީ ވެސް އާދަމް އާޒިމަށް ތާއީދުކޮށް ވާހަކަ ދައްކަމުން އަންނަ މީހެއް ކަމުން އޭނާ އަކީވެސް ވަކި ފަރާތަކަށް ބުރަނުވެ އިންސާފުވެރިކަމާއެކު މަސައްކަތް ކުރެވިދާނެ މީހެއް ކަމުގައި ގަބޫލު ނުކުރެވޭ ކަމަށް ބަޔާން ކޮށްފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.