އައިޖީއެމްއެޗް ހޮސްޕިޓަލް: ފޮަޓޯ/ ވޮައިސް
ހަބަރު
11 Feb 2026 | 11:39
ބޭރަށް ހިންގުން އިތުރުވެ، 3 ހަފްތާ ތެރޭ 5،500 އަށްވުރެ ގިނަ ކޭސް؛ ސަމާލުވާން އެދިއްޖެ

ފާއިތުވި ޖަނަވަރީ މަހުގެ ފަހު 3 ހަފްތާގައި އެކަނިވެސް ބޭރަށްހިންގުމުގެ 5،500 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 11 އިން ފެށިގެން 31 ގެ ނިޔަލަށް ބަލިތައް ޖެހިގެން ރިޕޯޓްކުރި އަދަދު ހާމަކޮށް އެޗްޕީއޭއިން ނެރުނު ތަފާސްހިސާބުގައިވާގޮތުން، އެ މުއްދަތުގައި ބޭރަށް ހިންގުމުގެ 5621 ކޭސް ރިޕޯޓްކޮށްފައިވެއެވެ. 

އަދި އެ މުއްދަތުގައި، 21،993 އަރިދަފުސްރޯގާގެ ކޭސް ރިޕޯޓްކޮށްފައިވާއިރު، ޑެންގީ ހުމުގެ 359 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. 

ބޭރަށް ހިންގުން މިދުވަސްވަރު އިތުރުވަމުންދާއިރު، އެބަލިން ރައްކާތެރިވުމަޢް، ތިމާ ބޯ ފެނަކީ، ސާފު ބޯފެންތޯ ޔަގީން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. އެގޮތުން، ކެއްކުމަށްފަހު، ފިނި ކޮށްފައި ހުންނަ ފެނާއި، ފިލްޓަރ ކޮށްފައި ހުންނަ ފެނަކީ ރައްކާތެރި ފެން ކަން ޑޮކްޓަރުން ފާހަގަކުރެއެވެ.

އަދި މީގެ އިތުރުން، އަތް ރަނގަޅަށް ސާފުކޮށް ދޮވުމާއި، ތިމާގެ އަމިއްލަ ހަށިގަނޑުވެސް ސާފުތާހިރު ކަންމަތީ ބެހެއްޓުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ. 

ބޭރަށް ހިންގުމަކީ އޭގެ ޒާތުގައި މާ ސީރިއަސް ބައްޔަކަށް ނުވި ނަމަވެސް، އެކަށީގެންވާ ފަރުވާ ނުދެވިއްޖެނަމަ ނުރައްކާ ހާލަތަކަށް ބަދަލުވެގެންދާ ބައްޔެކެވެ.

ޚާއްސަކޮށް ކުޑަކުދިން ބޭރަށް ހިންގާނަމަ ޑީހައިޑްރޭޓްވެ، ހަށިގަނޑުން ފެން ހުސްވުމުގެ މިންވަރު އަވަސްވެއެވެ. އެހެންކަމުން ކުޑަކުއްޖަކު ބޭރަށް ހިންގާތާ 24 ގަޑިއިރުވާއިރުވެސް ބަލި ރަނގަޅު ނުވެއްޖެނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރުގެ އެހީ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. 

ބޭރަށް ހިންގާނަމަ ކެއިން ބުއިމުގައި ސަމާލުކަންދޭންވީ ކަންތައްތައް:

ހަކުރުނާޅާ، އަލި ކުލައިގެ ބުއިންތައް ބޭނުންކުރުން

ބޮޑުކަމުދާ ކޮންމެ ފަހަރަކު ގިނައިން ދިޔާތަކެތި ބޭނުންކުރުން. (މަދުވެގެން 1 ޖޯޑު)

މައިގަނޑު ކެއުން ކާ ގަޑިތަކުގެ ދެމެދަށް އޮންނަ ގަޑިތަކުގައި ދިޔާތަކެތި ބޭނުންކުރުން

ޕޮޓޭސިއަމްއިން މުއްސަނދިވެފައިވާ ބާވަތްތައް ބޭނުންކުރުން. (މިސާލު: ތޮށި ނޮޅާފައި ހުންނަ އަލުވި، ދޮންކެޔޮ)

ލޮނު އެކުލެވޭ ބުއިންތައް ބޭނުންކުރުން

ކްރީމް ހުންނަ ކާބޯތަކެއްޗާ، ތެލުލި އެއްޗިއްސާ، ހަކުރުއެޅީ ކާބޯތަކެއްޗާ ދުރުވުން

ބަނޑުހަރުކުރަން އެހީވެދޭ ބަތާ، އޯޓްމީލް ފަދަ ކާބޯތަކެތި އިހުތިޔާރު ކުރުން

ޝުގާ-ފްރީ ޖަހާފައި ހުންނަ ޗުއިންގް-ގަމް، ބްރެތްފްރެޝް މިންޓްސް ބޭނުން ނުކުރުން

ކެފޭން ބޭނުންކުރުން މަދުކުރުން

ތުއްތު ދަރިފުޅަށް 6 މަސްވަންދެން ގާތުން ދޭ ކިރު ފިޔަވާ އިތުރު އެއްޗެއް ނުދިނުން

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.