މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރާޒާގު
ދުނިޔެ
26 Dec 2025 | 14:01
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބްގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރާޒާގުގެ މައްޗަށް، އެގައުމުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލައިގައި ބައިވެރިވި ކަމުގެ ކުށް ސާބިތުވެއްޖެއެވެ. މެލޭޝިއާގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ސްކޭންޑަލް ކަމަށްވާ މަލްޓި ބިލިއަން ޑޮލަރު ސްކޭންޑަލް 1އެމްޑީބީ މައްސަލަ ފެންމަތިވެފައިވަނީ މީގެ ދިހަ ވަރަކަށް އަހަރު ކުރިންނެވެ. 

ކުއާލާލަމްޕޫރު ހައިކޯޓުން ހުކުރު ދުވަހު ނެރުނު މި ނިންމުމުގައި، 72 އަހަރުގެ ނަޖީބް ރާޒާގުގެ މައްޗަށް ބާރުގެ ނަހަމަ ބޭނުންކުރުމުގެ ހަތަރު ދަޢުވާ އާއި، 1MDB އިން ގަވާއިދާ ޚިލާފަށް 2.2 ބިލިއަން މެލޭޝިއަން ރިންގިޓް (539 މިލިއަން ޑޮލަރު) އޭނާގެ އަމިއްލަ އެކައުންޓުތަކަށް ބަދަލުކުރުމާ ގުޅޭގޮތުން މަނީ ލޯންޑަރިންގެ 21 ދަޢުވާ ސާބިތުވެފައިވެއެވެ.

ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، ނަޖީބް ރާޒާގު ވަނީ ބޮޑުވަޒީރުކަމާއި، ފިނޭންސް މިނިސްޓަރުކަމާއި، 1MDB އެޑްވައިޒަރީ ބޯޑުގެ ޗެއާމަންކަމުގެ މަޤާމުގެ ނާޖާއިޒު ފައިދާ ނަގާ، މެލޭޝިއާގެ ސޮވަރިން ވެލްތު ފަންޑުން ގިނަ އަދަދެއްގެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓުތަކަށް ބަދަލުކޮށްފައެވެ.

ނަޖީބް ރާޒާގު ވަނީ މީގެ ކުރިން 2020 ވަނަ އަހަރު، 1MDB ފަންޑުން ގާތްގަނޑަކަށް 9.9 މިލިއަން ޑޮލަރު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގައި ކުށްވެރިވެ 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ. ނަމަވެސް، ފަހުން އޭނާގެ ހުކުމް ހަ އަހަރަށް ކުޑަކުރެވުނެވެ. މި ޝަރީޢަތަކީ ނަޖީބް ރާޒާގުގެ ދެވަނަ ޝަރީޢަތް ނަމަވެސް، 1MDB ގެ ކުންފުނިތަކާއި، ވަރަށް ގިނަ އަދަދެއްގެ ފައިސާ މި މައްސަލައިގައި ސީދާ ބައިވެރިވާތީ، މިއީ މިހާތަނަށް ހިނގި އެންމެ މުހިންމު ޝަރީޢަތެވެ 

މި މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާ ހަތް އަހަރަށް ދެމިގެން ގޮސްފައިވާއިރު، ޝަރީޢަތަށް 76 ހެކިން ހާޒިރުކޮށްފައިވެއެވެ. މި ހެކިންގެ ތެރޭގައި ނަޖީބް ރާޒާގު ވެސް ހިމެނެއެވެ.

ނޮޓިންގހަމް އޭޝިއާ ރިސަރޗް އިންސްޓިޓިއުޓް މެލޭޝިއާގެ އޮނަރަރީ ރިސަރޗް އެސޯސިއޭޓް ބްރިޖެޓް ވެލްޝް ބުނިގޮތުން މިފަދަ ފައިނޭންޝަލް ކުށްތަކަކީ ގިނަ ފަށަލަތަކެއް ހިމެނޭ ކަންތައްތަކެއް ކަމަށާއި، މިއީ ދިގު އަދި ފުޅާ މަސައްކަތެއް ކަމަށެވެ.

ނަޖީބް ރާޒާގު މިދިޔަ އަހަރު 1MDB ސްކެންޑަލް ހިންގި ގޮތާ މެދު މާފަށް އެދިފައިވީ ނަމަވެސް، އޭނާގެ މިފަހަރުގެ ޝަރީޢަތުގައި ދިފާޢުގައި ބުނެފައިވަނީ، 2016 ވަނަ އަހަރުން ފެށިގެން އިންޓަޕޯލް އިން ހޯދަމުންދާ އަދި މިހާރު ހުރި ތަނެއް ނޭނގޭ މެލޭޝިއާގެ މާލީ ކުށްވެރިޔާ ޖޯ ލޯ އޭނާ މަގުފުރައްދާފައިވާ ކަމަށެވެ.

ނަމަވެސް، ހުކުރު ދުވަހު ހިނގި ޝަރީޢަތުގެ ކަންކަމުގައި، ފަނޑިޔާރު ކޮލިން ލޯރެންސް ސެކެރާ ވަނީ ނަޖީބް ރާޒާގުގެ، އޭނާ އަތުލި ނަހަމަ ފައިސާގެ ތެރެއިން ބައެއް ފައިސާއަކީ ސަޢޫދީ ރޯޔަލް ފެމެލީގެ "ހަދިޔާ" ކަމަށް ބުނެ ދެއްކި ދިފާއާ މެދުވެސް ސުވާލުއުފައްދާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.