އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ: ފޮޓޯ/ ވޮއިސް
ހަބަރު
19 Mar 2026 | 11:56
ކެމިކަލް ގުދަނުގައި ރޯވުން: އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 7 ގަޑިއިރަށްވުރެ ގިނައިރުވީފަހުން

މ.ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ކެމިކަލް ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އަލިފާން ރޯވިތާ 7 ގަޑިއިރަށްވުރެ ގިނައިރު ވީފަހުން. ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެންއެންޑީއެފުން ބުނީ، މި ހާދިސާގެ ރިޕޯޓް ރޭ 21:25 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، ރޯވި އަލިފާން 22:49 ހާއިރު ކޮންޓްރޯލްކޮށް، ރޭ ފަތިހު 04:58 ހާއިރު އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި އަލިފާން ނިއްވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، މޯޑްޑިވްސް ޕޮލިސް ސަރވިސްއާއި އަދި މާލެ ސިޓީ ކައުންސިލްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ރެޑްކްރެސެންޓްގެ އިތުރުން އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް ބުންޏެވެ.

މި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ދުމުގެ އަސަރު ބޮޑުވުުމުން އެ ހިސާބުގެ ބައެއް ގޭބިސީތަކަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ބައެއް ގޭބިސީތަކުގެ މީހުންނަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ބެލުމުގެ ދަށުން އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. މި ހާދިސާގައި އެ ގުދަން ވަނީ ބޭނުން ނުކުރެވޭވަރަށް އެއްކޮށް އަނދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.