މެލޭޝިއާގައި ދުމުގެ އަސަރުކޮށްފައި-
ދުނިޔެ
09 Oct 2026 | 10:57
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި

ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.

މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓަރު ފަދްލީނާ ސިދީކް ބުރާސްފަތި ދުވަހުގެ ރޭ ފޭސްބުކްގައި ހާމަކުރެއްވި ގޮތުގައި، ސްކޫލްތައް ބަންދުކުރަން ނިންމި ސަރަހައްދުތަކުގެ ތެރޭގައި ޖޮހޯރު، މަލަކާ، ނެގެރީ ސެމްބިލާން އަދި ސިލަންގޯގެ އިތުރުން ވެރިރަށް ކުއާލާލަމްޕޫރާއި އިދާރީ ވެރިކަން ކުރާ ޕުޓްރަޖާޔާ ހިމެނެއެވެ. މީގެއިތުރުން ޕަހަންގް ސްޓޭޓްގެ ރޮމްޕިން ޑިސްޓްރިކްޓްގެ ސްކޫލްތައް ވެސް ބަންދުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ހުރިހާ ސްޓޭޓްތަކެއްގެ އެޑިއުކޭޝަން ޑިޕާޓްމަންޓްތަކާއި ޑިސްޓްރިކްޓް އޮފީސްތަކުން މި ހާލަތު ވަރަށް ގާތުން މޮނީޓަރުކޮށް، ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅުމަށް އަންގަވާފައިވާނެ ކަމަށެވެ.

މެލޭޝިޔާގެ އެއާ ޕޮލިއުޓެންޓް އިންޑެކްސް (އޭޕީއައި) ބަޔާންކުރާ ގޮތުގައި އިންޑެކްސް 101 އާއި 200 އާ ދެމެދުގައި ހުރުމަކީ ސިއްހަތަށް ގެއްލުންހުރި މިންވަރެކެވެ. އަދި 201 އާއި 300 އާ ދެމެދަކީ "ވަރަށް ބޮޑަށް ގެއްލުންހުރި" މިންވަރު ކަމުގައި ބަލާއިރު، 300 އިން މައްޗަކީ ނުރައްކާތެރި މިންވަރެކެވެ. ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ ހެނދުނު އެ ގައުމުގެ 37 ސަރަހައްދެއްގެ ވައިގެ ނުސާފުމިން ހުރީ ސިއްހަތަށް ގެއްލުންހުރި ލެވެލްގައެވެ.

އިންޑޮނޭޝިއާގެ އެކި ޕްރޮވިންސްތަކުގެ ޖަންގަލިތަކުގައާއި ބިންތަކުގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެ ގައުމުން ދަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ. މި އަލިފާނުގެ ސަބަބުން އަވަށްޓެރި މެލޭޝިޔާ އާއި ސިންގަޕޫރަށް ދަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކުރަމުންނެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބުރާސްފަތި ދުވަހު ވިދާޅުވީ، ދުމުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި، މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިޔާ ތައްޔާރަށް އޮތް ކަމަށެވެ. މީގެއިތުރުން، ސަރަހައްދީ ފެންވަރުގައި މިކަމަށް ހައްލެއް ހޯދުމަށާއި އިންޑޮނޭޝިއާއަށް އެއްބާރުލުން ދިނުމަށްޓަކައި، އާސިއާންގެ މިނިސްޓަރުންގެ ބައްދަލުވުމެއް ބޭއްވުމުގެ މަސައްކަތް ކުރުމަށް މެލޭޝިޔާގެ ފޮރިން މިނިސްޓަރަށް އަންގަވާފައިވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.