މިއަދުގެ މެޗަށްފަހު ރާއްޖޭގެ ޓީމް..
ހަބަރު
26 Jan 2026 | 13:40
ސާފް މެންސް ފުޓްސަލް މުބާރާތް ރާއްޖެއިން ނިންމާލީ އެންމެ ޝަރަފްވެރިގޮތުގައި

މިހާތަނަށް ޓީމަކަށް މުބާރާތެއް ނިންމާލެވޭނެ އެންމެ ޝަރަފްވެރި ނަތީޖާއާއެކު ރާއްޖެއިން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެނުންގެ އިވެންޓް ނިންމާލައިފިއެވެ.

މުބާރާތް ބޭއްވި ފުރަތަމަ ފަހަރު ރާއްޖެއިން ޗެމްޕިއަންކަން ހޯދާފައިވަނީ، އެއްވެސް މެޗަކުން ބަލިނުވެ ރެކޯޑަކާއެކުގައެވެ. މުބާރާތުގައި ރާއްޖެއިން ވަނީ ގަދަ ޓީމުތައް ތަފާތުބޮޑު ނަތީޖާތަކަކުން ބަލިކޮށްފައެވެ. ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ފިރިހެނުންގެ މުބާރާތުގައި ރާއްޖެ އެންމެ ފަހު މެޗް ކުޅެފައިވަނީ މިއަދުއެވެ. ސްރީލަންކާ އާ ދެކޮޅަށް ކުޅުނު މިމެޗް ރާއްޖެއިން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގައި ރާއްޖެ ސްރީލަންކާ އާ ދެކޮޅަށް ނުކުތްއިރުވެސް ރައްޖޭގެ ޓީމުން ވަނީ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ނަމަވެސް ރާއްޖެއިން މިމެޗްވެސް ނަގާފައިވަނީ ވަރަށް ސީރިއަސްކޮށެވެ. ސަބަބަކަށްވީ އެއްވެސް މެޗަކުން ބަލިނުވެ، ސައްތައިގެ ރެކޯޑަކާއެކު މުބާރާތް ނިންމާލުމެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ކުޅެންޖެހޭ މެޗްތަކުގެ ކުޅުނުން ނިމުނުއިރު، މާދަމާ އިރުއޮއްސޭއިރު ރާއްޖޭގެ ޓީމް ރާއްޖެ އައުމަށްވަނީ ހަމަޖެހިފައެވެ. ޤައުމީ ފުޓްސަލް ޓީމަށް މަރުހަބާކިޔުމުގެ ގޮތުން ވަރަށް ކުލަގަދަ ގޮތެއްގައި ތައްޔާރުވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިކަމުގައި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުންފުނިތަކާއި ރައްޔިތުން ބައިވެރިވެެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.