އައިލެންޑް އޭވިއޭޝަނުގެ އެމްޑީ އިލްޔާސް... ފޮޓޯ؛ މޯލްޑިވިއަން
ހަބަރު
23 Jan 2026 | 19:46
ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ލުއި ފަސޭހަކަމެއް: އިޔާސް

ނ.ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފެށުމަކީ އެރަށުގެ އިތުރުން ފޮއްދޫގެ ރައްޔިތުންނަށްވެސް ލިބިގެންދާނެ ލުއިފަސޭހަކަމެއްކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ވެލިދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި އެރަށަށް ސީޕްލޭންގެ ދަތުރުތައް ފެށިގެންދާނޭކަން އިއުލާނުކުރައްވާފައެވެ.

ވެލިދޫއަށް ރަސްމީކޮށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަނުގެ އެމްޑީ އިޔާސް ވިދާޅުވީ، މިއަދަކީ ވެލިދޫގެ ތާރީހުގައި ލިޔެވިގެންދާނޭ ފަހުރުވެރި ދުވަހެއް ކަމަށާއި، މިއަދަކީ ވެލިދޫއަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށިގެންދާ ދުވަސްކަމަށެވެ. ސީޕްލޭންގެ ހިދުމަތް ވެލިދޫ އަދި ފޮއްދޫއަށް ފެށިގެން ދިއުމަކީ އެ ދެ ރަށުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު އުފަލެއްކަން ފާަހގަކުރައްވަމުން އިޔާސް ވިދާޅުވީ، މިކަމުގެ ސަބަބުން އަސާސީ ބޭނުންތަކުގައި ކުރާ ދަތުރުތަކުގެ އިތުރުން ވިޔަފާރީގެ ދަތުރުތަކަށްވެސް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ.

މިއަދު ހުޅުވިގެން މިދިޔައީ ދަތުރުފަތުރުގެ ވަގުތު ކުރުވެ، އަސާސީ ހިދުމަތްތަކަށް ފަސޭހަކަމާއެކު ވާސިލްވެވޭނެ އާ ފުރުސަތެއް. މިއީ ކޮންމެ ވަގުތެއްގައިވެސް އިތުބާރާ ޔަގީންކަމާއެކު ދަތުރުކުރެވޭނެ އަމާންމަގެއްކަމުގައި ވެގެންދާނެކަން ކަށަވަރު

 އިބްރާޙީމް އިޔާސް

އަދި މިކަމުގެ ސަބަބުން ޓޫރިޒަމް ވިޔަފާރިއަށްވެސް ފުރުސަތުތައް ހުޅުވިގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަނުން ވެލިދޫއަށް ކުރާ ސީޕްލޭން ދަތުރުތަކުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިންނަށް ނަމަ 999 ރުފިޔާއެވެ. އަދި ޓޫރިސްޓުންނަށް ނަމަ 93 އެމެރިކާ ޑޮލަރެވެ.

އިޔާސް ވިދާޅުވީ އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ އަގުތަކެއްގައި ކަމަށާއި، ދަތުރުތަކުގެ އަގުތައް ހަމަޖައްސާފައިވަނީ ވިޔަފާރީގެ އުސޫލަށްވުރެ ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަވާނޭގޮތަށް ބެލުމަށްފަހުކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ދެން އެންމެ އަވަހަށް ސީޕްލޭންގެ ދަތުރުތައް ފަށާނީ އއ.ތޮއްޑޫއަށެވެ. އެރަށަށް ސީޕްލޭންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީމަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.