ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ ހައުސިންގ އުނިޓުތައް-- ފޮޓޯ/ ތުޅާދޫ އޮންލައިން
ހަބަރު
11 Jan 2026 | 13:40
ތުޅާދޫ އާއި ވިލުފުށީގެ ހައުސިންގ ޔުނިޓަށް ހުށަހެޅުމަށް ހުޅުވާލައިފި

ބ. ތުޅާދޫގަޔާއި ތ. ވިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު  މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލައިފިއެވެ. 

މި ދެ ރަށުގައި ތަރައްޤީކޮށްފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު މިދިޔަ މަހުގެ 24ވަނަ ދުވަހު ވަނީ އާއްމުކޮށްފައެވެ. މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓްގައި ތުޅާދޫގައި އިމާރާތްކުރާ މި 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު (G-33/2025 ބ.) ގައި ވަނީ ޝާއިއުކޮށްފައެވެ. 

މި ހައުސިންގ ޔުނިޓުތަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވާނީ 11 ޖަނަވަރީ 2026، ވަނަ ދުވަހުގެ 12:00 އިން ފެށިގެން 11 އެޕްރީލް 2026 ވަނަ ދުވަހުގެ 23:59 އާ ހަމައަށެވެ. 

މިނިސްޓްރިއިން ބުނި މި ރޯހައުސްތަކަށް އެދި ފޯމު ހުށައެޅޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށްކަމަށެވެ. އެގޮތުން މި އުސޫލުގެ ދަށުން ހައުސިންގ ޔުނިޓަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން، އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް (https://hiyaavehi.housing.gov.mv) މެދުވެރިކޮށްކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފައިވެއެވެ. 

މިނިސްޓްރީއިން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ ފޯން ނަންބަރު 4004900 އަށް ގުޅުއްވައިގެންވެސް އަދި މިނިސްޓްރީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވައިގެންވެސް ލިބޭނެކަމަށެވެ. 

މި ދެރަށުގައި ގާއިމުކުރެވުނު ހައުސިން ޔުނިޓްތަކަކީ 3 ކޮޓަރީގެ ހައުސިން ޔުނިޓްތަކެކެވެ. ރޯހައުސްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ޔުނިޓްތަކަކީ 2002 އަކަފޫޓުގެ ބިމުގައި، އިމާރާތް ކުރެވޭ އޭރިއާ 1204 އަކަފޫޓަށް ހުންނަގޮތަށް އިމާރާތްކޮށްފައިވާ ޔުނިޓްތަކެވެ.

މީގެތެރެއިން ވިލުފުށިން ދޫކުރުމަށް ތައްޔާރުވެފައިވާ ރޯހައުސްތަކަކީ 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން އޭރު ފެށި މަސައްކަތްތަކެވެ. އެ މަސައްކަތް ނުނިންމުމުގެ ސަބަބުން ފަހުން އެ މަސައްކަތް އެހެން ކޮންޓްރެކްޓަރަކާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. 

ތުޅާދޫގައި ވެސް އަލަށް ތަރައްޤީކުރި 100 ރޯހައުސް ލިބޭމީހުންގެ ދާއިމީ ލިސްޓެއް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވަނި އާއްމުކޮށްފައެވެ. މި ލިސްޓް އާއްމުކޮށްފައިވަނީ އެ ލިސްޓް އާއްމުކުރުން ލަސްވެގެން، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މިއަދު ކައުންސިލް އިދާރާތެރޭގައި އިހުތިޖާޖުކޮށްފައިވަނިކޮށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ