ރާއްޖެ އާ ނޭޕާލް ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: ސާފް
ކުޅިވަރު
22 Jan 2026 | 15:11
ނޭޕާލާ ދެކޮޅަށް ކުޅުނުމެޗްވެސް ރާއްޖެ ކާމިޔާބުކޮށްފި

 ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ފިރިހެން ތީމް މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނުމެޗްވެސް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި މިއަދު ނޭޕާލާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކުރީ، ދޭއް އެކެއްގެ ނަތީޖާއަކުންނެވެ. މިމެޗަށް ނިކުތުމުގެ ކުރިންވެސް މެޗް އުނދަގޫވާނޭކަމަށް ދިވެހިޓީމުން ވަނީ ލަފާކޮށްފައެވެ. މިމެޗަކީ ދިވެހިޓީމް މި މުބާރާތުގައި ކުޅުނު އެންމެ އުނދަގޫ އެއް މެޗެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ހުރިހާ ގޯލްތަކެއްވެސް ޖަހާފައިވަނީ ފަހުހާފްގެ ތެރޭގައެވެ. މެޗްގައި އެންމެ ފުރަތަމަ ގޯލް ޖަހާފައިވަނީ ދިވެހިރާއްޖެއިންނެވެ. ރާއްޖެއިން ލަނޑުޖަހާފައިވަނީ ނޭޕާލް ކުޅުންތެރިންނަށް ހެދުނު ގޯހެއްގައި ފުރުސަތުގެ ބޭނުން ހިފައި އަބްދުﷲ ޝަފީޢުއެވެ.

ރާއްޖެ އާ ނޭޕާލާ ދެކޮޅަށް ނިކުތުމުގެ ކުރިން.. ފޮޓޯ: ސާފް 

ރާއްޖެއިން ލަނޑެއް ޖަހާފައި މާ ގިނައިރުތަކެއްނުވެ ނޭޕާލުން ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ރާއްޖެ މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ކެޕްޓަން މުހައްމަދު އިމްރާނެވެ.

މިމެޗުން ލިބުނު މޮޅާއެކު ރާއްޖެ ވަނީ މުބާރާތުގެ ޗެމްޕިއަންކަމާ ގާތަށް ޖެހިލާފައެވެ. ރާއްޖެއަށް ބާކީ ދެން އޮތީ އެންމެ ދެ މެޗެވެ. އެއީ ބޫޓާން އަދި ސްރީލަންކާ އާ ދެކޮޅަށް ނިކުންނަ މެޗެވެ. މި ދެމެޗް އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.