ނަތަންޔާހޫ
ދުނިޔެ
23 Dec 2025 | 09:54
އިރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ނަތަންޔާހޫ ދީފި

އިރާނުން ތެލް އަވީވަށް އަސްކަރީ ހަމަލާއެއް ދީފިނަމަ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.

ނަތަންޔާހޫ މި އިންޒާރު ދިނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"އިޒްރޭލާ ދެކޮޅަށް ދޭ ކޮންމެ ހަމަލާއެއްގެ ބަދަލުގައި ވަރަށް ހަރުކަށި ރައްދެއް ދޭނަން."ނަތަންޔާހޫ ބުންޏެވެ. 

މިފަހަކަށް އައިސް އިޒްރޭލާއި އިރާނާ ދެމެދު ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. އެގޮތުން އިޒްރޭލުން ވަނީ އިރާނުން ބެލިސްޓިކް މިސައިލް އުފެއްދުން އަވަސްކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.

އެގޮތުން، މިދިޔަ ޖޫން މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން ވަނީ އިރާނުގެ ޢަސްކަރީ، ނިއުކްލިއަރ އަދި ސިވިލް ސައިޓުތަކަށާއި، އިސް އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުންނަށް އަމާޒުކޮށްވެސް ހަމަލާތަކެއް ދީފައެވެ.

މި ހަމަލާ އިޒްރޭލުން ދިނީ، ނިއުކްލިއަރ މަޝްވަރާތަކެއް ކުރިއަށްދަނިކޮށް އިރާނަށް ހަމަލާނުދިނުމަށް އެމެރިކާއިން އިންޒާރު ދީފައިވަނިކޮށެވެ.

އިޒްރޭލުން ދިން މި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ. އެއާގުޅިގެން އެމެރިކާއިން ވަނީ އިރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް ބޮން އަޅާފައެވެ.

ޖުމްލަ 12 ދުވަހުގެ މި ހަނގުރާމަ ހުއްޓުނީ ޖޫން މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ ބައިވެރިވުމާއެކު ހެދުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި