އަދާލަތުގެ ރައީސް ކަމަށް ކުރިމަތިލާފައިވާ އިކްރާމް އަބްދުއްސައްތާރު: ފޮޓޯ/ އަދާލަތު ޕާޓީ
ހަބަރު
15 Jan 2026 | 12:28
އަދާލަތު ޕާޓީގެ އިންތިޚާބާމެދު ޝައްކު އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް އިކްރާމަށް އަންގައިފި

އަދާލަތު ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވަގު ހަދައިގެން ނަތީޖާ ބަދަލުކުރަން މަސައްކަތް ކޮށްފާނެ ކަމުގެ ތުހުމަތާއެކު، އެކަން ދޮގުކޮށް އެ ޕާޓީގެ އިންތިޚާބު ކޮމިޓީގެ ސިޓީއެއް، ރައީސް ކަމަށް ކުރިމަތިލާފައިވާ އިކްރާމް އަބްދުއްސައްތާރަށް ފޮނުވައިފިއެވެ. 

އިންތިޚާބުގައި ވަގު ހަދަން އުޅޭކަމަށް ތުހުމަތު ކުރައްވައި އަދާލަތު ޕާޓީގެ އިންތިހާބީ ކަންތައްތަކާއި ބެހޭ ކޮމެޓީގެ މުގައްރިރަށާއި އިލެކްޝަންސް ކޮމިޝަނަށް ވެސް އިކްރާމް ވަނީ ސިޓީ ފޮނުވާފަ އެވެ.

އެ ސިޓީގެ ޖަވާބުގައި އިންތިޚާބު ކޮމިޓީގެ ރައީސް ފޮނުއްވި ސިޓީގައި ބުނީ، އިންތިޚާބު ކޮމެޓީގެ ފަރާތުން، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަނީ ޢަދާލަތު ޕާޓީގެ ދުސްތޫރާއި، އަދި އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.

”މިގޮތުން، މިވަގުތު ޢަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވާއިދުން، މި އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް ޖާގަ ނުދޭ ކަމުގައި ދަންނަވަމެވެ.“ އެ ސިޓީގައި ބުނެފައިވެއެވެ.

މިއާއެކު އެ ސިޓީގައި ބުނީ، ޕާޓީގެ 4 ވަނަ ދައުރަށް އިންތިޚާބު ކުރަންޖެހޭ ފަރާތްތައް އިންތިޚާބު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އިންތިޚާބު ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށާ، އިންތިޚާބު ކޮމެޓީގެ ފަރާތުން، އިންތިޚާބުގެ ކަންކަން އިންތިޒާމުކުރަމުން ގެންދާނީ އިންތިޚާބުގެ މިނިވަންކަމާއި، އަދި އިންތިޚާބުގެ ދެ ފުށްފެންނަކަން ކަށަވަރުވާނެ ގޮތުގެ މަތިން ކަމަށެވެ.

”މިހެންކަމުން ޕާޓީގެ މެންބަރުންގެ މެދުގައި އިންތިޚާބާއި މެދު ޝައްކު އުފެދޭނެގޮތަށް ވާހަކަ ނުދެއްކުމަށް އިންތިޚާބު ކޮމެޓީގެ ފަރާތުން އިލްތިމާސް ކުރަމެވެ.“ އިންތިޚާބު ކޮމިޓީގެ ސިޓީގައި ބުނެފައިވެއެވެ.

މި އިންތިހާބުގައި އިކްރާމްއާ ވާދަކުރަނީ މިހާރު ވެސް އަދާލަތުގެ ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވި ޝައިހް މުޙައްމަދު ޝިފާން އެެވެ. އޭނާގެ ރަނިންމޭޓަކީ ޝައިހް އަބްދުالله ރަޝީދު އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.