މޭޔަރު އާޒިމް ވާހަކަދައްކަވަނީ... ފޮޓޯ: އެމްޑީޕީ
ހަބަރު
23 Jan 2026 | 00:11
އިސްލާމްދީން ދެކެ އެންމެ ލޯބިވާ ޕާޓީއަކީ އެމްޑީޕީ: މޭޔަރު އާޒިމް

މާތްވެގެންވާ އިސްލާމްދީން ދެކެ އެންމެ ލޯބިވާ ޕާޓީއަކީ އެމްޑީޕީ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އިދިކޮޅު މައިޕާޓީ، އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ އެމްޑީޕީއަށްވުރެ ވަކިން ބޮޑަށް އިސްލާމްދީން ދަމަހައްޓާނެއެހެން ޕާޓީއެއް ނޯންނާނެ ކަމަށައި އިސްލާމްދީނުގެ ކޮންމެފަދަ ޤުރުބާނީއެއް ވާންޖެހުނަސް އެމްޑީޕީގެ މެމްބަރުން ތިބޭނީ އެކަމަށް ތައްޔާރުވެގެން ކަމަށެވެ.

އާޒިމް ވިދާޅުވީ މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތައް މީގެކުރިން ވެރިކަމުގައި ތިބިއިރު މާލެސިޓީ ކައުންސިލަށް ދަތިކޮށް، ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށްބޮޑަށް ދަތިކުރިކަމަށެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މޭޔަރަކަށް ހުންނެވިއިރުވެސް ލިބުނު ވަކިމޮޅެއް ނެތްކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ދިން ބާރުވެރިކަން އަނެއްކާވެސް މި ސަރުކާރުން ނިގުޅައިގަނެފައިވާކަމަށެވެ.

އެގޮތުން މާލެސިޓީ ކައުންސިލަށް ދީފައިވާ ބާރުތައް ނަގަމުންދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ސިޓީކައުންސިލަށް މުއައްޒަފުން ނުނެގޭއިރު، މިސްކިތްތައް ބެލެހެއްޓުމަށްވެސް މުއައްޒަފުން ނެގުން ސަރުކާރުން ހުއްޓުވާފައިވާކަމަށެވެ.

އާޒިމް ވިދާޅުވީ މީގެ ކުރިން ހުންނެވި މޭޔަރު މިސްކިތްތައް ސާފުކުރުމުގެ ކަންކަން ކުރަމުންގެންދިޔައީ މަގުމަތީގައިތިބޭ ބޭރުމީހުން ގެނެސްގެން، ނަމަވެސް އެމްޑީޕީން މިސްކިތްތައް ސާފްކުރަނީ ދިވެހިން ބޭނުންކޮށްގެންކަމަށެވެ. 

އަޅުގަނޑުގެ ކުރިން ހުރި މޭޔަރު މިސްކިތްތައް ސާފުކުރަމުން ދިޔައީމަގުމަތިން މީހުން ނަގައިގެން. މިއަދު އަންނާނީ ކުމާރު، މާދަން އަންނާނީ ޝަންކަރު، މާދަން އަންނާނީ ކޮންމެވެސް އެހެން މީހެއް. މިއަދު އަޅުގަނޑުމެން އެމްޑީޕީގެ މޭޔަރު ހުރެގެން ހަމަ ހުސް ދިވެހިން ލައިގެން މަސައްކަތްކުރަމުން، ހުސް ދިވެހިން

އާދަމް އާޒިމް

އާޒިމް ވިދާޅުވީ ދީނުގެ ކަންތައްތަކުގައި އެންމެ ކުރީގައި ތިބުމާއި ދީނަށް އެންމެ ރަނގަޅު ކަންތައް ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް ކަމަށާއި، އެކަން އެގޮތުގައި ދެމިއޮންނާނޭކަމަށެވެ. އަދި ސަރުކާރުން ދަތިކުރިނަމަވެސް މިސްކިތްތައް ސާފްކޮށް ބަލަހައްޓާނޭކަމަށާއި، އެކަން އެގޮތުގައި ދެމި އޮންނާނޭކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މިރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި އާޒިމް ވަނީ ޕީއެންސީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، މާލެސިޓީ ކައުންސިލްގައި ތިއްބަވާ އެޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ކޮމެންޓް
އަލީ
އާނ ވަރަށް ލޯބިވޭތާ އިސްލާމް ދީނުގައި އޮތްގޮތް ނޫން ގޮތެއް ހޯދަންވިއްޔާ މިހާތަނަށް އުޅެފައޮތީ.
23 Jan 2026
ބަޗީ
ޢަމަލުން އެދީނާ އެންމެ ދެކޮޅު ޕާޓީ.
23 Jan 2026
އަހުދުނާމާ
މިރާއްޖޭގެ ރައްޔިތުންނައް ވަރައް ސާފުކޮއް އެގެން އޮތްކަމެއްތިއީ
23 Jan 2026
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.