އީރާނުގެ މަގުތައް: ފޮޓޯ/ އޭއެފްޕީ
ދުނިޔެ
13 Jan 2026 | 12:46
ހަތަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އީރާނުން ބޭރަށް ފޯނުކޯލު ކުރެވޭގޮތް ހަދައިފި

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން މުވާސަލާތީ ޚިދުމަތްތައް ކަނޑާލާފައި އޮތުމަށްފަހު، ހަތަރު ދުވަސް ފަހުން, މިއަދު، ބޭރު ގައުމުތަކަށް ފޯނުކޯލު ކުރެވޭގޮތް ހަދައިފިއެވެ.

މި މުޒާހަރާތަކަކީ އީރާނުގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މުޒާހަރާތަކެއް ކަމަށްވާއިރު، މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަދުވެގެން 646 މީހުން މަރުވެފައިވާ ރިޕޯޓްތައް ބުނެއެވެ.

އޭސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނި ގޮތުގައި ތެހެރާންގައި ތިބި ބައެއް މީހުންނަށް އެ އެޖެންސީގެ ނޫސްވެރިންނަށް ގުޅިފައިވެއެވެ. ނަމަވެސް ޔޫއޭއީގެ ދުބާއީގައި ހުންނަ އޭޕީގެ ބިއުރޯއިން އެ ނަންބަރުތަކަށް އަލުން ގުޅޭގޮތެއް ނުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފޯނު ކޯލުގެ ޚިދުމަތް ބައެއް ފަރާތްތަކަށް ލިބުނު ނަމަވެސް، އެސްއެމްއެސްގެ ޚިދުމަތް އަދިވެސް އޮތީ މެދުކެނޑިފައެވެ. އަދި އިންޓަނެޓް ބޭނުންކުރެވެނީ ހަމައެކަނި ސަރުކާރުން ހުއްދަދީފައިވާ ލޯކަލް ވެބްސައިޓްތަކަށް އެކަންޏެވެ.

ދުނިޔެއާ މުވާސަލާތީ ގުޅުން ކަނޑާލާފައި އޮތް ހަތަރު ދުވަހުގެ ތެރޭގައި ތެހެރާންގެ މަގުތަކުގެ ހާލަތު ހުރިގޮތް ބަޔާންކުރަމުން މަންޒަރު ދުށް މީހުން ބުނީ، ސަލާމަތީ ބާރުތަކުން މުޅި ސިޓީ ވަރުގަދައަށް ބަލަހައްޓަމުންދާ ކަމަށެވެ.

އެގޮތުން ހެލްމެޓާއި ހަށިގަނޑު ރައްކާތެރިކުރާ އާމަރާއި، އައްޑަނަ އަދި ކަރުނަގޭސް ބަޑި ހިފައިގެން ތިބި އެންޓި-ރަޔަޓް ފުލުހުން ބޮޑެތި ކަންމަތިތަކުގައި ފޯރިމަރަމުންދާ ކަމަށް އެމީހުން ބުންޏެވެ. މީގެ އިތުރުން ހަތިޔާރާއެކު އުޅޭ ބަސީޖް ފޯސްގެ މެންބަރުންނާއި، އާންމު ހެދުމުގައި ތިބި ސަލާމަތީ އޮފިޝަލުންވެސް އާންމު ތަންތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް ބޭންކުތަކާއި ސަރުކާރުގެ އޮފީސްތަކުގައި ހުޅުޖަހާފައިވާއިރު، އޭޓީއެމް މެޝިންތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި އިންޓަނެޓްގެ ޚިދުމަތް މެދުކެނޑިފައި އޮތުމުގެ ސަބަބުން ބޭންކުތަކުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް މަންޒަރު ދުށް މީހުން ކިޔައިދިނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި