ނިމުނު 52 ހަފްތާ
ހަބަރު
02 Jan 2026 | 12:07
"ނިމުނު 52 ހަފުތާ" ނަމުގައި ޕީއެސްއެމް ނިއުސްއިން ފޮތެއް ނެރެފި

ވޭތުވެދިޔަ އަހަރުގެ މުހިންމު ހާދިސާތަކާއި ކާމިޔާބީތައް އެއްފޮތަކުން ފެންނާނެހެން އެކުލަވާލާފައިވާ "ނިމުނު 52 ހަފުތާ" ފޮތް ޕީއެސްއެމް ނިއުސްއިން ރަސްމީކޮށް ނެރެފިއެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް އަހަރީ ރިވިއުއެއްގެ ގޮތުގައި ނެރުނު ފުރަތަމަ ފޮތެވެ.

މި ފޮތް ނެރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ވޭތުވެދިޔަ އަހަރުގެ މުހިންމު ތާރީޚުތަކާއި، ފާހަގަކޮށްލެވޭ ކަންކަމާއި، އެކިއެކި ޙާދިސާތައް ރެކޯޑުކޮށް ބެލެހެއްޓުމެވެ. މިއީ ކިޔަވާކުދިންނާއި، ނޫސްވެރިންގެ އިތުރުން ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުތަކެއް އެއް ފޮތަކުން ރައްކާތެރިކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ.

"ނިމުނު 52 ހަފުތާ" ފޮތުގައި ވޭތުވެދިޔަ އަހަރު ރާއްޖެ ކުރިމަތިލީ ގޮންޖެހުންތަކާއި، ހޯދި ބޮޑެތި ކާމިޔާބީތައް ވަނީ ތަފްޞީލީ ގޮތެއްގައި ހިމަނާފައެވެ. ޚާއްޞަކޮށް، ޚިދުމަތްތަކާ ގުޅިގެން ކުރެވުނު މަސައްކަތްތަކާއި، ދިވެހި ރައްޔިތުންގެ ކެތްތެރިކަމާއި އެއްބައިވަންތަކަމާއެކު ކުރިއަށް ދިޔަ ގޮތް މި ފޮތުން ރަމްޒުކޮށްދެއެވެ.

ޕީއެސްއެމްއިން މައުލޫމާތު ދޭގޮތުން މި ފޮތަކީ މުސްތަޤްބަލަށްޓަކައި އެކުލަވާލެވުނު މުހިންމު ރިފަރެންސެކެވެ. އެގޮތުން މާޒީގައި ކަންކަން ހިނގައިދިޔަ ގޮތް ލިޔެކިޔުމުން ފެންނަން އޮތުމަކީ، ކުރިއަށް އޮތް ތަނުގައި އެކިކަންކަން ރޭވުމުގައާއި، އަންނަ ބަދަލުތައް ދެނެގަތުމުގައި ބޭނުންކުރެވޭނެ އަގުހުރި ވަސީލަތެއްކަން ފާހަގަކޮށްލަންޖެހެއެވެ.

މި މަސައްކަތް އެކުލަވާލާފައިވަނީ ޕީއެސްއެމް ނިއުސްގެ ޓީމަކުންނެވެ. މިގޮތުން ނޫސްވެރިންނާއި، އެޑިޓަރުންނާއި، ޑިޒައިނަރުންގެ އިތުރުން ފޮޓޯގްރާފަރުން ވަނީ މި ފޮތް ފުރިހަމަކުރުމުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަން ޕީއެސްއެމްއިން ފާހަގަކޮށްފައިވެއެވެ.

ޕީއެސްއެމް ނިއުސްއިން އިތުރަށް ބުނީ، ކޮންމެ އަހަރަކުވެސް ވޭތުވެދިޔަ އަހަރަށް ބަލާލައި މިފަދަ ފޮތެއް ނެރުމަށް ނިންމާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.