މާފުށީގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރުމަށް ސޮއިކުރަނީ... ފޮޓޯ: މިނިސްޓްރީ
ހަބަރު
12 Feb 2026 | 17:47
މާފުށީ ނަރުދަމާ ނިޒާމް ފުރިހަމަކުރުމަށް ބިޔަ މަޝްރޫޢުއެއް

ގެސްޓްހައުސް އައިލެންޑްގެ ގޮތުގައި މަޝްހޫރު، ކ.މާފުށީ ފެނާއި ނަރުދަމާ ޤާއިމްކުރުމަށް ބިޔަ މަޝްރޫޢުއެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހައުސިން އެންޑް އިންފްރާސްތަކްޗަރ މިނިސްޓްރީން ވަނީ މިކަމާ ގުޅޭގޮތުން ދެ އެއްބަސްވުމެއްގައި އެމްޑަބްލިއުއެސްސީއާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީނެވެ.

އޭގެ ތެރެއިން އެއް އެއްބަސްވުަކީ މާފުށީ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ވެވުނު އެއްބަސްވުމެވެ. ޤައުމީ ފެންކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 128.6 މިލިއަން ރުފިޔާގެ އަގަކަށް 571 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ.

ހައުސިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މާފުށީ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅިއެޅުމާއި ނަރުދަމާ ޕަމްޕިން ސްޓޭޝަންތައް ބެހެއްޓުމާއި، ނަރުދަމާ ޖަންކްޝަންތައް ބެހެއްޓުމާއި އައުޓްޑޯ ފޯލް އެޅުމަށް ނިންމާފައިވާކަމަށެވެ. މީގެ އިތުރުން މާފުށީ ހިއްކި ސަރަހައްދުގައި ދުވާލަކަށް 1500 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި 3500 ޓަނުގެ ފެން ރައްކާކުރެވޭވަރުގެ 2 ޓޭންކް ބެހެއްޓުމާއި، ފެންމީޓަރުތައް ބެހެއްޓުމުގެ އިތުރުންވެސް މަޝްރޫޢޫއާ ގުޅޭ އެހެނިގެން މަސައްކަތްތައް ހިމެނެއެވެ.

މާފުށީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް އަޕްގްރޭޑިން މަސައްކަތުގެ އަގަކީ 57.4 މިލިއަން ރުފިޔާއެވެ. މި މަސައްކަތް 571 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މި މަޝްރޫޢުގެ ދަށުން އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ އަޕްގްރޭޑް ކުރުމާއި، ނަރުދަމާ ޕަންޕިން ސްޓޭޝަންތައް ބެހެއްޓުމާއި އިތުރު މަސައްކަތް ހިމެނެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.