އިގްތިސާދީ ވަޒީރު ސައީދު.. ފޮޓޯ: މޯލްޑިވިއަން
ހަބަރު
23 Jan 2026 | 20:40
ސީޕްލޭން ދަތުރުތަކާއެކު ވިޔަފާރީގެ އެކި ދާއިރާތައް ފަސޭހަކަމާއެކު ކުރިއަރައިގެންދާނެ: ސައީދު

ވެލިދޫއަށް ފެށި ސީޕްލޭންގެ ދަތުރުތަކާއެކު ވިޔަފާރީގެ އެކި ދާއިރާތަކަށް ފަސޭހަކަމާއެކު ކުރިއެރުންތައް ލިބިގެންދާނޭކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވެލިދޫއަށް ސީޕްލޭންގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މިކަމުގެ ސަބަބޔުން ރައްޔިތުންނާ ވިޔަފާރިވެރިންގެ އިތުރުން ފަތުރުވެރިން އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނާއި އެނޫންވެސް ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ.

އެގޮތުން މިއީ ފަތުރުވެރިކަން ކުރިއެރުވުމަށާއި ވިޔަފާރީގެ އެކިއެކި މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް ވެލިދޫގެ އިތުރުން އެރަށާ ކައިރި ހިސާބުތަކަށްވެސް ވަރަށްބޮޑު ފަސޭހައެއްކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 އަތޮޅުގެ މިހިސާބުގެ ރަށްތަކަށް ހާއްސަ ގޮތެއްގައި ވަރަށް ބޮޑު ލުޔެއް މި ލިބުނީ. އަދި ވަކިން ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަސް ކުރިއަށް މިއޮތީ. އޮތްއިރުގައި ކާބޯތަކެއްޗާ ވިޔަފާރީގެ އެކިއެކި މުދާވެސް ހަމަ އެންމެ ގިނައިން ގެންނަ އެއް ރަށަށް ވާނެ މި ވެލިދޫ ހަމަ ގާތްގަނޑަކަށް މިއަތޮޅަށް ބެލިކަމުގައިވިޔަސް.

އިކޮނޮމިކް މިނިސްޓަރު ސައީދު

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ މިއީ ހަމައެކަނި ޕްލެޓްފޯމެއް އަޅާފައި ނިންމާލާ މަސައްކަތެއް ނޫންކަމަށާއި، ސީޕްލޭން އޮޕަރޭޝަނުގެ ފަހަތުގަ ވަރަށް ބޮޑެތި ހަރަދުތަކެއްވެސް ހިމެނޭކަމަށެވެ. ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު މިކަމަކީ ނިސްބަތުންބޮޑު ހަރަދެއް ކުރަންޖެހޭ ކަމެއްކަންވެސް އަމީން ފާހަގަކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އަމީން... ފޮޓޯ: މޯލްޑިވިއަން

މިފަދަ އޮޕަރޭޝަނެއް ހިންގުމަކީވެސް ވަރަށް ހަރަދު ބޮޑު މަސައްކަތެއް. އެހެންނަމަވެސް ތަރައްގީގެ ގޮތުންނާ ލޯކަލް ޓޫރިޒަމް ކުރިއެރުމުގެ ގޮތުން އަދި މިއީ އުމްރާނީ ގޮތުންވެސް ކުރަންޖެހޭ ބައެއް ކަންތައްތައް ކުރުމުގަ. ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިއްމު މަސައްކަތަކަށް ވުމާއެކީގައި ކަނޑުމަގުން އޮންނަ ނެޓްވޯކްގެ އިތުރަށް ވައިގެ މަގުންވެސް މި ނެޓްވޯކް އިތުރުކުރެވުން އެއީ ރައީސްގެ ޕޮލިސީގެ ދަށުން ވަރަށް އިސްކަމަކަށް ވާތީ

ޓްރާންސްޕޯޓް މިނިސްޓަރު އަމީން

މިނިސްޓަރު ވިދާޅުވީ ވެލިދޫއަކީ ސީޕްލޭންގެ ހިދުމަތް ފެށި ތިންވަނަ ސަރަހައްދު ކަމަށާއި، މީގެ ކުރިން ބ.އަތޮޅުގެ ދެ ރަށެއްގައި ސީޕްލޭންގެ ހިދުމަތް ދެމުން ގެންދާކަމަށެވެ. އެގޮތުން ތޮއްޑޫގައިވެސް ސީޕްލޭންގެ ހިދުމަތް ފެށިގެންދާނޭކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކޮށް ކޮންމެ ރަށަކުންވެސް ގިނަވެގެން 30 މިނެޓް ތެރޭގައި ދެވޭ ހިސާބެއްގައި އެއާޕޯޓެއް އޮތުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުން މިހާރުވެސް ދަނީ ރަށްރަށުގައި ޑޮމަސްޓިކް އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.