ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ
ހަބަރު
21 Jan 2026 | 14:37
ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރު: މުއްޠަލިބު

'ތިލަމާލެ ބްރިޖު'ގެ މަޝްރޫއު އެއްކޮށް ނިމޭނެ ކަމަށް މިހާރު ލަފާކުރެވެނީ އަންނަ އަހަރު ކަމަށް އިމާރާތް ކުރުމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްޠަލިބު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ބޭނުންވާ ސްޕީޑުގައި ނޫން ކަމަށެވެ.

އެހެން ދިމާވީ، ޕްރޮޖެކްޓު ކުރިއަށް ގެންދިޔުމުގައި ކޮންޓްރެކްޓަރަށް ވެސް ދަތިތައް ދަތިތަކާ ކުރިމަތިވެފައިވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެންމެ ބޮޑު ދައްޗެއްގެ ގޮތިގައި ފާހަގަކުރެވެނީ އެ ބޭފުޅުންނަށް، މިދިޔަ ސަރުކާރު ނިމެނިކޮށް 30 މަހުގެ މުއްދަތު އިތުރުކޮށްދީފައި އެބައޮތް އިތުރު ފައިސާ ދިނުމަކާ ނުލާ. އޭގެ ސަބަބުން 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް އެބޭފުޅުންގެ އަތުން ދާ ކަމަށް ބުނެފައިވަނީ.

މުއްޠަލިބު

"ނަމަވެސް އެ މުއްދަތު ދީފައި އޮތީ ދައުލަތުން ޒިންމާވާންޖެހޭ ކަމެއްގެ ސަބަބުންނެއް ނޫން. ކޮންޓްރެކްޓަރުގެެ ޕާފޯމަންސް ދަށްވެގެން ކޮންޓްރެކްޓަރުގެ ޒިންމާގެ ދަށުން އަންނަ ޑިލޭއަކަށް ދައުލަތުން ޒިންމާވާކަށް ނުޖެހޭނެ،" މުއްޠަލިބު އިތުރަށް ވިދާޅުވި އެވެ.

މިއާއެކު ވަޒީރު ވިދާޅުވީ، ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް އިންޑިއާ ސަރުކާރާ އެކުވެސް މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. 

"މަސައްކަތް ކުރިއަށް އެބަދޭ. ވިލިމާލެ އާއި މާލެއާ ގުޅާލުމުގެ ކުލަމަތި ވެސް ފެންނަމުން އެބަދޭ. އެ ސެގްމެންޓުތައް އެޓޭޗު ކުރަމުން އެ ދަނީ. އެހެންވީމާ އަޅުގަނޑުމެންނަށް އަދިވެސް އަވަސްކުރެވޭނެ ގޮތެއް އޮތްތޯ ބަލަމުން މިދަނީ.،" އޭނާ ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ، މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ބަލާއިރު މި އަހަރު ނިމެންވާއިރަށް ވިލިމާލެއަށް ގުޅުވާލެވޭނެ ކަމަށެވެ. 

"މިހާރު އޮތް ގޮތުން ވިއްޔާ މި އަހަރު ނިމޭއިރަށް ގާތްގަނޑަކަށް ވިލިމާލެއާ ހަމައަށް ގުޅާލެވޭނެ ކަމަށް ބަލަނީ. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މިހާރު ގުޅިފަޅު ވެސް އާބާދުވަމުން އަންނާތިއްޔާ އެއްކޮށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ އެކީ މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

"ޕްރޮޖެކްޓު ނުހުއްޓި ކުރިއަށް އެބަދޭ. މިހާރު ދާ ގޮތަށް ދާ ކަމަށް ވަންޏާ 2027 ވަނަ އަހަރު ޕްރޮޖެކްޓު ނިމޭނީ."

މި މަޝްރޫއުގައި މާލެއިން ގުޅީފަޅަށް އަޅާ ބްރިޖުގެ މަސައްކަތް ނިމޭ ތާރީހަކަށް މީގެ ކުރިން ދީފައި އޮތީ 31 މާޗް 2026 އެވެ. އަދި ގުޅީފަޅުން ތިލަފުއްޓަށް އެ މަސައްކަތް ނިމޭނެ ތާރީހަކަށް ދީފައި އޮތީ 30 ސެޕްޓެމްބަރ 2026 އެވެ.

ކޮމެންޓް
ވާނުވާ
މި ފަސް އަހަރު ނިމޭއިރުވެސް މާލެއާ ވިލިނގިލިއާ ގުޅާލެވޭނެހެއް ހިޔެއްނުވޭ. ބުރިޖެއް އަޅާކަށެއް ނޫން އުޅެނީ.
21 Jan 2026
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ