އެލައިޑް
ވިޔަފާރި
01 Jan 2026 | 09:07
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެލައިޑުން ޚާއްޞަ ހެލްތު ޕެކޭޖްތަކެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކުރިއެރުމާއި، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސްއިން ޚާއްޞަ "ކޯޕަރޭޓް ގްރޫޕް ހެލްތު އިންޝުއަރެންސް" ޕެކޭޖްތަކެއް ތައާރަފުކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސްއިން ހާމަކުރި ގޮތުގައި، ކުދި، މެދު ނުވަތަ ފުޅާވަމުން އަންނަ ކޮންމެ ފަންތިއެއްގެ ވިޔަފާރިއެއް ކަމުގައިވިޔަސް، އެ ވިޔަފާރިއެއްގެ ކާމިޔާބީގެ އެންމެ ބޮޑު އަސްލަކީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ގިނަ ވިޔަފާރިތަކަކީ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދޭން ބޭނުންވާ ތަންތަން ކަމަށްވީ ނަމަވެސް، އެކަށީގެންވާ ފުރިހަމަ ކަވަރޭޖެއް ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ މި ޕެކޭޖްތަކުގެ ދަށުން މުވައްޒަފުންނަށް އިތުބާރު ހުރި ރައްކާތެރިކަމެއް ލިބިގެންދާނެއެވެ. މި ޕްލޭންތަކުގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންދޭ ފަރުވާ ނުވަތަ އިންޕޭޝަންޓް ޚިދުމަތްތަކާއި، އޮޕަރޭޝަންތަކުގެ އިތުރުން ބޮޑެތި ބަލިތަކަށް ކުރާ ފަރުވާ ހިމެނެއެވެ. މީގެ އިތުރުން، އައުޓްޕޭޝަންޓް ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ޓެސްޓުތައް ހެދުމާއި ބޭސްފަރުވާގެ ޚަރަދުތައް ވެސް އިންޝުއަރެންސްގެ ދަށުން ހަމަޖެހިގެންދާނެއެވެ.

އެލައިޑުން ބުނި ގޮތުގައި މި ޕެކޭޖްތަކަކީ މެނޭޖްކުރަން ފަސޭހަ އަދި މުވައްޒަފުންގެ އަދަދަށް ބަލައި، ވިޔަފާރިއަށް އެންމެ އެކަށީގެންވާ ގޮތަށް ބަދަލު ގެނެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭންތަކެކެވެ. މީގެ އިތުރުން، "ޕާސަނަލް އެކްސިޑެންޓް ކަވަރޭޖް" އިޚްތިޔާރު ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ.

ޕާސަނަލް އެކްސިޑެންޓް ކަވަރޭޖްގެ ދަށުން، ހާދިސާއެއްގެ ސަބަބުން މުވައްޒަފަކު މަރުވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވުން ފަދަ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކުއްލި ހާދިސާތަކުގައި، މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުކޮށްދެއެވެ.

"އެލައިޑް އިންޝުއަރެންސާއެކު ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ ހަމައެކަނި އިންޝުއަރެންސް ޕޮލިސީއެއް ނޫން. ތިޔަބޭފުޅުންގެ މުވައްޒަފުންނާއި ވިޔަފާރި ރައްކާތެރިކުރުމުގައި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދޭނެ، އިތުބާރުހުރި ބައިވެރިއެއް،" އެލައިޑުން ބުނެފައިވެއެވެ.

މި ޕެކޭޖްތަކާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އެލައިޑް އިންޝުއަރެންސްގެ ހޮޓްލައިން ނަންބަރު 1600 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.