ޢަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ/ޢަދާލަތު ޕާޓީ
ހަބަރު
04 Jan 2026 | 16:44
ހެދުން އެޅުމުގެ ގަވާއިދަށް ގެނައި އިސްލާހަކީ އިސްލާމީ މިންގަނޑުތަކާ ދިމާއަށް އެޅުނު މުހިންމު ފިޔަވަޅެއް: އަދާލަތު

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވާއިދަށް ގެނެވުނު ބަދަލުތަކަކީ ހެޔޮ ބަދަލުތަކެއް ކަމަށާ އެއީ އެކަމުގެ އެންމެ ފުރިހަމަ ކަމާ ހަމައަށް ނުދެވުނު ކަމުގައި ވިޔަސް، މުޖުތަމައުގެ ދީނީ އަދި އިޖުތިމާއީ ސަލާމަތްތެރިކަމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅުތަކެއްގެ ގޮތުގައި ދެކޭ ކަަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އެމްޑީޕީއާ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ ކަމަށް ބުނާ ބައެއް އަންހެނުން ވަރަށް ދެކޮޅު މި ބަދަލާއި ގުޅޭގޮތުންް އަދާލަތުން ވަނީ އެ ނިންމުމަށް ތާއީދުކޮށް ބަޔާނެއް ނެރެފަ އެވެ.

އެ ޕާޓީން ބުނީ މި ބަދަލުން އެންމެ ފުރިހަމަ ގޮތަށް އަމަލު ނުކުރެވުނު ނަމަވެސް ރަނގަޅުގޮތާއި ގާތްކުރާ ހެޔޮ ބަދަލުތަކަކީ އެކަމަށް ތަރުހީބުދީ ހިތްވަރުދޭންޖެހޭ ކަންކަން ކަމަށެވެ. އަދި އެކަމުގެ ދަލީލުތައްވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކުޅަދާނަވީ މިންވަރަކުން ތަގުވާވެރިވުމަށް އަންގާފައިވާ އެންގެވުމާއި އެންމެ ފުރިހަމަ ގޮތަށް ނުކުރެވޭނެމަ އެއާއި ކައިރި ކުރާށެ އޮތް ބަސްފުޅު ހަނދާންކޮށް ދީފައިވެ އެވެ.

"އެހެންކަމުން، ހެޔޮ ބަދަލުތައް ގެނެސް، މާތްﷲ ރުހިވޮޑިގަންނަވާ މިންގަނޑަށް ވާޞިލުވުމަށް ގަދައަޅާ މަސައްކަތް ކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ޒިންމާއެކެވެ," އަދާލަތުގެ ބަޔާނުގައިވެ އެވެ.

އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމަ ގޮތުގައި ތަރުތީބުކޮށްދޭ ދީންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ މިގޮތުން، ހެދުން އެޅުމުގެ މިންގަނޑުތަކަކީ އިސްލާމީ ތަރުބިއްޔަތާއި، އަހްލާގުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ. އަދި އިސްލާމްދީނުގައި ހެދުން އެޅުމުގެ މަގްސަދަކީ ހަމައެކަނި ފިނިހޫނުމިނުން ސަލާމަތްވުމާއި ޒީނަތްތެރިވުމެއް ނޫން ކަމަށާ އޭގެ އެންމެ ބޮޑު މަގްސަދަކީ އައުރަ ނިވާކުރުމާއި، އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރިކުރުން ކަމަށެވެ.

އެކަމުގެ ދަލީލުތައްވެސް ކީރިތި ޤުރުއާނުން ގެނެސްދީފައިވެ އެވެ.

އިސްލާމްދީނުގައި އައުރަ ނިވާކުރުމަކީ ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނެއްގެ މައްޗަށްވާ ވާޖިބެއް ކަމަާާ އަދި މިއީ މިއީ މާތްﷲގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށްވެސް އަދާލަތުގެ ބަޔާނުގައިވެ އެވެ.

އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމުގައި ބަލަން ޖެހޭ މުހިންމު އަސާސްތަކުގެ ތެރޭގައި، އެ ހެދުމަކީ ހަށިގަނޑުގެ ބައްޓަން އެނގޭ ފަދަ ބާރު ހެދުމަކަށް ނުވުމާއި، އެތެރެ ފެންނަ ފަދަ ތުނި ހެދުމަކަށް ނުވުން ހިމެނޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.

އައުރަ ނިވާކުރުމަކީ ﷲ ތަޢާލާގެ އަމުރުފުޅެއް ކަމަށާ އެ އަމުރުފުޅާ ދެކޮޅު ހެދުމަކީ އެކަލާނގެ ބާވައިލެއްވި ޙުކުމްފުޅަކާ ދެކޮޅު ހެދުން ކަމުން އެއީ އެއްވެސް މުއުމިނު ފިރިހެނަކަށް ވެސް ނުވަތަ އަންހެނަކަށް ވެސް އިހްތިޔާރު ލިބިގެންވާ ކަމެއް ނޫން ކަމުގައި އަލްއަޙްޒާބް ސޫރަތުގެ 36 ވަނަ އާޔަތުން އެނގޭ ކަމުގައި އެ ބަޔާނުގައިވެ އެވެ.

"ކަންމިހެން އޮތުމުގެ ސަބަބުން، އަންހެނުންނާއި ފިރިހެނުން ވެސް ހިލޭ މީހުންގެ ކުރިމަތީގައި އުޅޭ އިރު ފުރިހަމަގޮތުގައި އެބައިމީހުންގެ އައުރަ ނިވާކޮށްގެން އުޅުމަކީ އެބައިމީހުންނަށްވާ ރައްކާތެރި ކަމެއްކަމުގައި މެނުވީ ނުވެ އެވެ. އެފަދައިން އުޅޭ އުޅުމަށާއި ހެޔޮ ރަނގަޅު ކަންކަމާ ދެކޮޅު ހަދާ ފަރާތްތަކުން ﷲ އަށް ބިރުވެތިވެ، ތައުބާވުމަށް ގޮވާލަމެވެ," އަދާލަތުގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.