ފިޔޯރީ ބިން ހިއްކަންފެށުން
ހަބަރު
02 Feb 2026 | 23:39
ފިޔޯރީގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ އަަޅަން ބިން ހިއްކަންފަށައިފި

ގދ.ފިޔޯރީގައި ދަޅުގައި ބަންދުކުރާ ކާރުހާނާ އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަމަށްޓަކައި ފިޔޯރީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމްއާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، ފިޔޯރީގައި މިއަދު ފެށުނު މަޝްރޫޢުގެ ސަބަބުން އެރަށުގެ އިތުރުން ގދ އަދި ގއ އަތޮޅަށްވެސް އެކަމުގެ ކުރިއެރުންތައް އަންނާނޭކަމަށެވެ. އެގޮތުން އިގްތިސާދީ ފުދުންތެރިކަމާއި، މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަޤްބަލަކަށް މަގުފަހިވެގެންދާނޭކަމަށް ވިދާޅުވިއެވެ.

ފިޔޯރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..

ނައިބުރައީސް ވިދާޅުވީ، މި ސަރަހައްދުގައި ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެއް ޤާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި މައިގަނޑު ސަބަބަކީ، ފިޔޯރީ ހިމެނޭ ސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން، އެފަދަ މަޝްރޫޢެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ފިޔޯރީގައި ޤާއިމްކުރާ ކާރުހާނާގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނައުންކަމަށެވެ. އެގޮތުން ބަނދަރުގެ މަސައްކަތް ނިންމައި ބިންހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާނޭކަމަށް ކޮންޓްރަކްތަރުގެ ފަރާތުން ޔަގީންކަން ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވާހަކަދައްކަވަނީ

ހައުސިން މިނިސްޓަރު ޑރ.މުއްތަލިބް ވިދާޅުވީ، މަސްކާރުހާނާގެ ސަބަބުން ފިޔޯރީއަށް އުމްރާނީ ގޮތުންނާއި އިގްތިސާދީގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނޭކަމަށެވެ. މަސްވެރިކަން އިއާދަކުރުމަށް ސަރުކާރުން މި ފަށާ މަސައްކަތާއެކު މަސްވެރިކަން އިތުރަށް ކުރިއަރައި، އެހެން ރަށްރަށުގެ މީހުން ފިޔޯރީއަށް ހިޖުރަކުރުމުގެ މަގުފަހިވެގެންދާނޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުއްތަލިބް ވާހަކަދައްކަވަނީ

ފިޔޯރީގައި މަސްކާރުހާނާ އެޅުމަށް ބިންހިއްކަން ފެށުމުގެ އިތުރުން އެރަށު ބަނދަރުގެ މަސައްކަތްވެސް ވަނީ ފެށިގެންގޮސްފައެވެ. މަޝްރޫޢުގެ ދަށުން 6.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.

މި ދެ  މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިއިރު، ކުރިން ރޭވިފައި އޮތް 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ ބަދަލުގައި، މިހާރުގެ ފަރުމާގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 3000 މެޓްރިކް ޓަނަށް އިތުރުކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން ދުވާލަކު 100 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭނެ ކާރުޚާނާއަކާއި، ދުވާލަކު 100 ޓަނުގެ މަސްކުނޑި އުފެއްދޭނެ ފިޝްމީލް ޕްލާންޓެއް ވެސް މި މަޝްރޫޢުގެ ދަށުން ގާއިމުކުރެވިގެންދާނޭކަމަސް ވުޒާރާއިން ވަނީ ބުނެފައެވެ. ފިޔޯރީއަކީ މަސްވެރިކަމަށް މަޝްހޫރު އަދި މަސްވެރިކަމަށް ފުރާ އުޅަނދުފަހަރު ނިސްބަތުން ގިނަ ރަށެކެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.