ރާއްޖޭގެ ޤައުމީ ފުތްސަލް ޓީމް.. ފޮޓޯ: ސާފް
ހަބަރު
24 Jan 2026 | 12:41
ރާއްޖެ މިއަދު ބޫޓާނާ ދެކޮޅަށް ނިކުންނަ މެޗަކީ ކުޅިވަރުގެ ތާރީހީ މެޗަކަށްވާނެ

ބައިނަލްއަޤްވާމީ ކުޅިވަރުގެ މުބާރާތަކުން މިހާތަނަށް ދިވެހިންނަށް ހޯދުނު އެންމެ ރަނގަޅު ކާމިޔާބީއަކީ ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މީގެ ކުރިންވެސް ރާއްޖެއިން ވަނީ ތަފާތު އެކިއެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ވަނަތައް ހޯދާފައެވެ. މީގެ ތެރޭގައި ޓީމް އިވެންޓްގެ އިތުރުން ވަކިވަކި އެތްލީޓުންގެ ލެވެލްގައި ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ރާއްޖެއިން ބައިނަލްއަޤްވާމީ ފެންވަރުގައި ހޯދުނު ކާމިޔާބީތަކަށް ބަލާއިރު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ވެގެން ގޮސްފައިވަނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ވަރަށް ފާހަގަކޮށްލެވޭ މުބާރާތަކަށެވެ. ސަރަހައްދީ ޤައުމުތަކާ ވާދަކޮށް ރާއްޖެއިން މި މުބާރާތުގައި މިހާތަނަށް ވަނީ ފާހަގަކޮށްލެވޭފަދަ ފަހުރުވެރި ކާމިޔާބީތަކެއް ހޯދާފައެވެ. ފުޓްސަލް މުބާރާތުގައި ރާއްޖެ މިހާތަނަށް ކުޅުނު މެޗްތަކުގެ ތެރެއިން އެންމެ މެޗެއް ފިޔަވައި ދެންހުރި މެޗްތައް ކާމިޔާބުކޮށްފައިވަނީ ތަފާތުބޮޑު ނަތީޖާތަކުންނެވެ.

މި މުބާރާތުގައި އެންމެ ފުރަތަމަ ޕާކިސްތާނާ ދެކޮޅަށް ކުޅުނުމެޗް ރާއްޖެއިން ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ. ދެވަނަ މެޗްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ރާއްޖެ މޮޅުވީ، 6-1 ގެ ނަތީޖާއިންނެވެ. ތިންވަނަ މެޗްގައި ބިލިއަން މީހުންގެ އާބާދީއެއް އޮންނަ ގަދަފަދަ އަދި ވާދަވެރި އިންޑިއާ އަތުން ރާއްޖެ މޮޅުވީ 5-0 ގެ ނަތީޖާއިންނެވެ. އެންމެ ފަހުމެޗްގައި ނޭޕާލް އަތުން ރާއްޖެ މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.

ރާއްޖެ އާ ނޭޕާލް ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: ސާފް

މިމެޗްގައި ރާއްޖޭގެ ފުޓްސަލް ޓީމުގެ ފަރާތުން ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ވަކިވަކި ކުޅުންތެރިންގެ ފަރާތުންވެސް ފެނިގެންދިޔައީ މުބާރާތުގެ އެހެންކުޅުންތެރިންނާ ތަފާތުކަމެވެ. ހާއްދަ ގޮތެއްގައި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ކެޕްޓަން މުޙައްމަދު އިމްރާން ފާހަގަކޮށްލެވެއެވެ. މުބާރާތުގެ ކޮމަންޓޭޓަރުންވެސް ވަނީ ރާއްޖޭގެ ޓީމްގެ ކުޅުންތެރިންގެ ތޫނުފިލިކަން ފާހަގަޮށްފައެވެ. ހާއްސަ ގޮތެއްގައި އިންޑިއާ އާ ދެކޮޅަށް ކުޅުނު މެޗުން ކާމިޔާބު ހޯދިގޮތެވެ.

ރާއްޖެ އިންޑިއާ އާ ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: ސާފް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކުރަން ރާއްޖެ ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މިމެޗުން އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތުގައި މިއަދު ރާއްޖެ ބޫޓާނާ ދެކޮޅަށް ނިކުންނަ މެޗް ފަށާނީ ރާއްޖެ ގަޑިން މެންދުރުފަހު 15:00 ގައެވެ.

ކޮންމެއަކަސް މިފަހަރުގެ ސާފް ފުޓްސަލް ސާފްޗެމްޕިއަންޝިޕް ރާއްޖެ ހޯދައިފިނަމަ ވެގެންދާނީ ޓީމް އިވެންޓަކުން ތަފާތު ނަތީޖާތަކެއް ނެރެގެން ރާއްޖޭގެ ޤައުމީޓީމެއް ބައިނަލްއަޤްވާމީ މުބާރާތެއްގެ ތަށި ހޯދާނޭ ފުރަތަމަ ފަަހަރަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.