އައިޖީއެމްއެޗް --
ހަބަރު
19 Jan 2026 | 20:10
ޑެންގީއާ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

މި ދުވަސްވަރު ޑެންގީ އާއި ނޭވާލާ ނިޒާމުގެ ބަލިތައް އަދި ހޮޑުލުމާއި ބޭރަށް ހިނގުން ފަދަ ބަލިތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން މިރޭ ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ އާއި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިނގުން އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

އެހެން ކަމުން ރައްކާތެރިވުމަށާއި ބަލިތައް ފެތުރުނަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައިވެ އެވެ. އެގޮތުން އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެފަދަ އަލާމާތެއް ހުރިނަމަ މީހުން އުޅޭ ތަންތަނަަށް ނިކުމެ އުޅޭއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމާއި ބަލި މީހުން ކުޑަކުދީންގެ ގާތަށް ނުދިއުމަށް އެދިފައިވެ އެވެ.

ޑެންގީ އިން ރައްކާތެރިވުމަށް މިއީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމުން މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމާއި މަދިރި ނުހަފާނެހެން ލޯޝަން ލުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކާބޯތަކެތި ތައްޔާރުކުރުމާއި ކާނާ ހެދުމާއި ކާން ދިނުމުގެ ކުރީން އަދި ފާހާނާ ކުރުމަށް ފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމާއި ކާބޯތަކެތީގައި މަތިޖަހާފައި ބެހެއްޓުމާއި ކެއުމަށް ފަހު ގިނައިރު ބަހައްޓާނަމަ ފްރީޒްގައި ބެހެއްޓުމާއި ބޭރަށް ހިންގާ ހޮޑުލެވޭނަމަ އޯއާރުއެސް ނުވަތަ ދިޔާ ބޭސް ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

މީގެ އިތުރުން ބޮޑުވަރުވުމުގެ ކުރީން ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް ވެސް ވަނީ އެދިފަ އެވެ. އެ ގޮތުން ގަދަޔަށް ބަނޑުގައި ރިއްސާނަމަ ނޫނީ އާދަޔާ ހިލާފަށް ވަރުދެރަވާނަމަ ނުވަތަ ކުޑަކަމުދިއުން މަދުނަމަ ނޫނީ ތުއްތުކުދީންނަށް ކިރުބޮވޭަރު މަދުނަމަ އަދި ހަށިގަނޑުގެ އެއްވެސްތާކުން ލޭ އަންނަ ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން އެދިފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.