2025 އަހަރުގެ ބަޖެޓް ފޮތް
ހަބަރު
19 Jan 2026 | 19:47
މިދިޔަ އަހަރު ނިމުނުއިރު ބަޖެޓް ޑެފިސިޓް 73.5 އިންސައްތަ ދަށްވި: ފިނޭންސް

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ބަޖެޓް ޑެފިސިޓް އޭގެ ކުރީ 2024 ވަނަ އަހަރާ އަޅާބަލާއިރު 73.5 އިންސައްތަ ދަށަށް ދިޔަކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ވީކްލީ ފިސްކަލް ރިޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ހަރަދުތައް ކުޑަވުމާއެކު އޯވަރޯލް ޑިފިސިޓް 9.6 ބިލިއަން ރުފިޔާއަށް ދަށްވެފައިވާކަމަށެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރު ދައުލަތުގެ ހަރަދުތައް އެދެވޭ މިންވަރެއްގައި ކުޑަކުރެވިފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ރިކަރަންޓް ހަރަދުތައް ކުޑަކުރެވިފައިވާއިރު ޖުމްލަ ހަރަދުތައް ދަށަށްދިޔަކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ތަފާސްހިސާބަށް ބަލާއިރު ނިމިގެންދިޔަ ޑިސެމްބަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 43.1 ބިލިއަން ރުފިޔާގައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު، 10.6 އިންސައްތަ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ކުރީއަހަރު ދައުލަތުގެ ހަރަދުތައް ހުރީ 48.2 ބިލިއަން ރުފިޔާގައެވެ.

ފިނޭންސްސުން ބުނީ މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުން ފަދަ ސިޔާސަތުތައް ތަންފީޒުކުރުން ފަދަ ކަންކަމުގެ ސަބަބުން ރިކަރަންޓް ޚަރަދުތައް އިތުރުވެ، 36.3 ބިލިއަން ރުފިޔާއަށް ވަނީ އަރާފައިވާކަމަށެވެ. މިއީ ކުރީގެ 34.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.1 އިންސައްތައިގެ އިތުރުވުމެކެވެ. މި އިތުރުވުމުގެ މައިގަނޑު ސަބަބަކީ މުސާރައަށް އައިސްފައިވާ ބަދަލާއެކު މުވައްޒަފުންނަށް ކުރާ ޚަރަދުތައް އިތުރުވެފައިވުމެވެ.

މިދިޔަ އަހަރު އަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 6.8 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 48.8 އިންސައްތަ ދަށްވުމެކެވެ. 2024 ވަނަ އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައވެެ.

2024 ވަނަ އަހަރުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 13.1 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މިދިޔަ އަހަރު އެއަދަދު ވަނީ 3.5 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކޮންޓްރޯލްކުރުމާއެކު އާމްދަނީގެ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުގެ ހެޔޮ ނަތީޖާކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

މާލީ ވުޒާރާއިން މި ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، އިންވެސްޓަރުން ދައުލަތުގެ މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރުމުގައި ބަލާ މުހިންމު މިންގަނޑެއް ކަމަށްވާ ޕްރައިމަރީ ބެލެންސް، ދަރަނީގެ އިންޓްރެސްޓް ޚަރަދު ނުހިމަނައި، އާމްދަނީއާއި ޚަރަދުގެ ފަރަގު މިދިޔަ އަހަރު  ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށެވެ. އެގޮތުން2024 ވަނަ އަހަރު 8.4 ބިލިއަން ރުފިޔާއިން ޑެފިސިޓްވި ޕްރައިމަރީ ބެލެންސް ގައި ހުރިނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު ހުރީ 1.2 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރަތަމަ ފަހަރަށް ޕްރައިމަރީ ސަރޕްލަސް އެއްގައި މާލީ އަހަރެއް ނިންމާލެވުނު ފުރަތަމަ ފަހަރުކަން މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.