ކުޅުދުއްފުށި ހޮސްޕިޓަލް
ހަބަރު
12 Feb 2026 | 14:02
ލެއަށް ގޮވާލުމުން އަމިއްލަ ހަރަދުގައި ލޯންޗެއް ހިފައިގެން ކުޅުދުއްފުއްޓަށް އައިސް ލޭ ހަދިޔާކޮށްފި

ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ލޭ ނުލިބިގެން އުޅުނު މައްސަލަ އެންމެފަހުން ހައްލުވެއްޖެއެވެ.

ޑެންގޫ ޖެހިގެން ހޮސްޕިޓަލްގައި އޮތް ހދ.ނޮޅިވަރަންފަރަށް ނިސްބަތްވާ މީހަކަށް ލޭ ބޭނުންވެގެން ރޭ ވަނީ އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ. ބަލިމީހާއަށް ބޭނުންވީ އޭބީ ނެގެޓިވް ލޭ ހުންނަ 4 ޑޯނަރުންނެވެ. ކުޅުދުއްފުއްޓާއި ކައިރި ރަށްރަށުން ލޭ ނުލިބިގެން އެންމެފަހުން ބަލިމީހާގެ އާއިލާއިން ވަނީ ލޭ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ބަލިމީހާގެ އާއިލާގެ ފަރާތުން ލޭ ހޯދުމުގައި އިސްކޮށް އުޅުނު މީހަކު ބުނީ، އާއްމުންގެ އެހީތެރިކަމަށް އެދެން ޖެހުނީ އާއިލާއިން ލޭ ހޯދަން ކުރި މަސައްކަތުން އެއްވެސް ކޮޅެއްގައި ނުޖެހުމުން ހަދާނެގޮތް ހުސްވެގެން ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި އޭބީ ނެގެޓިވް ލޭ ހަދިޔާކުރެވޭ ހާލަތުގައި ހުރި މީހެއްނަމަ ޓިކެޓް ދީގެންވެސް ގެނައުމަށް ނިންމީ އެހެންވެގެންކަމަށް އޭނާ ބުންޏެވެ.

ލޭ ހޯދުމަށް ކުރެވުނު މަސައްކަތުން މާލެ ސަރަހައްދުގައި ހުރި އެމްއެންޑީއެފްގައި މަސައްކަތްކުރާ މީހަކު ވަނީ އެންމެފަހުން ކުޅުދުއްފުއްޓަށްވެސް ގެނެސްފައެވެ.

މިކަމުގައި ވަރަށް ފާހަގަކޮށްލަން ހދ.ހަނިމާދޫ އަދި ހއ ހޯރަފުށިން ދެ މީހަކު އަމިއްލަ ޖީބުން ހަރަދުކޮށްގެން ލޭ ހަދިޔާކުރުމަށް ކުޅުދުއްފުއްޓަށް އައިކަން

އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ލޭ ހޯދުމަށް ކުރި މަސައްކަތުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޯނަރަކުވެސް ހަމަޖެހުނުކަމަށެވެ. ލޭ ހޯދުމަށް ކުރި މަސައްކަތުން ރ އިން ފެށިގެން ހއ އަތޮޅާ ހިސާބަށް މަސައްކަތް ކުރެވުނުކަން އޭނާ ވަނީ ބުނެފައެވެ. ބަލިމީހާގެ ހާލަތަށް މިހާރު ކުރިއެރުން ލިބެމުން އަންނަކަންވެސް އޭނާ ފާހަގަކުރިއެވެ.

މިދުވަސްވަރަކީ ލޭ ލިބުން ދަތި ދުވަސްވަރެކެވެ. ލޭ ލިބުން ދަތިވުމުން ބްލަޑް ސާވިސްއިން ވަނީ އާއްމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ. ލޭލިބުން ދަތިވުމުން ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންވެސް ވަނީ ލޭ ހަދިޔާކުރުމުގެ މަސައްކަތް ފަށާފައެވެ.

ރައްޖޭގައި ލިބުން އެންމެ ދަތިކަމަށް ފާހަގަކުރެވޭ ލޭގެ ގްރޫއްޕަކީ އޯ ނެގެޓިވް އެވެ. އެމްބީއެސްއިން ވަނީ 6 ބާވަތެއްގެ ލޭ ހަދިޔާކުރުމަށް އެދި އާއްމުންގެ އެހީއަށްވެސް އެދިފައެވެ. ބޭނުންވާ ލޭގެ ބާވަތްތަކުގެ ތެރޭގައި، އޭ ޕޮޒިޓިވްއޯ އާއި އޯ ޕޮޒިޓިވް ލެޔާއި ބީ ނެގެޓިވާއި ބީ ޕޮޒިޓިވް ލޭގެ އިތުރުން އޭބީ ޕޮޒިޓިވް ލެޔާއި އޭބީ ނެގެޓިވް ލޭ ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.