މުބާރާތުގައި ރާއްޖެ ބަންގްލަދޭޝްއާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: އެފްއޭއެމް
ކުޅިވަރު
17 Jan 2026 | 10:30
ސާފް ފުޓްސަލް ޗެމްޕިއަންޝިފް؛ އިންޑިއާ މެޗަކީ ރާއްޖެއަށް ފައިނަލެއް

ޤައުމީ ފުޓްސަލް ފިރިހެންޓީމަށް އަންނަ އަންގާރަދުވަހަކީ ހަމަ ގައިމުވެސް ވަރަށް މުހިންމު ދުވަހަކަށް ވާނެއެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެ އެދުވަހު ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މުބާރާތުގެ މެޗްތައް މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، އިންޑިއާ އާ ދެކޮޅަށް ނިކުންނަ މެޗަކީ ރާއްޖެއަށް ފައިނަލެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. 

މު ބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނު ދެ މެޗްގެ ނަތީޖާއަށް ބަލާއިރު، ފުރަތަމަ މެޗްގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ، 7-1 ގެ ނަތީޖާއިންނެވެ. ދެވަނަ މެޗްގައި އިއްޔެ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނުމެޗުން ރާއްޖެ މޮޅުވީ، 6-1 ގެ ނަތީޖާއަކުންނެވެ. މުބާރާތް ފެށުމުގެ ކުރިން މި ދެޓީމްވެސް ބެލެވުނީ ބަލިކުރަން އުނދަގޫވާނެ ދެ ޓީމްގެ ގޮތުގައެވެ. ނަމަވެސް ރާއްޖޭގެ ޓީމުން ވަނީ ކުރިން ހީކުރިގޮތާ ހިލާފަށް މޮޅަށް ކުޅެ ގިނަ ގޯލްތަކެއް ޖަހައިގެން ދެ މެޗުންވެސް މޮޅުވެފައެވެ. 

މުބާރާތުގައި ރާއްޖެ ބަންގްލަދޭޝްއާ ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސާފް

ކޯޗުންނާއި ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވަނީ، އިންޑިއާ އާ ދެކޮޅަށް ނިކުތުމުގެ ކުރިން މި ދެމެޗްގެ ނަތީޖާއަކީ ރާއްޖެއަށް ލިބިގެންދިޔަ އެޑްވާންޓޭޖެކެވެ. ހަމައެގޮތަށް މި ނަތީޖާއިން އަވައްޓެރި އިންޑިއާއިން ރާއްޖޭގެ ޓީމާމެދު އިތުރަށް ސީރިއަސްކޮށް ނަގާނޭކަމަށްވެސް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ ފުޓްސަލް ޓީމް.. ފޮޓޯ: ސާފް

ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ކުރީގެ ރާއްޖޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ އަދި މިހާރު ފުޓްބޯޅަ އަދި ފުޓްސަލްގައި ކުޅުންތެރިން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ އަލީ ޝިހާމް (ހުރާ އައްޔަ) ބުނީ، ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމްގެ ފަރާތުން ފެނިގެންދިޔައީ ސަޕްރައިސް ނަތީޖާއެއްކަމަށެވެ. ޓީމްގެ ކުޅުން ވަރަށް ރަނގަޅުކަން ފާހަގަކުރަމުން އައްޔަ ބުނީ، މިއީ އިންޑިއާ މެޗަށް ނިކުތުމުގެ ކުރިން ލިބިގެންދިޔަ ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ. އިންޑިއާ މެޗް ވެގެންދާނީ ރާއްޖެއަށް ފައިނަލެއް ފަދަ މެޗަކަށް ކަންވެސް އައްޔަ ފާހަގަކުރިއެވެ.

އަހަރުމެންގެ ޓީމުގެ ފަރާތުން ފެނިގެންމިދިޔައީ ވަރަށް ރަނގަޅު ކުޅުމެއް. ކުޅުންތެރިންނަށް ތަމްރީނުވުމުގެ ވަސީލަތްތައް ފޯރުކޮށްދެވިއްޖެނަމަ، ޓީމް މިއަށްވުރެވެސް ތަފާތު ދައްކާނެ

އަލީ ޝިހާމް

އަވައްޓެރި އިންޑިއާ އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ މި މުބާރާތް ކާމިޔާބުކުރުމަށް ލިބިގެންދާނޭ ވަރަށް މުހިންމު ފުރުސަތަކަށް ވާނޭކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ. މި މުބާރާތުގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު ތާވަލްގެ އެއްވަނާގައި 6 ޕޮއިންޓާއެކު އޮތީ ދިވެހިރާއްޖެ އެވެ.

މުބާރާތުގެ ޕޮއިންޓް ތާވަލް..

މި މުބާރާތުގެ ފިރިހެން ޓީމްތަކުގެ މެޗްތައް މާދަމާ އަލުން ފެށިގެންދާއިރު، އިންޑިއާ ނިކުންނާނީ، ނޭޕާލާ ދެކޮޅަށެވެ. ޕާކިސްތާން ނިކުންނާނީ ސްރީލަންކާ އާ ދެކޮޅަށެވެ. އަދި ބަންގްލަދޭޝް ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.