ނަންރީތިމަލުގެ ސައި
ލައިފްސްޓައިލް
08 Jan 2026 | 10:00
ނަންރީތިމަލުގެ ސައިން ސިއްޙީ އެތައް ފައިދާތަކެއް، ނުބޮއި ދޫކޮށްލާވަރުގެ އެއްޗެއް ނޫން

ދިވެހިރާއްޖޭގައި ވަރަށް އާންމުކޮށް ހެދޭ އަދި ގިނަ ބަޔަކު ދަންނަ "ނަންރީތި މާ" ނުވަތަ އިނގިރޭސި ބަހުން ނަމަ "ބަޓަފްލައި ޕީ" އަކީ ހަށިގަނޑަށް ފައިދާހުރި ގިނަ ސިއްޙީ ގުނަވަންތަކެއް އެކުލެވިގެންވާ މަލެއް ކަމަށް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު މުހައްމަދު ޢަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު ޢަލީ ވިދާޅުވި ގޮތުގައި، މި މަލަކީ ރާއްޖޭގައި ވަރަށް ގިނައިން ބޭނުންކުރަމުން އަންނަ މަލަކަށް ވާއިރު، މަލުގެ ފައިދާއާ ބެހޭގޮތުން ގިނަ ބަލިމީހުން ސުވާލުކުރެއެވެ. އަދި ނަންރީތި މާ ހޫނުފެނަށް އަޅައިގެން ތައްޔާރުކުރާ ސައި ބުއިމަކީ ހަށިގަނޑަށް އެތައް ފައިދާއެއް ލިބިގެންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަންރީތި މަލުން ލިބޭ މައިގަނޑު ފައިދާތައް:

ހަކުރު ކޮންޓްރޯލްކުރުން: ކެއުމަށްފަހު ހަށިގަނޑުގެ ހަކުރު މަތިވާ މިންވަރު ކުޑަކޮށްދީ، އިންސިއުލިން އުފައްދައިދޭ މިންވަރު އިތުރުކޮށްދެއެވެ.

ސަރުބީ މަދުކުރުން: ހަށިގަނޑުގައި ހުންނަ ސަރުބީގެ މިންވަރު މަދުކޮށްދިނުމުގެ އިތުރުން، ކެއުމަށްފަހު ލޭގައި "ޓްރައިގްލިސަރައިޑް" ނުވަތަ ކޮލެސްޓްރޯލް މަތިވާ މިންވަރު ދަށްކޮށްދެއެވެ.

ވިހަ ބޭރުކުރުން: މީގައި ހިމެނޭ "އެންޓިއޮކްސިޑަންޓް" ތަކުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދެއެވެ.

ޑޮކްޓަރު އިރުޝާދު ދެއްވާ ގޮތުގައި، މި ސައި ތައްޔާރުކުރުމަށް ބޭނުންކުރަންވާނީ ގާތްގަނޑަކަށް 1 ނުވަތަ 2 ގްރާމްގެ ހިއްކާފައި ހުރި މަލެވެ. ނުވަތަ 20 ވަރަކަށް ތާޒާ މާ ބޭނުންކޮށްގެންވެސް މި ސައި ތައްޔާރުކުރެވިދާނެއެވެ.

މި ސައި ބުއިމުން އޭގެ އަސަރު ދެތިން މިނެޓާއި ގަޑިއިރެއްގެ ތެރޭގައި ފެންނަން ފަށާނެއެވެ. އަދި މި އަސަރު ގާތްގަނޑަކަށް 3 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ހަށިގަނޑުގައި ހުންނާނެއެވެ. ނަމަވެސް 6 ގަޑިއިރު ފާއިތުވުމުން އޭގެ އަސަރު މަޑުމަޑުން ކެނޑިގެންދާނެއެވެ.

ޑރ. މުހައްމަދު ޢަލީ ޚާއްސަކޮށް ފާހަގަކުރެއްވި ގޮތުގައި، ނަންރީތި މަލަކީ ސިއްޙީ އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗަކަށް ވީނަމަވެސް، މިއީ ބޭހުގެ ބަދަލުގައި ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ.

ބަލިތަކަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ބޭސްތައް ހުއްޓާލުމަށްފަހު މި ސައި ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށާއި، މިއީ މުޅި އުމުރަށް ބަލި ރަނގަޅުކޮށްދޭ ފަރުވާއެއް ނޫންކަންވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން މާ ބަނޑު އަންހެނުން މި މަލުގެ ސައި ނޫނީ އެހެންވެސް ގޮތަކަށް ބޭނުން ކުރުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން ކަމަށާ، އެގޮތަށް ބޭނުން ކުރުމުން ދަރިފުޅު ބައިގެން ދިޔުމުގެ ފުރުސަތު އޮންނަކަން ދިރާސާ ތަކުން ދައްކާކަންވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.