2 އޮފް އަސް ވިޒިޓް މޯލްޑިވްސްގެ އެންބެސެޑަރަކަށް ހަމަޖެއްސުމުގެ ތެރެއިން-- ފޮޓޯ/ 2 އޮފް އަސް
ހަބަރު
04 Feb 2026 | 14:02
ވިޒިޓް މޯލްޑިވްސްގެ އަގު ވެއްޓޭތީ އެމްބެސެޑަރުކަމުން 2 އޮފް އަސް ސަސްޕެންޑުކޮށްފި

ދިވެހި ބޭންޑު، 2 އޮފް އަސްއާއި ބެހޭ ގޮތުން ދައުރުވަމުންދާ ނޭދެވޭ ވާހަކަތަކާއި، ކުރެވޭ އެކި ތުހުމަތުތަކުގެ ސަބަބުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަގުވެއްޓި، ނަން ހުތުރުވަމުންދާތީ އެ ކުންފުނިން 2 އޮފް އަސް އެމްބެސެޑަރު ކަމުން ވަގުތީ ގޮތުން ސަސްޕެންޑުކޮށްފިއެވެ.

2 އޮފް އަސް ވިޒިޓް މޯލްޑިވްސްގެ އެންބެސެޑަރަކަށް ހަމަޖައްސާފައިވަނީ މިދިއަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ. އެ އެމްބެސެޑާޝިޕް ބާތިލުކުރިކަން އަންގައި މިދިޔަ މަހު 22 ގައި ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ، 2 އޮފް އަސްގެ ލަވަކިޔުންތެރިޔާ އަހްމަދު އަދުހަމްއަށް ވަނީ ސިޓީއެއް ފޮނުވާފައިކަމަށް މައުލުމާތުލިބެއެވެ.

އެ ސިޓީގައި 2 އޮފް އަސްއާ ގުޅޭ ގޮތުން ފެތުރެމުންދާ ނޭދެވޭ ވާހަކަތަކުގެ ނޭދެވޭ އަސަރު ވިސިޓް މޯލްޑިވްސްއަށް ކުރަމުންދިޔުމުގެ ސަބަބުން، އިންޓާނަލް ރިވިއުއެއް ކުރިއަށް ގެންގޮސް، ވީއެމްސީގެ މެނޭޖްމަންޓުން މި އެންބެސެޑާޝިޕް ސަސްޕެންޑުކުރަން ނިންމާފައިވާކަމަށް ބުނެފައިވެއެވެ. 

އަދި މިއާއިއެކު، ސިޓީ ފޮނުވި ތާރީހުން ފެށިގެން ވިޒިޓް މޯލްޑިވްސް އެމްބެސެޑަރު ކަމަށް ދައްކައިގެން ނުވާނެކަމަށާއި، އެކުންފުނީގެ ނަމާއި ލޯގޯ އައި ބްރޭންޑިން އަދި އެއްވެސް އިންޓެލެކްޗުއަލް ޕްރޮޕަޓީއެއް ބޭނުންކޮށްގެން ނުވާނެކަމަށާއި އަދި ވީއެމްސީއާ ގުޅޭ މުއާމަލާތްތަކާއި ޕްރޮމޯޝަންތަކާއި އެ ނޫނަސް އެއްވެސް ހަރަކާތެއްގައި ބައިވެރިވެގެން ވެސް ނުވާނެކަމަށް އަންގާފައިވެއެވެ. 

2 އޮފް އަސްއަށް މަކަރާއި ހީލަތުގެ ތުހުމަތުތަކެއް ވަނީ އައިސްފައެވެ. އަދި އެ ބޭންޑަށް ލިބޭ ފައިސާއަށް ވާނުވާ ނޭނގޭ ކަމަށް ތުހުމަތުކޮށް، މިދިޔަ މަހުގެ ތެރޭގައި އެ ބޭންޑުގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ވަނީ ވަކިވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.