ޝެއިޚް ނަވައިދު- ފޮޓޯ/ ޕީސް ފައުންޑޭޝަން
ހަބަރު
21 Jan 2026 | 15:31
ލެގަސީ 2026: ޝައިޚް ނަވައިދު ރާއްޖެ ވަޑައިގެންފި

ޕީސް ފައުންޑޭޝަނުން ކުރިޔަށް ގެންދާ އިވެންޓް، ދަ ލެގަސީ 2026 ގައި ބައިވެރިވެވަޑައިގަންނަވާ ޢިލްމުވެރިޔާ، އައްޝައިޚް ނަވައިދު ޢަޒީޒް މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ. 

މި މަހުގެ 27 އާ ހަމަޔަށް ޝެއިޚް ރާއްޖެއަށް ކުރައްވާ މި ދަތުރުގެ ތެރެއިން އާންމުންނަށް ބައިވެރިވެވޭ ގޮތަށް 5 ޕްރޮގްރާމް ކުރިޔަށް ދާނެއެވެ.

އެގޮތުން ކުރިއަށް ގެންދާނެ ކަންކަމުގެ ތެރޭގައި؛ 

ބޮޑު ދަރުސް (އިމޯޝަނަލް އިންޓަލިޖެންސް)

"އިމޯޝަނަލް އިންޓެލިޖެންސް" އަކީ މި ޒަމާނުގެ ލީޑަރޝިޕާއި ނަފްސު ތަރައްޤީކުރުމުގެ (ސެލްފް ހެލްޕް) ޢިލްމުގައި ވަރަށް ބޮޑަށް ބޭނުންކުރެވޭ ވަސީލަތެކެވެ. އަދި މިއީ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ގާއިމްކުރުމަށް ވަރަށް ބޮޑަށް ބޭނުންކުރެވޭ ވަސީލަތެކެވެ. މި ދަރުހުގައި އަލި އަޅުވާލާނީ ރަސޫލާ ﷺ އިސްލާމީ އުންމަތުގެ އިންސާނީ ވަސީލަތް ބިނާކުރުމާއި ތަރައްގީ ކުރުމަށް ބޭނުންކުރެއްވި "އިމޯޝަނަލް އިންޓެލިޖެންސް"ގެ އުކުޅުތަކަށެވެ. އަދި އޭގެ ސަބަބުން އެކަލޭގެފާނު އުޅުއްވި އިސްލާމީ މުޖްތަމަޢުއަށް އައި ބަދަލުތަކުގެ މައްޗަށެވެ. މިގޮތުން މި ދަރުހުގެ މައުޟޫ ބިނާވަނީ ރަސޫލާ ﷺ ގެ ސީރަތުން "އިމޯޝަނަލް އިންޓެލިޖަންސް"ގެ މައްޗަށެވެ.

މި ދަރުސް އޮންނާނީ ޖެނުއަރީ 22 ވާ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާޓިފިޝަލް ބީޗްގައެވެ.

ބޮޑު ދަރުސް (ލެވެލް އަޕް ޔުއަރ ކަނެކްޝަން)

ދެވަނަ ބޮޑު ދަރުސް އޮންނާނީ ޖެނުއަރީ 23 ވާ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ރުއްގަނޑު 2 ގައެވެ. މި ދަރުހުގެ ވާހަކަ ދައްކަވާނީ އަހަރުމެން ﷲ އާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމާ ގުޅޭ ގޮތުންނެވެ. 

އަހަރުމެންނާ ﷲ އާ ދެމެދު އޮންނަންޖެހޭ ގުޅުން ވަރުގަދަވުމުގެ ސަބަބުން އަހަރުމެންގެ ހަޔާތް ހެޔޮ ބަދަލަކުން ބަދަލުވެގެން ދެއެވެ. އެގޮތުން، އަހަރުމެން ތަރައްގީ ކުރުމަށް ބޭނުންވާ ހުނަރުތައް ތަރައްގީ ކުރުމަށާއި، ދުނިޔޭގެ ކަންކަމުގައި ހޯދަންބޭނުންވާ ކާމިޔާބީ އާ ހަމައަށް ވާޞިލުވާން މަގު ދައްކުވައިދެއެވެ. އަދި އެމީހާގެ ޤާބިލުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ މަގު ފަސޭހަވެގެންދެއެވެ. އެމީހެއްގެ "ފުލް ޕޮޓެންޝަލް" އާ ހަމަޔަށް ވާސިލުވާން ބޭނުންވާ މީހަކަށް މި ދަރުހަކީ މުހިއްމު ދަރުހަކަށް ވެގެންދާނެއެވެ.

ވޯކްޝޮޕް (ތިންކް އެންޑް ގްރޯވ ރިޗް)

ބޮޑު ދެ ދަރުހުގެ އިތުރުން ދެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ދެ ވޯކްޝޮޕަކީ ރެޖިސްޓަރ ވެގެން ކުރިޔަށް ގެންދާ ދެ ވޯކްޝޮޕެވެ. އޭގެން ފުރަތަމަ ވޯކްޝޮޕުގައި ރެޖިސްޓަރ ވުމަށް ޕީސް ފައުންޑޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. އެއީ "ތިންކް އެންޑް ގްރޯ ރިޗް" ގެ ނަމުގައި ކުރިޔަށް ގެންދެވޭ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕަކީ އިސްލާމީ ނަޒަރިއްޔާއަކުން މުދާ ހޯދުމާއި ވިޔަފާރީގައި ކާމިޔާބު ވުމުގެ މައްޗަށް އަލި އަޅުވާލައިގެން ގެންދެވޭ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް އޮންނާނީ 24 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ 13:00 އިން 17:00 އަށެވެ.

ދެވަނަ ވޯކްޝޮޕަކީ ﷲ އާ ދެމެދު އޮންނަންޖެހޭ ގުޅުން ވަރުގަދަ ކުރާނެ ގޮތުގެ މައްޗަށް އަލި އަޅުވާލައިގެން ގެންދެވޭ ވޯކްޝޮޕެކެވެ.

ޕީސް ފައުންޑޭޝަނުން ކުރިޔަށް ގެންދާ ހުރިހާ ވޯކްޝޮޕްތަކަކީ ވެސް ބައިވެރިން އެންގޭޖް ކޮށްގެން، އެކިއެކި ޙަރަކާތްތަކާއެކު ކުރިޔަށް ގެންދެވޭ ވޯކްޝޮޕްތަކެއް ކަމުން، ބައިވެރިންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެއެވެ. އަދި އެ ވޯކްޝޮޕަކުން ބައިވެރިންނަށް ހާސިލުވާންޖެހޭ ކަންކަން ވަރަށް ފަސޭހައިން ހާސިލުވާ ކަމަށް ވަރަށް ބައިވަރު ބައިވެރިން ބުނެއެވެ. ދަ ލެގަސީގެ މި ވޯކްޝޮޕްތަކަކީ ވެސް ހަމަ މިގޮތަށް ކުރިޔަށް ގެންދެވޭނެ ވޯކްޝޮޕްތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ފެމިލީ ޑިނަރ ނައިޓް

މި އިވެންޓަކީ ދެމަފިރިން ނުވަތަ އާއިލާތަކަށް، ރެޖިސްޓަރ ވުމަށް ހުޅުވާލައިގެން ކުރިޔަށް ގެންދެވޭ ވަރަށް ޚާއްޞަ އިވެންޓެކެވެ. ޖެނުއަރީ 24 ވާ ހޮނިހިރު ދުވަހުގެ ރޭ މި ޙަރަކާތް ކުރިޔަށް ދާނީ ލޮނުޒިޔާރަތް ޕާކުގައެވެ. ބުރުޒު ކޭޓެރިންގެ ޕްރީމިއަމް ޑިނަރ އާއި ކޮންމެ އާއިލާއަކަށް ވެސް ވަކި މޭޒުތައް ބެހެއްޓިގެން ކުރިޔަށް ދާ މި އިވެންޓަކީ އާއިލީ ގުޅުން ވަރުގަދަ ކޮށް، އާއިލާ ވަކިން ވަގުތު ހޭދަކޮށްލަން ވެސް ރަނގަޅު ފުރުސަތަކަށް ވެގެންދާނެއެވެ. އަދި މީގެ އިތުރުން، މި ޑިނަރ ނައިޓުގައި ޝެއިޚް ނަވައިދް ޢަޒީޒްގެ ކުރު ވާހަކަކޮޅަކާއި ޑިސްކަޝަން ފޯރަމެއް އޮންނާނެއެވެ. މި ފޯރަމް މޮޑެރޭޓް ކޮށްދެއްވާނީ މުޙައްމަދު ޝިހާބު (ސްމައިލް ޝިހާބު) އެވެ. 

މި އިވެންޓަކީ ރާއްޖޭގެ ދީނީ ދަޢުވަތުގައި މުޅިން އަލަށް ކުރެވޭ ކަމެއް ކަމުގައި ޕީސް ފައުންޑޭޝަނުން ބުނެއެވެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަކީ ޕީސް ފައުންޑޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ.

ދަ ލެގަސީ 2026 ގެ އިވެންޓްތަކުގައި ރެޖިސްޓަރ ވުމަށާއި، އިވެންޓުތަކާ ގުޅޭ އިތުރު މަޢުލޫމާތު ޕީސް ފައުންޑޭޝަންގެ މީސްމީޑިއާއިން ލިބިގެން ދާނެއެވެ.

ދަ ލެގަސީ 2026 ގެ އިވެންޓްތަކުގައި ރެޖިސްޓަރ ވުމަށާއި، އިވެންޓުތަކާ ގުޅޭ އިތުރު މަޢުލޫމާތު ޕީސް ފައުންޑޭޝަންގެ މީސްމީޑިއާއިން ލިބިގެން ދާނެއެވެ.ޕީސް ފައުންޑޭޝަން އަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް މުޖުތަމައުގައި އަށަގަނެފަވިވާ ނޭދެވޭ ކަންނަމާ ދެކެކޮޅަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ޖަމްއިއްޔާއެކެވެ. އެގޮތުން ހިންގޭ ދަލެގަސީ އިވެންޓަކީ އާމުރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބޭ އިވެންޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.