ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
ހަބަރު
19 Jan 2026 | 17:50
ފޮނުވާ މައުލޫމާތު ގޯސްވުމުން ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި ލަސްތަކެއްވޭ: ހައިދަރު

ފައިސާ ޖަމާކުރަން ފޮނުވާ މައުލޫމާތު ސައްހަނުވުމުގެ މައްސަލައަކީ ދަރިވަރުންނަށް ފައިސާ ލިބުން ލަސްވާ އެންމެބޮޑު އެއް ސަބަބުކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ތަރުޖަމާނާއެކު ޕޮޑްކާސްޓް ޝޯގައި ވާހަކަދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު މިއަދު ވަނީ ދަރިވަރުންނަށް ފައިސާ ފޮނުވުމުގައި ލަސްވާ ސަބަބުތައް ހިއްސާކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ދަރިވަރުންނަށް ފައިސާ ދޫކުރުމުގައި މިނިސްޓްރީން އަމަލުކުރަމުންދާ އުސޫލްތަކެއް އޮންނަ ކަމަށާއި، އެގޮތުން މަިއގަނޑު ދެ ކަމެއް ޔަގީންކުރާކަމަށެވެ. އެއްކަމެއްގެ ގޮތުން އެކުއްޖާ ކިޔަވަންދިޔަ އިންސްޓިޓިއުޓްގަ ކިޔަވަމުން ގެންދޭތޯ ބަލާކަމަށައި، އަދި އަނެއް ކަމެއްގެ ގޮތުން ފައިސާ ޖަމާކުރުމަށް އެ ދަރިވަރަކު ފޮނުވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރާކަމަށެވެ.

ވަޒީރު ވިދާޅުވީ ފައިސާ ފޮނުވުމަށް ދެ މަސްދުވަހުގެ މުއްދަތެއް އޮންނައިރު، ދަރިވަރު ފޮނުވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުވުމުގެ ސަބަބުން އެކަންކަން ކަށަވަރުކުރަން ވަގުތު ނަގާކަމަށެވެ. ދަރިވަރުންނަށް ފައިސާ ލިބުން ލަސްވުމުގެ ޝަކުވާ އަންނަނީ އެހެންވުމުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ބޭރުގައި ކިޔަވަންތިބޭ ކުދިންނަށް ފަސޭހަކުރުމުގެ ގޮތުން މިނިސްޓްރީން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ. އެގޮތުން ސްޓައިޕެންޑް ރޭޓް 7 އަހަރަށްފަހު މުރާޖައާކުރުުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިކަން މުރާޖައާކޮށް ނިންމުމަށްފަހު މިހާރު ހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނޭކަން ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.