އޭސީސީގެ ޓީމް ރާއްޖެ މިއަދު ޕްރޮގްރާމްގައި... ފޮޓޯ: ޕީއެސްއެމްނިއުސް
ހަބަރު
10 Jan 2026 | 13:36
އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ އެންމެ އިސްކަންދޭ ކަންތައް: އޭސީސީ

ދައުލަތުގެ ވަޞީލަތްތައް އިންތިޚާބާއި ކައިރިކޮށް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަކީ މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެނެފިއެވެ. 

ދައުލަތުގެ މIޑިއާގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އެންޓި ކޮރަޕްޝަންގެ ކޮމިޝަންގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން، އެޑިއުކޭޝަން އެންޑް އެޑްވޮކަސީ ޢަލީ ޝަމީމް އާދަމް ވިދާޅުވީ, އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާ ކަމުގެ މައްސަލަތައް އިތުރުވާކަމަށް އެކޮމިޝަނަށް ފާހަގަކުރެވޭކަމަށެވެ. 

އެގޮތުން އެކަންކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް އޭސީސީއިން މިހާރު ކުރަމުންދާކަމަށެވެ. ޝަމީމް ވިދާޅުވީ އިންތިހާބާއި ކައިރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާޙަކީ ރަނގަޅު އިސްލާޙެއް ކަމަށް އޭނާ ޤަބޫލުކުރައްވާކަމަށެވެ.

ޝަމީމް ވާހަކަދައްކަވަނީ.. ފޮޓޯ: ޕީއެސްއެމްނިއުސް

 ރަށްރަށުގައި ހުރި ބިންތައް ކުއްޔަށް ދިނުމާއި، އެގްރިމެންޓްތައް އައު ކުރުމާއި، ވަޒީފާތައް ދިނުމާއި، މިކަހަލަ ކަންތައް ކުރެވިފައި ހުރީ. އެހެންވީމަ މި ޤާނޫނުގެ ސަބަބުން އެބައި ވަރަށް ބޮޑަށް މަދުވާނެ ކަމަށް މި ބެލެވެނީ

ޢަލީ ޝަމީމް އާދަމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭ މައުލުމާތު ދެއްވަމުން ޝަމީމް ވިދާޅުވީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންތިޚާބުތަކާއި ގުޅިގެން ދައުލަތުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މީގެކުރިން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ކައުންސިލު މެންބަރުންގެ ގޮތުގައި ތިއްބަވާ އެކި ފަރާތްތަކުން ކައުންސިލްތަކުގެ ވަޞީލަތްތަކާއި މަޤާމުތައް އިންތިޚާބުގައި ކާމިޔާބު ހޯދުމަށް ބޭނުން ކުރާކަން އެނގިފައިވާ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް އެންމެފަހުން އެންމެފަހުން ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ, މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މި އިސްލާޙުގެ ދަށުން ކައުންސިލް ދައުރުގެ ފަހު އަހަރު ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށް ދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާ ބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. 

އޭސީސީއިން ބުނީ އިންތިޚާބާއި ގުޅިގެން އެކޮމިޝަނުން މިހާރު ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ، މި ލާމަރުކަޒީ ޤާނޫނަށާއި، އިންތީޚާބީ ކުށްތަކަށް ދައުލަތުގެ އެކި އިދާރާތަކާއި ގުޅިގެން މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އިލެކްޝަން ކޮމިޝަނާއި ގުޅިގެންމިހާރުވެސް ބައެއް ރަށްތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގާފައިވާކަމަށާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އާންމުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.