"ޤަޟާޢީ އަހަރު 2026" އިފްތިތާޙު ކުރުން --
ހަބަރު
08 Feb 2026 | 23:48
މިދިޔަ އަހަރު ކޯޓްތަކުން 20،442 މައްސަލަ ނިންމި: އުއްތަމަފަނޑިޔާރު

މިދިޔަ އަހަރު ކޯޓްތަކުން 20،442 މައްސަލަ ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.

އުއްތަމަފަނޑިޔާރު މިހެން ވިދާޅުވީ "ޤަޟާޢީ އަހަރު 2026" އިފްތިތާޙު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ޝަރުއީ ދާއިރާއިން 2025 ވަނަ އަހަރާއި ކުރިމަތިލީ ކުރީ އަހަރު ނުނިމި އޮތް 13,351 މައްސަލައާ އެކު އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް ރާއްޖޭގެ އެކިކަންކޮޅުން 20,899 މައްސަލަ އަލަށް ހުށައެޅުނެވެ.

އެހެން ކަމުން މިދިޔަ އަހަރު ފަނޑިޔާރުން ވަނީ 34,242 މައްސަލާގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ކަމަށް ވިދާޅުވި އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި 20,442 މައްސަލާގައި ހުކުމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"ޤަޟާޢީ އަހަރު 2026" އިފްތިތާޙު ކުރުން --

އުއްތަމަފަނޑިޔާރު ވަނީ މި އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމާ ބެކްލޮގް ފިލުވާލުން ކަމުގައި ވިދާޅުވެފަ އެވެ.

ޣަނީ ވިދާޅުވި ގޮތުގައި މިވަގުތު ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލަތައް އެބަހުއްޓެވެ. އެގޮތުން މައްސަލަ ނުނިމި އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 13,032 މައްސަލަ އެބަ އޮތް ކަމުގައި ވިދާޅުވި އެވެ.

"ޤަޟާޢީ އަހަރު 2026" އިފްތިތާޙު ކުރުން --

"2026 ވަނަ އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތްތަކެއް ކޮށް އެ މައްސަލަތަކުގައި އިންސާފު ގާއިމު ކުރުން,"

އެހެން ކަމުން މި މައްސަލަތަކުގައި އިންސާފު ގާއިމުކުރުމަކީ ވަރަށް އިސްކަން ދޭން ބޭނުންވާ ކަމެއްގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލަތަކަށް އިންސާފު ގާއިމުކުރާނީ މި އަހަރު އަލަށް ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭ 21,000 ހާސް މައްސަލަ ވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ރާވައިގެން ކަމަށެވެ.

"ޤަޟާޢީ އަހަރު 2026" އިފްތިތާޙު ކުރުން --

އެކަމަށް މަގުފަހި ކުރުމަށްޓަކައި ވަކި ޓާސްކު ފޯހެއް މި މަހުގެ 10 ވަނަ ދުވަހު އެކުލަވާލެވޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓާސްކު ފޯހުގެ ކޮންމެ މަސައްކަތެއްވެސް ކުރިއަށް ގެންދެވޭނީ ވަރަށް ހަރުދަނާކަމާ އެކު ކަމަށެވެ.

"އެ ޓާސްކްފޯހުގެ ފަރާތުން މީގެ ތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު, ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓް, ގާޒީ, ފަނޑިޔާރުގެ ގާތުގައި އަހާ, ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް އެ މައްސަލަ ކުރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދޭނެ," އުއްތަމަފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ މި މައްސަލަތަކުގެ ތެރެއިން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށްވެސް ދާއިމީ ހައްލު އަންނާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.