އާރްޓީއެލްގެ ލޯންޗުތަކެއް-- ފޮޓޯ/ އާރްޓީއެލް
ހަބަރު
04 Feb 2026 | 11:56
ދުވާފަރާއި އުނގޫފާރާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

ރ. އަތޮޅު އުނގޫފާރާއި ދުވާފަރާ ދެމެދު އާރްޓީއެލްގެ ސީދާ ދަތުރުތައް ފެށުމަށް އައު ފެރީއެއް އިތުރުކޮށްފިއެވެ.

އެމްޓީސީން މައުލޫމާތުދޭގޮތުގައި ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައިން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ޒޯން 2ގެ ރ.އަތޮޅުގައި އިތުރު ރޫޓެއް ފެށުމަށް މިހާރު މިވަނީ ނިންމާފައެވެ. 

މި އައު ރޫޓުގެ ސަބަބުން ރ. އުނގޫފާރާއި ރ. ދުވާފަރާއި ދެމެދު ކުރާ ދަތުރުތައް އިތުރުވާނެކަމަށާއި، މިއީ ޑިމާންޑާ އެއްވަރަށް ޚިދުމަތް ދިނުމަށް ގެންނަ ބަދަލެއްކަމަށް އެކުންފުނިން ބުނެއެވެ. 

މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ. މި ރޫޓުގެ ދަތުރުތައް ހުކުރު ދުވަސް ފިޔަވާ ހަފްތާއަކު 6 ދުވަހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިދުމަތުގައި ބޭނުންކުރާނީ 25 ފަސިންޖަރުންގެ ޖާގައިގެ ފެރީއެކެވެ. އަދި މިފެރީގެ 2 ސީޓު އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްފައިވެއެވެ. 

ރ. އުނގޫފާރަކީ އެ އަތޮޅުގައި ވެރިކަން ކުރާ ރަށަށް ވުމާއެކު، އެކިކަހަލަ ޚިދުމަތްތައް ހޯދުމަށް، ވަކިން ހާއްސަކޮށް ސިއްޙީ ޚިދުމަތްތަށް ހޯދުމަށްް އެތައްބަޔަކު އެރަށަށް ދަތުރުކުރެއެވެ. ދުވާފަރަކީ 3000 އަށް ވުރެ މަތި އާބާދީއަކާއިއެކު ރ އަތޮޅުގައި އެންމެ މީހުން ގިނަ ރަށަށް ވުމުން، މި ދަތުރުފަތުރަށް އެރަށުގައި އޮންނަ ޑިމާންޑުވެސް ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.