ޖަޕާނުގެ ބޮޑުވަޒީރު: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
20 Jan 2026 | 10:32
ޖަޕާނުގެ ގާނޫނު ހަދާ މަޖިލިސް އުވާލައި، އަވަސް އިންތިޚާބެއް ބޭއްވުމަށް ބޮޑުވަޒީރު ތަކައިޗީ ނިންމަވައިފި

އަންނަ ހުކުރު ދުވަހު ޖަޕާނުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި، އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް އެގައުމުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ ނިންމަވައިފިއެވެ.

މި ނިންމެވުން ބޮޑުވަޒީރު އިއުލާން ކުރެއްވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތްތާ އެންމެ ތިން މަސް ދުވަހުގެ ތެރޭގައި މި އިއުލާން ކުރެއްވި އަވަސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. ޖަޕާނުގެ ގަނޫނު ހަދާ މަޖިލީހުގައި ހިމެނެނީ ޖުމްލަ 465 ގޮނޑިއެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ތަކައިޗީ ވިދާޅުވީ، އައު އިންތިޚާބުގެ ބޭނުމަކީ ސަރުކާރުން ހުށަހަޅާފައިވާ ޚަރަދު ކުރުމުގެ ޕްލޭންތަކާއި އެހެނިހެން ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެލުމެވެ. އަދި މި ވަގުތު އޮތް ރައްޔިތުންގެ ވަރުގަދަ ތާއީދާ އެކު، ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލް.ޑީ.ޕީ) ގެ މައްޗަށް އޮތް ބާރު ގަދަކުރުމަކީ ވެސް ބޮޑުވަޒީރުގެ އަމާޒެކެވެ.

މި އިންތިޚާބު ކުރިމަތި މިވަނީ ޖަޕާނުގެ ރައްޔިތުންގެ މެދުގައި ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ދަނޑިވަޅެއްގައެވެ. ޖަޕާނުގެ ރަސްމީ ބްރޯޑްކާސްޓަރު އެން.އެޗް.ކޭ އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، 45 އިންސައްތަ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ތަކެތީގެ އަގު ބޮޑުވުމެވެ.

ޚާރިޖީ ގުޅުންތަކަށް ބަލާއިރު، ދާދިފަހުން ޖެނުއަރީ 13 ވަނަ ދުވަހު ބޮޑުވަޒީރު ތަކައިޗީ ވަނީ ދެކުނު ކޮރެއާގެ ރައީސް ލީ ޖައޭ މިއުންގްއާ ނާރާގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ސަލާމަތީ އަދި އިގްތިސާދީ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަވަސް އިންތިޚާބެއްގެ ޚަބަރާއެކު ޖަޕާނުގެ ހިއްސާގެ ބާޒާރު ވަނީ ތިން އިންސައްތައަށް ވުރެ މައްޗަށް ޖެހިލާފައެވެ. ނަމަވެސް، ޗައިނާ އާއި ޓައިވާނުގެ މައްސަލައިގައި ޖަޕާނުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ނުތަނަވަސްވެފައެވެ. ޗައިނާއިން މިހާރު ވަނީ ޖަޕާނަށް ބައެއް މުހިންމު މައުދަންތައް އެކްސްޕޯޓް ކުރުން މަނާކޮށްފައެވެ.

ބޮޑުވަޒީރު ތަކައިޗީ ވިދާޅުވެފައިވަނީ ޗައިނާއާއެކު ވާހަކަދެއްކުމަށް އަބަދުވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދެކުނު ކޮރެއާގެ ރައީސް ލީ ވެސް ގެންގުޅުއްވަނީ ޗައިނާ، ޖަޕާން އަދި އެމެރިކާއާ އެކު އަމަލީ ގޮތުން ފައިދާހުރި ޚާރިޖީ ސިޔާސަތެއް ކުރިއަށް ގެންދިއުމުގެ އުސޫލެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.