ބީއެމްއެލްގެ ސީއީއޯ ޝަރީފް.. ފޮޓޯ: ބީއެމްއެލް
ހަބަރު
31 Jan 2026 | 15:28
މިއަހަރުގެ މާޗްމަސް ނިމުމުގެ ކުރިން 70 އަށްވުރެ ގިނަ ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނަން: ޝަރީފް

މިއަހަރު ނިމުމުގެ ކުރިން 70 އަށްވުރެ ގިނަ ރަށުގައި ބީއެމްއެލް ޑޮލަރު އޭޓީއެމް ބަހައްޓާނޭކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ދ.ކުޑަހުވަދޫގައި ބީއެމްއެލްގެ އައު ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށެވެ. އެގޮތުން ކުރެވިގެންދާ މަސައްކަތްތަކުގެ ދަށުން އުތުރުން ދެކުނަށް ޑޮލަރު އޭޓީއެމް ވިއއުގަ ގާއިމްކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ފުރަތަމަ ތިންމަސްދުވަސް ނިމެންވާއިރަށް 70 އަށްވުރެ ގިނަ ރަށުގައި ޑޮލަރު އޭޓީއެމް ބަހައްޓާނޭކަން ޝަރީފް ވިދާޅުވިއެވެ.

ސީއީއޯ ޝަރީފް ވިދާޅުވީ ބީއެމްއެލްގެ ހިދުމަތްތައް ޑިޖިޓަލް ކުރަމުންދިޔަނަމަވެސް ޒަމާނީ ވިޔަފާރީގައި އެންމެ މުހިންމުކަމަކީ ކަސްޓަމަރުންނާއެކު އޮންނަ ގުޅުންކަމަށެވެ. އެ އިތުބާރާއި ގާތްކަން ދެމެހެއްޓުމަށް ބީއެމްއެލް ގޮފިތައް އެކި ކަންކޮޅުތަކުގައި ގާއިމްކުރަމުން އަންނައިރު، މިދިޔަ އަހަރު ބިންގާ އެޅުނު ބީއެމްއެލްގެ 12 ބްރާންޗު މިއަހަރުގެ ތެރޭގައި ހުޅުވިގެންދާނޭކަމަށެވެ. 

މި ބްރާންޗުގައި (ކުޑަހުވަދޫ ބްރާންޗުގައި) ހިދުމަތްދޭނީ މުޅިން ޑިޖިޓަލްކޮށް އަދި ޕޭޕަ ލެސްކޮށް. ހިދުމަތްދިނުމުގައި ކައުންޓަރުތަކެއް ނުހުންނާނެ. ހިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް މީޓިން ޕޮއިންޓްތަކާ ލައުޑްސްޓައިލަށް މި ބްރާންޗް ޑިޒައިން ކުރެވިފައި މިވަނީ

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފު

ޝަރީފް ވިދާޅުވީ ބީއެމްއެލުން މިއަދު ކުޑަހުވަދޫގައި ގާއިމްކުރި އެ ބޭންކުގެ އައު ބްރާންޗަކީ އެ ބޭންކުން ކުރިއަށް އޮތްތަނުގައި ހިދުމަތްދިނުމަށް ރާވާފައިވާ ސްޓްރަޓަޖީއާ އެއްގޮތަށް ހިދުމަތްދޭން ފަށާ ބްރާންޗެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ ބީއެމްއެލްގައި މިހާރު ހިނގަމުން އަންނަ ކަސްޓަމަރ ޓްރާންސެކްޝަންތަކުގެ ތެރެއިން 99.7 އިންސައްތަ ޓްރާންސެކްޝަންތައް ހިނގަނީ ޑިޖިޓަލްކޮށް ކަމަށާއި ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ބްރާންޗުގެ އެފަދަ ޓްރާންސެކްޝަންތައްވެސް ހިނގަމުންދާނީ ޑިޖިޓަލްކޮށް ކަމަށެވެ.

އެގޮތުން އެކައުންޓް ހުޅުވުމާއި ލޯނަށް އެދުމުގެ ހިދުމަތްތައްވެސް ކުޑަހުވަދޫގައި ގާއިމްކުރި ބީއެމްއެލްގެ ބްރާންޗުން ދެމުންގެންދާނީ ޑިޖިޓަލްކޮށްކަމަށެވެ. ފައިސާގެ މުއާމަލާތްތަކައި ކާޑާ ގުޅޭގޮތުން ކުރަންޖެހޭ މުއާމަލާތްތައްވެސް ކުރިއަށްދާނީ ޑިޖިޓަލްކޮށްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.