ހަވާ އަރުވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
30 Dec 2025 | 14:01
އާ އަހަރު ފާހަގަ ކުރަން މާދަމާރޭ ޑްރޯން ޝޯ އަކާއެކު ހަވާ އަރުވަނީ

އާ އަހަރަށް މަރުހަބާ ކިޔުމަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހުޅުމާލޭގައި ހާއްސަ ފެސްޓިވަލެއް ބާއްވައި މާދަމާރޭ ޑްރޯން ޝޯ އަކާއެކު ހަވާ އަރުވަން ނިންމައިފި އެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ބާއްވާ މި ފެސްޓިވަލް އޮންނާނީ މިއަދު ހަވީރުން ފެށިގެން ޖެނުއަރީ 1އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. 

މި ކަމާގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ މިއީ ވަރަށް ގިނަ ކަންކަމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އަދި މި ފެސްޓިވަލްގައި ފުޑް ސްޓޯލްތަކުގެ އިތުރުން ކުޑަކުދިންނަށް ކަމުދާނެ ކުޅިވަރުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މިދިޔަ އަހަރު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފެސްޓިވަލަށް ލިބުނު ކާމިޔާބީއާ އެކު މި އަހަރުގެ ހަރަކާތް ތިން ދުވަހަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

”’ވިޒިޓް މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް‘ މި ބާއްވަނީ. މިއީ މީގެ ދެވަނަ އެޑިޝަން. މިދިޔަ އަހަރުވެސް ވަރަށް ކުލަގަދަކޮށް ކާމިޔާބު ކަމާއެކު ނިންމާލާފައި. ދެން މިދިޔަ އަހަރުގެ ކާމިޔާބީ ތަކަށް ބަލާފައި އަޅުގަނޑުމެން މި އަހަރުވަނީ މި ފެސްވަލް އިތުރު ތިން ދުވަހަށް ދަންމާލާފައި. މިއަދު ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ކުރިއަށް ދާނެ. އަދި މާދަމާވެސް އެގޮތަށް، ޖަނަވަރީ 1 ވަނަ ދުވަހުވެސް..“

މީގެ އިތުރުން މިދިޔައަހަރެކޭ އެއްގޮތަށް މި އަހަރުވެސް ޑްރޯން ޝޯއެއް ފެނިގެންދާނެ ދާނެ ކަމަށާ އެ ހަރަކާތާއެކު ހަވާ އެރުވުން ވެސް ކުރިއަށް ދާނެ ކަމަށް ޝިއުރީ ވިދާޅުވުއެވެ. ޝިއުރީ ވިދާޅުވި ގޮތުގައި މިއަހަރުގެ ޑްރޯން ޝޯ ކުރީއަގމހަރާ ތަފާތު ވާނެއެވެ. އަދި އެ ޝޯގެ ތެރެއިން ތަފާތު ކަންކަން ފެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ޑްރޯން އާ ހަވާއެރުވުން ކުރިއަށްދާނީ މާދަމާރޭ 9 ޖަހާއިރު އެވެ. 

”މި އަހަރުގެ ޑްރޯން ޝޯގައި، ޑްރޯންގައި ފަޔާ ވޯކްސްވެސް ހިމެނިގެން ދާކަހަލަ ގޮތަކަށް ކުރިއަށްދާނީ. މިއީ މިގޮތަށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޑްރޯން ޝޯ“ ޝިއުރީ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.