ފައްޔާޒު އިސްމާއިލް: ފޮޓޯ/ އެމްޑީޕީ
ހަބަރު
23 Jan 2026 | 14:33
ދިވެހިބަސް ކުރިއެރުވޭނީ އިސްލާމް ނުވަތަ ސައިންސް މާއްދާ ދިވެހި ބަހުން ކިޔަވައިދީގެން ނޫން: ފައްޔާޒު

އިސްލާމް ދީނުގެ އަގީދާ އާއި ދީނީ ކަންކަން ކުދިންނަށް އުނގަންނައިދިނުމުގައި، އެ ކުދިންނަށް އެންމެ ރަނގަޅަށް ފަހުމުވާ ބަހަކުން ކިޔަވައިދިނުމަކީ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ދިވެހި ބަސް ކުރިއެރުވުމާއި އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހި ބަސް ކުރިއެރުވުމުގެ ނަމުގައި، އަލަށް އުނގެނޭ ކުދިންނަށް އިސްލާމް ދީން ފަހުމުނުވާ ހާލަތެއްގައި އޮތުމަކީ އެ ކުދިން ބޮޑުވަމުން އަންނައިރު ހެޔޮ މުސްލިމަކަށް ވުމަށް އެޅޭ ބޮޑު ހުރަހެކެވެ.

"މިއަދު އެންމެ ތުއްތުކުދިންނާ ހަމައިން ފެށިގެން ގިނަ ޒުވާނުން ވެސް އެ މީހުންގެ ހުރިހާ މައުލޫމާތާއި، މުނިފޫހިފިލިވުން އަދި މުއާސަލާތު ކުރުމުގައި ބޭނުންކުރަނީ އިނގިރޭސިބަސް. މިއީ ބަވަނަވަމުންދާ ދުނިޔޭގައި ހުރިހާ ކުދި ބަސްތަކަށް އޮތް ގޮންޖެހުމެއް،" ފައްޔާޒު ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހި ބަސް ސަލާމަތްކުރުމަށްވުރެ ބޮޑަށް، މުސްތަގުބަލުގެ ޖީލުގެ ހިތްތަކުގައި އިމާންތެރިކަން ކަށަވަރުކުރުން މުހިންމު ކަމަށެވެ. އަދި މިހާރުގެ ހާލަތުގައި އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވައިދީގެން އެކަން ހާސިލުވާތަން ނުފެންނަ ކަމަށާއި، ކުދިންނަށް ފަހުމުވާ ގޮތަށް އުރުދު ބަހުން ނުވަތަ ޗައިނާ ބަހުން ކިޔަވައިދިނަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހި ބަސް ކުރިއެރުވޭނީ އިސްލާމް މަައްދާ އަދި ސައިންސް މާއްދާ ދިވެހި ބަހުން ކިޔަވަދީގެނެއް ނޫނެވެ. ކުރަންވީ ކަމަކީ ލިޔުންތެރިންނަށް ފަހި ވަރުގަދަ މާހައުލެއް ޤާއިމުކުރަންވީއެވެ. ދިވެހި އަދަބީ އުފެއްދުންތަކަށް ރަނގަޅު ފުރުސަތުތަކެއް އުފައްދައިދީ އާމްދަނީ ލިބެނޭ މަގު ތަނަވަސް ކޮށްދޭންވީއެވެ. މި ޖީލުގެ ތުއްތު ކުދިން އަދި ޅަ ޒުވާނުން ގަޔާވާފަދަ ފިލްމް، ގޭމްސް، ފޮތް ފަދަ ތަކެތި ދިވެހި ބަހުން އުފެއްދޭނެ މާހައުލެއް ގާއިމުކުރަންވީއެވެ.

ފައްޔާޒު އިސްމާޢީލް

ޒުވާނުން ދީނާ ދުރަށްދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒު ވިދާޅުވީ، މިހާރުގެ ކަރިކިއުލަމްގެ ތެރެއިން ދީނީ ލޯބި އުފެދޭތަން ނުފެންނަނީ ކުދިންނަށް މާއްދާ ފަހުމުނުވާތީ ކަމަށެވެ. އަދި މިއީ މުޅި މުޖުތަމައު ގުޅިގެން، ރުޅިވެރިކަމެއް ނެތި ބަހުސްކޮށް ހައްލެއް ހޯދަންޖެހިފައިވާ މުހިންމު މައްސަލައެއްގެ ކަމަށްވެސް އޭނާަ ވިދާޅުވިއެވެ. 

ކޮމެންޓް
ޙުސެއިން
ޑިވެހިންނަށް ދިވެހިބަސް ފަހުމުނުވުމަކީ ވަރަށް ދެރަކަމެއް.
23 Jan 2026
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.