އަހްމަދު ސަމާހް ރަޝީދު
ރިޕޯޓް
11 Jan 2026 | 20:12
ސަމާހު ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް؛ ހުތުރުބަސްތަކާއެކު ފަޚުރުވެރިކަމާއެކު ދައްކަނީ ވައްކަމުގެ ވާހަކަ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް, ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރު ކަމުގެ މަގާމުން އަހްމަދު ސަމާހް ރަޝީދު މިއަދު ވަނީ ވަކިކޮށްފަ އެވެ. މަގާމުގައި ހޭދަވީ އެންމެ ހަތަރު މަސް ދުވަހެވެ.

ސަމާހް އަކީ މި ސަރުކާރުގައި މިފްކޯ ހިންގަން ވެސް ހަވާލުކުރި ބޭފުޅެކެވެ. ނަމަވެސް އެ މަގާމުން ވެސް ކުއްލި ގޮތަކަށް ވަކިކުރީ އެވެ. އޭރު ވެސް އޭނާއާ ގުޅޭ އެތައް މައްސަލަތަކެއް ދިޔައީ ބަލަމުންނެވެ.

ކުއްލި ގޮތަކަށް ސަމާހް ސްޓެލްކޯ އިން ވަކިކުރުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ. ނަމަވެސް އެއަށްވުރެ ބޮޑު ހައިރާން ކަމެއް ލިބުނީ އޭނާ ދައްކާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯ ލީކުވުމުންނެވެ. ވަރަށް ބޮޑަށް ޔަގީން ކުރެވޭ ގޮތުގައި އޭނާ މަގާމުން ވަކިކުރީ އެ އޯޑިއޯއާ ގުޅިގެންނެވެ.

ލީކުކޮށްލާފައިވާ އޯޑިއޯގައި ދައްކަމުން ދިޔައީ ސްޓެލްކޯގެ ތެރޭގައި ހިންގާ ވައްކަމުގެ ވާހަކަ އެވެ. އެ ވާހަކަ ދައްކަމުން ދިޔައީ ފަހުރުވެރިކަމާ އެކު އެވެ. ވަރަށް ގިނައިން ހުތުރު ބަސްތައްވެސް ބޭނުން ކޮށްފައިވެ އެވެ.

"އެންމެ ކައިރީ ހުންނަ --[ހުތުރުބަހެއް]-- އޮޅުވާލައިގެން މިކުރަނީ," ސްޓެލްކޯގައި ހިންގާ ކަންތައްތަކާއި ގުޅޭގޮތުން ސަމާހް ކަމަށް ބުނާ މީހާ ބުނާތީ އިވެ އެވެ. 

އެހެން ބުނުމުން އޭނާގެ ކައިރީގައި ތިބި މީހުން ވަނީ އެކަންކަން އެހެން އެއްވެސް މީހަކަށް ހަމަ ނޭންގޭނެތޯ ސުވާލުކޮށްފަ އެވެ. އަދި އަޒްހަދަށްވެސް ނޭންގޭތޯ ސުވާލު ކުރެ އެވެ. އަޒްހަދަކީ ސްޓެލްކޯގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި މީހެކެވެ. އޭނާ އަކީ ކުންފުނީގެ ޕްރޮކިއުމަންޓްގެ ވެރިޔާ އެވެ.

އެ ސުވާލުކުރުމުން ސަމާހު ކަމަށް ބުނާ މީހާ އޭނާ ހިންގާ ކަންކަން އަޒްހަދާއި ސާއިދު އަށް އެނގޭނެ ކަމަށް ބުނެ އެވެ. އެކަންކަން މީހުން އެހީވާ ކަމަށްވެސް ބުނެ އެވެ. ސާއިދު އަކީ ދާދި ފަހުން ރެކްރޫޓްމަންޓް އެންޑް ސެލެކްޝަން ޔުނިޓްގެ ހެޑްގެ މަގާމަށް އައްޔަންކޮށްފައިވާ މީހެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ސީނިއާ މެނޭޖަރެއްގެ ގޮތުގަ އެވެ.

އެ މަގާމަށް އޭނާ އައްޔަނުކުރީ ވެސް ސަމާހް އެވެ.

އޭގެ ފަހުން ސްޓެލްކޯ އިން ފިހާރައެއް ހުޅުވާ އޭގެ ފައިދާ ހޯދަން މަސައްކަތް ކުރި ކަމަށް ބުނެ އެވެ. އެކަމާއި ޑީއެމްޑީ މުޒުނާއާ ވާހަކަ ދެއްކި ކަމަށްވެސް ބުނެ އެވެ.

"--[ހުތުރުބަހެެއް] މަ ރޭޓްކޮށްފައި އޭނީ ވަރަށް ދަށުން. އެހެންވީމަ އޭތި މަށަށް ވަަރަށް ސަޅި އަސްލު," ފިހާރައިގެ ކަންކަމަށް ވަރަށް ފަސޭހައިން މުޒުނާ އެއްބަސްވިކަން ފާހަގަކޮށް އޭނާ ބުނެ އެވެ.

އޭގެ ފަހުން ވެސް ވަރަށް ފަހުރުވެރިކަމާއެކު އޭނާ ހިންގާ އެއްވެސް ކަމެއް ސްޓެލްކޯގެ ވެރީންނަށް ނޭންގޭ ކަމަށް ބުނެ އެވެ. އަދި އެ މީހުންގެ ނަޒަރުގައި އޭނާ އަކީ މާބޮޑަށް ފައިސާއަށް ވިސްނާ މީހެއް ނޫން ކަމަށް ބުނެ އެވެ. އެ މީހުންނަށް އޭނާ ހީވެފައި އޮންނަނީ ނުބައި އެހެން އަމަލެއް ހިންގާ މީހެއްގެ ގޮތުގައި ކަމަށް ބުނެ ވަރަށް ބާރަށް ހެމުން އޭނާގެ އެކުވެރީންނަށް އެ ވާހަކަތައް ކިޔައިދެ އެވެ.

"ސްޓްލެކޯގައި ޓޮޕް ލެވެލްގައި މިއުޅޭ މީހުން މަ ނިންމާފައި އިންނަނީ --[ހުތުރުބަހެއް]-- މޮޔަވެފައި ހުންނަ --[ހުތުރުބަހެއް] ގޮތުގައި. ލާރިއަކީ މަ ވިސްނާ އެއްޗެއް ނޫން ކަމަށް މި މީހުން އޮންނަނީ ނިންމާފައި,"

އޭގެ ފަހުން ދެން ބުނަނީ އޭނާ ކޮށްލާ ކަންކަން އެނގޭނަމަ އެ މީހުން [ބެލެވެނީ ސަރުކާރުގެ ވެރީން ނުވަތަ ސްޓެލްކޯގެ ވެރީން] ނޯށުން ރޯނެ ކަމަށެވެ. އަދި އަނެއްކާ ވެސް ފަހުރުވެރިކަމާއެކު އޭނާ އަކީ އެކަންކަން ކުރުމުން ޕީއެޗްޑީ ނަގައިގެން ހުރި މީހެއް ކަމަށް ބުނެ އެވެ.

"މި މީހުން ނޯށުން ރޯވެ މި ހުރިހާ ކަމެއް އެނގޭނަމަ. މި މީހުންނަކަށް ނޭންގެ މިއީ އެ ދާއިރާއިން ޕީއެޗްޑީ ހަދައިގެން އައިސްހުރި --[ހުތުރުބަހެެއް] ކަމެއް," ސަމާހު ކަމަށް ބުނާ މީހާ ބުނާތީ އިވެ އެވެ. 

މި އޯޑިއޯއާ ގުޅޭގޮތުން ސަމާހު ވިދާޅުވީ އެއީ ހަދާފައިވާ އެއްޗެއް ކަމަށެވެ. އެފަދަ ވާހަކައެއް ނުދައްކަވާ ކަމަށާ އެއީ ހަގީގަތެއް ނޫން ކަަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ޟމ
ޤައުމުގެ ހާލަތު.ކައިރީގަވެސް ތެދުވެރިއެއް ނެތް. މި ކިޔަނީދޯ ކުންފުނިތައް ކައިހުސްކިއްފިއޭ. 2024 ސްޓެލްކޯ އަށް ނުހަގުން ވަޒީފާ ދީފައިވާ އެއްމެން ވަކިކުރަންޖެހޭ.
11 Jan 2026
ގުޅޭ ލިޔުންތައް
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.