ލައިފްސްޓައިލް
28 Dec 2025 | 07:24
އާ އަހަރުގައި ބަރުދަން ލުއިކުރުމުގެ މަސައްކަތް ފަށަންތަ ތިއުޅެނީ؟ މިއީ އެނގެންޖެހޭ ބައެއް ކަންކަން

އާ އަހަރު ފެށެން ކައިރިވެފައިވާއިރު، މި އަހަރު ބަރުދަން ލުއި ކުރަން މަސައްކަތް ނުކުރުވުނު މީހުން އަންނަ އަހަރާ ދިމާކޮށް ބަރުދަން ލުއިކުރުމުގެ އަމާޒު ހިފައި، އެކަމަށް މިހާރުން ފެށިގެން ޕްލޭންކޮށް މައުލޫމާތުތައް ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ބަރުދަން ލުއި ކުރުމާ ގުޅޭ އެކިއެކި ޕްރޮގްރާމްތަކާ، އެކިއެކި ވީޑިއޯތައް ބަލައިގެން އެކަމަށް މަސައްކަތް ފަށާއިރު، އެނގެންޖެހޭ މުހިންމު ކަންކަން ހުރެއެވެ. 

އަވަހަށް ނަތީޖާ ފެންނާނެކަމުގެ އުއްމީދުގައި އަވަސް ފަރުވާތަކާއި، ކެއުން ބުއިމުން ދުރުހެލިވުމާއި، ގަދަޔަށް ކާޑިއޯ ޖައްސަން ޕްލޭންތައް ހެދުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ދުރުރާސްތާ ޕްލޭނެއް ބޭނުންވެއެވެ. އަދި ތިމާގެ ހަށިގަނޑު ދެނެގަނެ، ރަނގަޅު އާދަތައް އަށަގަނެ ހިތްވަރު އެލުވައި ނުލައި މަސައްކަތް ކުރުން މުހިންމެވެ. 

މި ލިޔުމުގައި މި އަލިއަޅުވާލަނީ ބަރުދަން ލުއިކުރުމާ ގުޅޭގޮތުން އިންޑިޔާގެ ނިއުޓްރީޝަނިސްޓެއް އަދި ވެލްނަސް ކޯޗެއް ކަމަށްވާ މޮހިތާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ އިރުޝާދުތަކުގެ މައްޗަށެވެ. 

ބަރުދަން ލުއި ކުރަން ހުސްބަނޑާ، ނުކައި ހުރުން ރަނގަޅެއް ނޫން

މޮހިތާ ބުނެފައިވާގޮތުން ނުކައި، ބަނޑުހައި ހޫނުކަންމަތީގައި ހުރުމަކީ ބަރުދަން ލުއިވުން އަވަސް ވާނެކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން ތިމާގެ ބުންވަރާއި ހިތްހަމަޖެހުން ގެއްލިގެންދާނެ ކަމަށް އޭނާ ބުންޏެވެ. އޭގެ ބަދަލުގައި، ކޮންމެވެސް ވަރަށް ކެލޮރީ ހިމެނޭ މިންހެޔޮ ކާނާ އާދަކޮށް ކެއުމުން ނަތީޖާފެންނާނެ ކަމަށް އޭނާ ބުނެއެވެ.

ކާޑިއޯއަށްވުރެ ބަރުއުފުލުން މާ މުހިންމު

ކާޑިއޯއިން ކެލޮރީ އަންދާއިރު، ބަރުއުފުލުމަކީ ތިމާ ބޭނުންވާ ހަށިގަނޑު ބިނާކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ސްޓްރެންތް ޓްރެއިނިންގ އިން ހަށިގަނޑުގައި ހުންނަ މަސްތައް ދެމެހެއްޓުމަށް އެހީވެ، ބަރުދަން ލުއިކޮށްދީ ހަށިގަނޑުގެ ބައްޓަން ރީތިކޮށްކޮށްދެއެވެ.

ކައްޓާވެސް ބައެއް ފަހަރު ދޮގުހަދާ

ބަރުދަނަކީ ތިމާގެ ހޯމޯންތަކާއި، ހަށިގަނޑުގައި ފެން ހުންނަ މިންވަރާއި، މަސްޖަހާގަފައި ހުންނަ މިންވަރުގެ މައްޗަށް ބިނާވާ އެއްޗެކެވެ. އެހެންކަމުން، ކައްޓާއިން ތިމާ ލުއި ކަމަށް ނުދެއްކި ނަމަވެސް، ހަށިގަނޑުގެ މިންތަކާއި، ފަލައިރު ނަގާފައި ހުރި ފޮޓޯތަކާއި، އޭރުގެ ހެދުންތައް ލުމުން ފެންނަ ބަދަލަށް ބެލުމަށް މޮހިތާ އިރުޝާދު ދެއެވެ. 

ސަރުބީ އަކީ ތިމާ ބޭނުންގޮތަކަށް ބޭނުން ތަނަކުން ވިރުވޭނެއެއްޗެއް ނޫން

މޮހިތާ ބުނެފައިވާގޮތުން، ހަށިގަނޑުން ސަރުބީ ވިރުވާނެ ތަނެއް އިޚްތިޔާރު ކުރުމަކީ އެމީހަކު އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އެކަމަކީ، ޖެނެޓިކްސްއާއި ހަށިގަނޑުގެ ބައްޓަމުގެ މައްޗަށް ބިނާވާއެއްޗެކެވެ. އެގޮތުން ގިނަ އަންހެނުންގެ، އެންމެ ފަހުން ސަރުބީ ވުރޭ ތަނަކީ ބަނޑު ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން ކެތްތެރިކަމާއިއެކު ހުއްޓުމެއް ނެތި މަސައްކަތްކުރުން މުހިންމެވެ.

ސްޓްރެސް އާއި ނިދި

ގިނައިން ސްޓްރެސްވުމުގެ ސަބަބުން ކެއުން އިތުރުވެއެވެ. އަދި ހަމަ ނިދި ނުލިބުމުން ހަކަތަ މަދުވެ، ބަނޑުހައިވުން އިތުރުވެއެވެ. އެހެންކަމުން ސަރުބީ ވިރުވަން މަސައްކަތް ކުރާއިރު، އެކަންކަމަށް ސަމާލުވެ، ރަނގަޅަށް ނިދައި، ހިތްހަމަޖެހިގެން ދިރިއުޅުން ވަރަށް މުހިންމެވެ. 

ފައްސިކޮށް ވިސްނުން

"އަހަރެންނަށް ކާމިޔާބެއްް ނުވާނެ" ނުވަތަ "އަހަރެންނަށް ބަރުދަން ލުއި ނުކުރެވޭނެ" ފަދަ ނައްސި ޚިޔާލުތަކަކީ ބަރުދަން ލުއި ކުރުމަށް އެޅޭނެ ބޮޑު ހުރަހެކެވެ. އޭގެ ބަދަލުގައި ހިތްވަރު ލިބިގަތުމަށް ޕޮޒިޓިވް އެފާރމޭޝަންސް ބޭނުންކުރާށެވެ.

ހުއްޓުމެއްނެތި އެއްގޮތުގައި ކުރިއަށް ދިޔުން

ބަރުދަން ލުއިކުރަން މަސައްކަތް ކުރާއިރު، ބައެއް ފަހަރު ހިތްވަރު އެލޭ ވަގުތު  އަންނާނެއެވެ. ނަމަވެސް ތިމާގެ ރޫޓީން އާ އެއްގޮތަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަންވާނެއެވެ. 

ބަރުދަން ލުއި ކުރުމަކީ ތިމާ އެހެން މީހަކަށް ކޮށްދޭ ކަމެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަ ނަފްސަށް، ތިމާގެ ދުޅަހެޔޮކަމަށްޓަކައި ކުރާ ކަމެކެވެ. އެހެންކަމުން އެކަން ކުރަންވާނީ ތިމާއަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެގެންނެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.