ކުރީގެ ރައީސް މުޙައްމަދު ނަޝީދު.. ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
03 Jan 2026 | 12:50
ޖިންސުންލަތީފުންގެ ޒާތީ ކަންކަމަށް ގޮތްކިޔާތީ ރައީސް ނަޝީދު ނުރުހިއްޖެ

ޖިންސުންލަތީފުންގެ ޒާތީ ކަންކަމާ ގޮތްކިޔާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާ ބެހޭ ޤަވާއިދު ގެޒެޓްކޮށްފައިވާއިރު އެ ޤަވާއިދުގައި ވަނީ ބައެއް ކަންކަން އިސްލާހްކުރަން އަންގާފައެވެ. އެގޮތުން ހެދުންއަޅަންޖެހޭ ގޮތާއި، ބޮލުގެ އިސްތަށިގަނޑު ހުންނަންޖެހޭ ގޮތް ފާހަގަކޮށްލެވެއެވެ.

މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުސްލިމް ޖިންސުންލަތީފުންގެ ޒީނަތްތެރިކަމާއި ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި އެބައިމީހުންގެ އެންމެ ޒާތީ ކަންތައްތަކާ ދައުލަތް ހިންގަންތިބި ފަރާތްތަކުން ގޮތްކިޔަމުން ގެންދާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ޖިންސުންލަތީފުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ، ގޮތް ކިޔައިދޭން ނުޖެހޭ ކަމަށެވެ.

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުއައްޒަފުން އޮފީހަށް އައުމުގައި ސިވިލްސާވިސް ކޮމިޝަނުން އެކުލަވާލި އައު އުސޫލްތަކާމެދު ރައީސް ނަޝީދު ނުރުހުން ފާޅުކުރެއްވިއިރު ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި ކުރީގެ އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވެސް ވަނީ އެކަމާމެދު ނުރުހުން ފާޅުކުރައްވާފައެވެ. 

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޢީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ހުރިހާ ކަމެއް ކުރައްވަމުން ދަނީ ހުދުމުހުތާރުކަން ދައްކަވައި ރައްޔިތުންގެ މައްޗަށް ވެރިވެގަތުމަށްކަމަށެވެ. ފައްޔާޒު ވިދާޅުވީ، ރައްޔިތުންނަކީ ތަންދޮރުނުދަންނަ ގަމާރު ބައެއް ކަމަށް ދެކިގެން އެ މީހުންގެ ޒާތީ ކަންކަމާ ބެހި އޮބިހެއްޓޭނެ ކަމަށް ސަރުކާރުން ދެކިގެން ނުވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ ހިޔާލާއި ފިކުރާއި ޒާތީ ދިރިއުޅުމުގެ މިނިވަންކަން ދިވެހިންނަށް މާ މުހިންމުކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުއައްޒަފުން ހެދުން އެޅުމުގައި އަލަށް އެކުލަވާލި މިންގަނޑުތަކަށް ބަލާއިރު، އަންހެން މުވައްޒަފުން ރަސްމީ މަސައްކަތަށް ނުކުންނައިރު އަޅާހެދުން ހުންނަންޖެހޭނީ ބުޑު ނިވާވާ ގޮތަށް ފަލަމަސްގަނޑާ ހަމައަށެވެ. އަދި ކަރުވަޅުވެސް ހުންނަންވާނީ ނިވާ ކޮށްފައެވެ. މި ގަވާއިދުގައި އަންހެން މުއައްޒަފުންގެ އިތުރުން ފިރިހެން މުވައްޒަފުންނަށްވެސް ވަނީ އުސޫލްތަކެއް ބަޔާންކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.