ލިވަޕޫލާއި މާސޭ ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: އީއެފްއީ
ކުޅިވަރު
22 Jan 2026 | 08:14
ޔުއެފާ ޗެމްޕިއަންސްލީގް؛ ރޭ ކުޅުނުމެޗްތަކުން އިނގިރޭސި ޓީމްތައް މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސްލީގް ލީގް ބުރުގައި ރޭ އިނގިރޭސި ޓީމްތައް ކުޅުނު މެޗްތައް އެޓީމްތަކުން ކާމިޔާބުކޮށްފިއެވެ.

ޗެމްޕިއަންސް ލީގްގައި އިނގިރޭސިވިލާތުގެ ލިވަޕޫލާއި ފްރާންސްގެ މާސޭ ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް އެޓީމުން ވަނީ އަނެއް ބުރުގެ ފުރުސަތު ބޮޑުކޮށްފައެވެ.

މާސޭގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 0-3 ގެ ނަތީޖާ އަކުންނެވެ. މެޗް ފަށައިގެން 23 ވަނަ މިނެޓް ތެރޭގައި ލިވަޕޫލްގެ އެކިޓީކޭ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ނިންމާފައިވަނީ އޮފްލައިޑް ލަނޑެއްގެ ގޮތުގައެވެ. 

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ލިވަޕޫލަށް ގޯލް ހުޅުވާލަދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ސޮބޮޒްލާއީ އެވެ. މެޗްގައި ލިވަޕޫލްގެ ދެވަނަ ލަނދަކީ މާސޭގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށްވަތް ލަނޑެކެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހައިދިނީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ގަކްޕޯއެވެ.

ރޭގެ މެޗްގައި އެންމެ ފާހަގަވެގެން ދިޔައީ ފުރަތަމަ އެގާރާގައި ހިމެނިގެން ލިވަޕޫލްގެ ފޯވަޑް ސަލާހް ކުޅެން ނިކުތުމެވެ. މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލަށް ވަނީ އަނެއްބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުވެފައެވެ.

ޗެމްޕިއަންސްލީގްގައި ރޭ ޗެލްސީ އާއި ޕަފޮސް ބައްދަލުކުރިމެޗް 0-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޗެލްސީއެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޗެލްސިއަށް ޖަހައިދިނީ ކެއިސޭޑޯ އެވެ.

ލިވަޕޫލާއި ޕަފޮސް ބައްދަލުކުރިމެޗްގެ ތެރެއުން..

ޗެމްޕިއަންސްލީގްގައި ރޭ އިނގިރޭސި ޓީމްތަކުގެ ތެރެއިން ނިއުކާސަލް ޔުނައިޓެޑުންވެސް ވަނީ އެޓީމް ކުޅުނުމެޗް ކާމިޔާބުކޮށްފައެވެ. ހޮލެންޑްގެ ޕީއެސްވިއާ ދެކޮޅަށް ކުޅުނު މިމެޗް ނިއުކާސަލް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ޗެމްޕިއަންސްލީގްގައި މިހަފްތާ ކުޅުނު މެޗްތަކަށްފަހު ކުރިއަށްއޮތް ބުރުގެ ޖާގައެއް ކަށަވަރުކުރި ހަމައެކަނި ޓީމަކީ އިނގިރޭސި ކްލަބް އާސެނަލްއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.