ސްޓާމާ
ދުނިޔެ
19 Mar 2026 | 10:46
އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން މަސައްކަތް ކުރަނީ މުސްލިމުންނާމެދު ނަފްރަތް އުފެއްދުމަށް: ސްޓާމާ

އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމުގެ މަސައްކަތްކުރަމުންދާ ކަމަށްބުނެ ބޮޑުވަޒީރު ކެއަރ ސްޓާމަރ އެ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސްޓާމަރ މިފަދައިން ވިދާޅުވީ، ކޮންޒަވޭޓިވް ޕާޓީގެ އިސް މެންބަރެއް ކަމަށްވާ ނިކް ޓިމޮތީ، ލަންޑަނުގެ މޭޔަރު ސާދިގު ޚާން ބައިވެރިވެވަޑައިގެން އާއްމު ތަނެއްގައި ބޭއްވި އިފްތާރުއަކާ ގުޅޭގޮތުން ކުރި ޓްވީޓަކާ ގުޅިގެންނެވެ.

އެގޮތުން، ލަންޑަނުގެ ޓްރަފަލްގާ ސްކުއަރގައި ބޭއްވި މި އިފްތާރަށްފަހު މުސްލިމުން ނަމާދުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކުރަމުން، އާންމު ތަންތަނުގައި ޖަމާއަތުގައި ނަމާދުކުރުމަކީ "ގަދަބާރު ދެއްކުމުގެ އަމަލެއް" ކަމަށް ޓިމޮތީ ވަނީ ސިފަކޮށްފައެވެ.

އަދި އާންމު ތަންތަނަށް ގަދަވެގަތުމަކީ "އިސްލާމިސްޓުންގެ" އުކުޅެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެކަމާ ގުޅިގެން މަޖިލީހުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ސްޓާމަރ ވަނީ، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް އަރިހުން ޓިމޮތީ މަގާމުން ވަކިކުރުމަށް ގޮވާލައްވާފައެވެ.

ސްޓާމަރ ވިދާޅުވީ، މުސްލިމުން ނަމާދުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނާ މީހަކު އޭނާގެ ޓީމުގައި ހުރިނަމަ، ވަގުތުން ވަކިކުރާނެ ކަމަށެވެ. "އަހަރެންނަށް ފެންނަނީ ކޮންޒަވޭޓިވް ޕާޓީން މުސްލިމުންގެ ހަރަކާތްތަކަށް ފާޑުކިޔާތަން. މީގެން ދޭހަވަނީ އެ ޕާޓީގައި މުސްލިމުންނާ މެދު މައްސަލަތަކެއް ހުރިކަން،" ސްޓާމަރ ވިދާޅުވިއެވެ.

ނަމަވެސް، ކެމީ ބޭޑެނޮކް ވަނީ ޓިމޮތީގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ޓިމޮތީ މަސައްކަތްކުރީ އެގައުމުގެ އުސޫލުތައް ދިފާއުކުރުމަށް ކަމަށެވެ.

މި މައްސަލައިގައި ކޮންޒަވޭޓިވް ޕާޓީގެ ކުރީގެ އިސް ބައެއް މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބަރޮނެސް ސައީދާ ވަރްސީ ވިދާޅުވީ، މިފަދަ ވާހަކަތަކުގެ ސަބަބުން އިނގިރޭސި މުސްލިމުންނަށް އެގައުމުގައި ބަލައިނުގަންނަ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

ދީނީ އިލްމުވެރިންނާއި އިމާމުންވެސް ވަނީ ޓިމޮތީގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް މިސްކިތުގެ އިމާމް ގާރީ އާސިމް ވިދާޅުވީ، ބަންގިއަކީ "ގަދަބާރު ދެއްކުމެއް" ނޫން ކަމަށާއި، އެއީ އަޅުކަމަށް ގޮވައިލާ ދައުވަތެއް ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރުމަކީ މުސްލިމުންނާ މެދު ނަފުރަތު އުފެއްދުމަށް ދެވޭ ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ލަންޑަނުގެ މޭޔަރު ސާދިގު ޚާން ޓްވިޓަރގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލަންޑަނަކީ ހުރިހާ ދީންތަކެއްގެ މީހުންނަށްވެސް އޮތް ތަނެއް ކަމަށާއި، އެކި ދީންތަކުގެ މުނާސަބަތުތައް އެ ސިޓީގައި ފާހަގަކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.