ޗެލްސީ ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: އާސެނަލް
ކުޅިވަރު
15 Jan 2026 | 10:32
އިނގިރޭސި ލީގްކަޕް ފައިނަލުގެ ފުރުސަތު އާސެނަލުން ބޮޑުކޮށްފި

އިނގިރޭސި ލީގްކަޕް ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އާސެނަލުން ބޮޑުކޮށްފިއެވެ.

ލީގްކަޕް ފައިނަލަށް ދިއުމުގެ ފުރުސަތު އާސެނަލް ބޮޑުކޮށްފައިމިވަނީ މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ޗެލްސީ އާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ވަރަށް ކުރީކޮޅު އާސެނަލުން ވަނީ ލީގް ނަގާފައެވެ. އެއީ މެޗްގެ 7 ވަނަ މިނެޓް ތެރޭގައި ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވައިޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗްގެ ފުރަތަމަ ހާފް އާސެނަލް ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފް ފަށައިގެން މާ ގިނައިރުތަކެއް ނުވެ ގިޔޮކެރޭސް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-0 ކަށް ބަދަލުކޮށްފައެވެ. އޭގެ 7 މިނެޓް ފަހުން ޗެލްސީގެ ގަނާޗޯ ވަނީ ލަނޑެއް ޖަހާފައެވެ. ޗެލްސީން ލަނޑެއް ޖަހައި ފަރަގް ކުޑަކޮށްފައިވަނިކޮށް މެޗުން މޮޅުވުމަށް އާސެނަލުން ކުރަމުން އައި އުއްމީދު އިތުރަށް އައުކޮށްދިނީ 71 ވަނަ މިނެޓް ތެރޭގައި ޒުބިމެންޑީ ކާމިޔާބުކޮށްދިން ކަނޑުންނެވެ. 

މެޗްގެ 83 ވަނަ މިނެޓް ތެރޭގައު ގަނާޗޯ އިތުރު ލަނޑެއް ޖެހިނަމަވެސް މެޗް ނިމުނީ 3-2 ގެ ނަތީޖާއިން އާސެނަލް ކުރީގައި އޮވެގެންނެވެ. މުބާރާތުގެ ފައިނަލްގެ ޖާގަ އާސެނަަލަށް ކަށަވަރުވެގެންދާނީ، ފެބުރުއަރީމަހުގެ 4 ވަނަ ދުވަހު އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅޭ ސެމީފައިނަލްގެ ދެވަނަ މެޗަށްފަހުއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.